އައްޔަ: ކުރިން ފިލްމީ ދާއިރާގައި މަސައްކަތް ކުރިޔަސް އައްޔަ މިހާރު ކުރަނީ ވަޑާމުގެ މަސައްކަތް ކަމަށް އޭނާ ކުރިން ވަނީ ބުނެފައި
13 މާޗް 2017 - 20:01
ކުރީގެ ފިލްމީ ތަރި އަލީ އަހުމަދު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ދެންމެ ފެނިއްޖެ އެވެ.
"ހަތަރު އުދަރެސް" އައްޔަގެ ނަމުން މަޝްހޫރުވެފައިވާ އައްޔަ މަރުވެފައި އޮއްވައި ފެނުނީ ހ. ގާޑްން ބިއުޓީގައި ހުންނަ ކޮޓަރިއެއްގެ ތެރެއިންނެވެ.
ކުރިން ގިނަ ފިލްމުތަކަކާއި ލަވަތަކެއް ކުޅުމަށް ފަހު، އައްޔަ ވަނީ ދުވަސްކޮޅަކަށް ގެއްލިފަ އެވެ. އެހެން ނަމަވެސް، އޭނާ އެނބުރި ފިލްމީ ދާއިރާ އަށް އަންނަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ބުނެފަ އެވެ. އޭނާ މަރުވި އިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން ވަނީ މިދިޔަ މަހުގެ ތެރޭގައި ދައުވާ ވެސް އުފުލައިފަ އެވެ.
ފަހުން ވަޑާމުގެ މަސައްކަތުގައި އުޅުނު އައްޔަގެ މައްޗަށް އެ ދައުވާކުރީ ކޮން އިރަކު އަދި ކިހާ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްގެން ކަމެއް ސާފެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި އައްޔަ ހައްޔަރުކުރީ މިދިޔަ އަހަރު އެވެ. އެ މައްސަލާގައި އޭނާ ހުރީ ވެސް ބަންދުގަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރަނީ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ދައުވާ އެވެ.
"Hatharu Udhares" Ayya kon vadaameggai? | Mihaaru
އައްޔަ ބުނަނީ ފިލްމީ ދާއިރާ އިން އޭނާ އެއްކޮށް ނުގެއްލޭ ކަމަށް. އަދި ކުރިއަށް އޮތް ތަނުގައި ފިލްމަކުން ފެނިދާނެ ކަމަށް ބުނޭ. އެކަމަކު ކުރިން ކުޅުނު އަގަކަށް ދެން ފިލްމެއް ނުކުޅޭނެ.
Mihaaru
އައްޔަ މިދިޔަ ސެޕްޓެމްބަރު މަހު "މިހާރު" އަށް ދީފައިވާ އިންޓަވިއު
އައްޔަގެ ގާތް މީހަކު ބުނިގޮތުގައި ގާޑްން ބިއުޓީގެ ކޮޓަރިއަކަށް އައްޔަ ބަދަލުވިތާ އަދި ވާނީ ހަފުތާއެއްހާ ދުވަހެވެ.
"ހުން އައިސް ގައިގައި ރިއްސާތީއޭ ކިޔާފައި، މިތާ ކައިރީގައި ހުރި ބޭސްފިހާރައަކަށް ދިޔަ ބޭހެއް ގަންނަން ރޭ ދިޔަ،" އައްޔަ އެންމެ ފަހުން އުޅުނު ގޭ ކައިރީގައި އުޅުނު މީހަކު ބުންޏެވެ.
"މިތާ ކައިރީގައި ރޭ ގުރޫޕަކާ އެކު ފުދޭވަރަކަށް ގިނައިރު ވަންދެން އުޅުނު ތަން ވެސް ދުށިން."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
777
14 March 2017
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
ޓtest.
14 March 2017
އައްޔަވެސް މިއޮތީނު ބުނެފަ ހުންއައިސް ގައިގަރިއްސާ ވާހަކަ. އަނެއްކާ އައްޔަ ވެސް މިބަލީގަ ބާ މިނިޔާވީ. ޓެސްޓް ކުރީމަ ދޯ އެނގޭނީ.
އިބޫ ހުޅުމާލެ
14 March 2017
ސަރުކަރުގެ ބޮލުގަ ހުރިހާކަމެއްދޯ!! ކަލޭމެން ކޮމެންޓުކުރަންވީނު ސަރުކާރު އައިފަހުން 14މާރިޗު 2017ވެސް އައިސިއޭ!!
ޒީރޯ
14 March 2017
انا لله و انا اليه راجعون މަރްހޫމުގެ އެންމެހައި ފާފަތައް ފުއްސަވައި މަރްހޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލައްވާށި އާމީން. ރާއްޖެ ނަމުން މޮމެންޓްކުރިފަރާތަށް ބުނެލަމެވެ. މީހަކަށް ދުޢާ ކުރާއިރު ޝަރުޠުކޮށްގެންނުވާނެއެވެ. މިހެން މިބުނީ ތައުބާވެފަ ވާނަމަ އޭ ކޮމެންޓްގައި އޮތީމައެވެ. ތައުބާވިއަސް ނުވިއަސް އިސްލާމްކަންމަތީ މަރުގެންނެވި ކޮންމެ މީހަކަށް މަޣްފިރަތު ދެއްވުމާއި ނު ދެއްވުން އެއީ ﷲ ގެ އިރާދަފުޅުގައިވާ ކަމެކެވެ. ސަލާމަތް ނުވާނީ ކާފިރުކަންމަތީ މަރުވުމުންނެވެ. އެކަން އަހަރުމެނަކަށް ނެއެނގެއެވެ. ފެންނަ ފެނުމަށް އެއީ މުސްލިމެކެވެ. އެހެންވީމާ މަޣްފިރަތަށް އެދެވޭނެއެވެ. ރަހުމަތްލެއްވުންއެދި ދުއާކުރެވޭނެއެވެ.
ސަން
14 March 2017
އޭނަގެ ހަށިގަނޑު ޓެސްޓް ނުކޮށް ވަޅުލެވިގެން ނުވާނެ. ހުން އައިސްގެން އުޅޭކަން އެއޮތީ އެނގިފަ. އެހެންވީމަ ހަމަ ކަމުގެ ޙަޤީގަތް ނުބަލާ މަސްގަނޑު ފޮރުވައިގެން ނުވާނެ. މި ހުން ރާއްޖޭގައި ފެތުރުނު އިރުވެސް ކަމާއިބެހޭ މަޢުލޫމާތު ހާމަ ނުކުރާކަމީ ހިތާމަ ކުރާކަމެއް. އަގުހުރި ފުރާނަތަކެއް ގެއްލެން ފެށީމަ ކިރިޔާވެސް ރޭކާ ލައިގެން އެޗް.ޕީ،އޭ މި އުޅެން ފެށީ.
އުދުހޭ
14 March 2017
ވަގުތު ޖެހުނީމަ އެދިޔައީ. ދުނިޔޭގަ މި ޚަބަރު ކިޔަންތިބި މީހުން މިކަމުން އިބްރަތް ހާސިލްކުރުން މުހިންމު. މުސްކުޅި އުމުރު ޖެހެންދެން ދުނިޔޭގަ ހުންނާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. މިއީ ހަގީގަތަކީ!
ކަތިވަޅި ޢަހުމަދު
14 March 2017
މީހަކު މަރުވީމަވެސް ބަލަނީ އެހެން ކަމަކާ ޒުވާބު ކުރެވޭތޯ.ﷲ ދެނެވޮޑިގެންވާނީ އޭނާ ދުނިޔޭގަ ދުވަސްތައް ވޭތުކުރިގޮތް.ކިހިނެއް އަހަރުމެންނަށް އިނގޭނީ އޭނަ ކިތަންމެ ގޮތްގޮތަކަށް އުޅުނަސް މަރުވުމުގެ ކުރިން ތައުބާ ނުވާ ކަމެއް.
މުޙައްމަދު
14 March 2017
އަނެއްކާ މި ފްލޫ ޖެހިގެންބާ.... ހުރި ހިތާމައެއްގެ ބޮޑުކަމާ.. ފްލޫއިން އަޅަމެން ސަލާމަތް ކޮށްދެއްވާންދޭ ޔާﷲ.
ހަސަނު
14 March 2017
އެޗް1 އެން1 އަށް ޕޮޒިޓިވްތޯ ބަލަންޖެހޭ. ހުންއައިސްގެން އުޅުނު ކަމަށް ހަބަރުލިބޭ.
ކޮމެންޓް ކިޔާ
13 March 2017
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون