ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ޖޭއެސްސީއަށް ހާޒިރުވެވަޑައިގަންނަވަނީ: އޭނާއާ ގުޅޭ ސުލޫކީ ދެ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށް ވަނީ ބުނެފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
11 މާޗް 2025 - 12:19
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު އިންކާރު ކުރައްވައިފި އެވެ.
އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރީ މިއަދު ހެނދުނު 10:00 އަށެވެ.
ޖޭއެސްސީގެ ސުލޫކީ މައްސަލަ ބަލާ ކޮމިޓީގެ މެންބަރުން ފަނޑިޔާރު އަޒްމިރަލްދާއާ މިއަދު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެ ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފައި ކަމަށް އޭނާގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ. އަދި އެ ތުހުމަތުތަކަކީ އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް ފަނޑިޔާރު ދެންނެވި ކަމަށް ވަކީލް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ޖޭއެސްސީއަށް ހާޒިރުކޮށްފައިވެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް ޝަމީލް މީގެކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް، ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.
ފަނޑިޔާރު އަޒްމިރަލްދާ މިއަދު ޖޭއެސްސީއަށް ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައި ނުވާނެކަން ބަޔާންކޮށް، ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ފަނޑިޔާރު މަހާޒުގެ ވަކީލް މުހައްމަދު ފައިސަލް "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި ފަނޑިޔާރު ވަނީ އެ ދުވަހު ކަން ހިނގި ގޮތް ސާފުކޮށް ދެއްވައި، ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ހާލަތެއް މެދުވެރިވެފައި ނުވާކަން ސާފުކޮށް ދެއްވައިފަ އެވެ. އަދި ދަށު ކޯޓުގެ އެއްވެސް ގާޒީއަކަށް އެއްވެސް އިރުޝާދެއް ވެސް ފަނޑިޔާރު މަހާޒު ދެއްވާފައި ނުވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ފިރިކަލުންގެ މައްސަލައެއް އުޅޭކަން ވެސް ފަނޑިޔާރު މަހާޒަށް އެނގިވަޑައިގެންނެވީ އެ ދުވަހުގެ ހެނދުނު 11:30 ހާއިރު. އޭރު ކްރިމިނަލް ކޯޓުން ވަނީ ޑރ. އިސްމާއިލްގެ ބަންދާ މެދު ގޮތެއް ނިންމާފައި. އެހެންކަމުން އެކަމާ ގުޅިގެން ގާޒީއަކަށް ގުޅައިގެން ނުފޫޒު ފޯރުވަން ޖެހޭ ހާލަތެއް ވެސް ނެތް. އެކަންކަން ކޮމިޓީގެ މެންބަރުންނަަށް ވެސް މިހާރު ކޮންވިންސް ވާނެ،" ވަކީލް ވިދާޅުވި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މި މައްސަލަ ބަލަމުންދާއިރު ކޯޓު އަމުރު ނެރުއްވި ގާޒީ އިބްރާހިމް ޒިހުނީ އާއި އެ ކޯޓުގެ އެހެން ގާޒީއެއް ކަމަށް ސަފްވަތު ހަބީބުގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ. އޭސީސީން ބަލާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ޖޭއެސްސީން ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
ޑރ. އިސްމާއިލްގެ ބަންދާ މެދު ކްރިމިނަލް ކޯޓުން އެ ދުވަހު ހެނދުނު 10:55 ގައި ނެރުނު އަމުރު "މިހާރު" އަށް ވެސް ލިބިފައިވާއިރު އޭގައި ބުނެފައިވަނީ ބަލައި ފާސްކުރި ތަނުގައި ޑރ. އިސްމާއިލް ހުރި ކަމުގައިވީ ނަމަވެސް، ތުހުމަތުކުރާ ކުށާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށެވެ.
އެެހެންވެ، އޭނާގެ އިތުރު ކުށުގެ ރިކޯޑެއް ނެތުމާއި ޒިންމާދާރު ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށް ވާތީ ބަންދު ނުކުރަން ގާޒީ ނިންމެވި އެވެ. ކްރިމިނަލް ކޯޓުން ބަންދު އަމުރުތައް އާންމު ގޮތެއްގައި އާންމުކުރި ނަމަވެސް، މި އަމުރު ވެބްސައިޓްގައި އާންމުކޮށްފައެއް ނުވެ އެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮތް ނަމަވެސް އަވަސް ގޮތަކަށް ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގެއް ނުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާލިއާ
11 March 2025
މެޖިސްޓްރޭޓުންނަށްވެސް ހަމަޖައްސާފަ އެބަހުރި މީހުންގެ ފިރިން ފަހަތުން ދުވާ މީހުންވެސް
ބަބުލް
11 March 2025
އަޅުގަނޑަށް އެނގޭތީ ބުނެލަން. އަޒަމިރަލްދަރާ ނުފޫޒު ފޯރުވާނެ އޭނަގެ އެބައި ވަރަށް ބޮޑުވާނެ. އެހެންވީމަ އިސްމާއިލް ވަޒީފާގަވެސް އެހުރީ ޑރ ކަން ކިޔަވައިގެން މަސާޖުކުރަން ވަނީމަ ނުފޫޒު އޮންނާނެ ހިސާބު ބައްލަވާލައްވާ
އިންކާރު
11 March 2025
އިންކާރު ކުރިޔަސް ނުކުރިޔަސް ފިރިކަލުން އޮތީ މަސާޖުކުރަން
އައްޓަމަސް
11 March 2025
ފަނޑިޔާރުންގެ ޑްރެސް ކޯޑުގެ ތެރޭގައި އިސްތަށިގަނޑު ހާވާފަ ނުބޭއްވުން ހިމަނަންޖެހޭހެން ހީވަނީ. އަމިއްލައަށް ޕްރޮފެޝަނަލްކޮށް ހުންނަން ނޭނގޭ މީހުން ޑިސިޕްލިން ކުރުމަށް މިކަން ކުރަންވެއްޖެހެން ހީވަނީ! ބެންޗްގައި ތިބޭއިރު ހައިބަތުު ފެންނަންޖެހޭ.
ޟިފްލާ
11 March 2025
ފިރިމީހާ މަސާޖުކުރަން ފޮނުވައިފަ ނިދަން ޝޯ އޮތީ
ކުޱަ ހުސެން
11 March 2025
އަރީ އާ ގުޅާ ޖަރީމާ ހިމްގަން…
މުޙައްމަދުބޭ
11 March 2025
ޑރ. އަޒްމިރަލްދާ ޒާހިރު އަކީ ނުފޫޒުން އެއްކިބާވެ ޝަރީއަތް ކުރާނެ މީހެއް ނޫންކަން ވަރަށް ސާފުކޮށް ބުނަން ކެރެއެވެ. އެގޮތުން ބަލާއިރު 2017 ވަނަ އަހަރު ހައިކޯޓްގައި ފަޑިޔާރުކަށް އިންނަވައިގެން ކޮށްފައިވާ ހުކުމްތަކަށް ކުޑަ ނަޒަރެއް ހިންގާލުމުން އިންގާލުމުން އެނގިގެން ދާނެއެވެ. ފުރަތަމަވެސް ޝަރީއަތް ފަށަނީ މީހާގެ ކުލަޔާ ޝާނާ ޝަކަތަށް ބަލައިގެންނެވެ. މީ ހަޤީގަތެއް އެކަން ތަޖުރިބާކުރި މީހެއްގެ ހައިސިއްޔަތުން މިވާހަކަ ތިލަ ކޮށްލީމެވެ.
ޕީއެންބޮޓު
11 March 2025
ތިޔަ މައްސަލައެއްގެ ތަފުސީލު އަހުރުމެންނަށްވެސް ނިކަން ކިޔާދީބަލަ.
ނިކަމެތި ކޮއި
11 March 2025
އާނ އަހަރެންނަށް ވެސް ފާހަގަވެފަ އޮތްކަމެއްތީ. ވަރަށް ނަސަބަށާއި މުޖްތަމައުގަ މީހާގެ ހައިސިއްޔަތަށް ބަލާ.
މަރިއްކޮ
11 March 2025
އަޒްމިރަލްދާ އަޅެ ދޫކޮށްނުލާތި، ބޭރުގެ ކޮންމެވެސް ތަނަކަށް ތި މައްސަލަ ހުށަހަޅައްޗޭ.
މަރިޔާކޮ
11 March 2025
އަމައްޔާއި! މީނަ އުޅޭ ފާޑެއް ދެން! ވަރަށް ފޫހި!
ޢޮނަރަބަލް އަހަންމާ ކުރުސީ
11 March 2025
ހުއްދަ ނަގައިގެން ވެސް ސްޕާ ހިންގާ ތަންތަނާއި ސަރަހައްދު ތަކަކީ ކުށުގެ ވެއްޓެއްތާ؟ އަދި އެ ވެއްޓަށް ގޭސް ފުޅި ވައްދާ ކަރަންޓު ރީޑިން ނަގަން ވަންނަ މީހާ ވެސް ބަލާ ފާސް ކުރާއިރު ހުރެއްޖެ ނަމަ ކުއްވެރި ވެދާނެ. ސަމާލު ވާތި.
އަނީލ
11 March 2025
އަޅުގަނޑިގެ ހުރިހާވެސް އެދުމަކީ މިފަދަ ޖަރީމާތައް ހިންގުމުގަ އުޅޭ އެންމެނަށް ދެން އަންނަ ވެރިކަމެއްގަ ނަމަވެސް ހަރުކަށި އަދަބު ދިނުން. އެކަކުވެސް ދޫނުކުރުން.