ހައިވޭގައި ސޯލާ ޕެނަލް ހަރުކުރުމަށް ގާއިމްކޮށްފައިވާ ސްޓްރަކްޗާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
13 މާޗް 2025 - 10:59
މާލެ ސަރަހައްދުގައި 100 މެގަވޮޓުުން 150 މެގަވޮޓުގެ ސޯލާ މަޝްރޫއެއް ހިންގަން ސަރުކާރުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ޑިޒައިނިން އާއި ފައިނޭންސް ކުރުމާއި އިމާރާތްކުރުމުގެ އިތުރުން އެތަން ހިންގައި ބަލަހައްޓަން ޖެހޭ ގޮތަށް ހިންގާ އެ އެ މަޝްރޫއުގައި 100 މެގަވޮޓާއި 150 މެގަވޮޓާ ދެމެދުގެ ސޯލާ ޕީވީ ހަކަތަ އުފައްދާ ޕްލާންޓެއް ގާއިމުކުރާނެ ކަމަށެވެ.
އެހެންވެ، އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމަށް މިދިޔަ މަހުގެ ފަހުކޮޅު ހުޅުވާލި އިއުލާނުގެ ދަށުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ އީއޯއައިގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ އިއުލާނާ ގުޅިގެން ގިނަ އަދަދެއްގެ ސުވާލުތަކެއް އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާތީ އެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދާރީވުމާ އެކު، ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން އެ މުއްދަތު އިތުރުކުރީ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި އެއީ ސޯލާ ޕީވީ ސަޕްލައި އަދި ގްރިޑްގެ ޑިމާންޑް ހަމަހަމަކުރުމަށް ބެޓަރީ ސްޓޯރޭޖް ސިސްޓަމެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެކަން ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ކުރަންޖެހެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އިރުގެ އަލިން 100 މެގަވޮޓުގެ ކަރަންޓު އުފައްދާ ނޭޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށް މާލެ އަތޮޅުގެ ފަޅެއްގައި ޕްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމަށް ބޭރުގެ އިންވެސްޓަރަކަށް އެސްއީޒެޑުގެ ޕާމިޓް އިޝޫކުރަން ނިންމާފައިވެ އެވެ.
އެއީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ ޕްރޮޖެކްޓެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި އެ ބިޔަ ޕްރޮޖެކްޓްގެ މަސައްކަތް ފަށައި 2027 އަށް އެ މަޝްރޫއު ނިންމާނެ އެވެ.
ރާއްޖެއިން ތެލަށް ބާރޯސާވާ ވަރު ކުޑަކުރުމަށްޓަކައި ރާއްޖޭގައި އުފައްދާ ހަކަަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުފައްދަނީދޯ
13 March 2025
މާލެ އަތޮޅުން ބޮޑު ފަޅެއްގައި ސޯލަރ ބެޓްރީ ތަކާއި އެކު ޖަހައިގެން މާލޭ ގްރިޑަށް ވިއްކުން ފީސްބްލް ނުވާނެއޭ އެމެންނަށް ސްޓެލްކޯ އަށް ޔުނިޓެއް އެއިރުން ވިއްކޭނީ 0.35 ޑޮލަރަށް އެއީ ޑީސަލުން ކަރަންޓް އުފެއްދުމަށްދާ ޚަރަދަށްވުރެން ބޮޑުވީއޭ ޑީސަލުން ކަރަންޓް އުފައްދަން ޚަރަދު ކުރަން ޖެހޭނީ 0.22 ޔޫއެސްޑޮލަރޭ އެންމެ ބޮޑުވެގެން ދެން 13 ސެންޓް ބޮޑުކޮށް ސޯލަރ އެނަރޖީ ކުންފުނިން ސްޓެލްކޯ އަށް ކަރަންޓް ވިއްކުމުން ސްޓެލްކޯ ބަނގުރޫޓްވާނީ މީ ދެވަނަ ޖީއެމްއާރޭ
ކެކެކެ
13 March 2025
ހޯދަނީ. އަންނަނީ. ފަށަނީ. ކުރަނީ. "މުއިއްޒު ސްޕީޑް" އަނގައިން ހުރިހާ ކަމެއްކުރާ ބައެއް. ބުނާބަހެއްގައި އިތުބާރެއް ނުހުރޭ. ކަންކުރަނީ ދިމާ އިދިކޮޅަށް އޮޅުވާލުމެއްގެ ތެރެއިން. ތިމަންމަނިކުފާނު "އެކެއް" ނުކިޔާނަމޭ. އެކަމަކު ކިޔާނީ "ވަން" އޭ. މިގޮތަށް ކަންކަންމިހުރީ. ވެދުން.
ހަޑި ހުސޭނު
13 March 2025
ކީއްކުރަން ހާވާ ހަޑިއެއް؟ ތިކަމަށް މިހާރުވެސް ތިބޭނެ މެލޭޝިއާ ނޫނީ ޑުބާއީގެ ޕޭޕަރ ކުންފުނިތަކެއް ހޯދާފަ. ނޫނީ އެއިން ގައުމެއްގެ ދަމާކަނޑާ ބަޔަކު ނުވެސްދަންނަ ކުންފުނިތަކެއް ތިކަމަށް ކުރިމަތިލާނީ. ލިބޭނީވެސް އެއިން ބަޔަކަށް. އަހަރެމެން ލޮލުގައި އަނދުންއަޅުވަން ނޫޅޭ.
ކަތްދައްތަ
13 March 2025
މިހާތަނަށް މިބާވަތުން ކިތައް ޕްރޮޖެކްޓް ހިންގަންފަށައި ދޯކާދީފައި އޮތްތޯ ބަލާބަލަ. ތިލަފުށިން ދުންނާރާގޮތް ހަދާށޭ ކިޔައިގެންވެސް ލައްކަ ބޮޑު ޕްރޮޖެކްޓެއް ހިންގާންކަމަށް ރުފިޔާތައް ނެގި. އެކަން ދިޔަ ގޮތެއްނޭގެ. އިބޫ ދުވަސްވަރު ބުރިޖުމަގު އެއްކޮޅުން އަނެއްކޮޅަށް އެއޮތީ ސޯލާ އަޅާފަ. އޭރަށްވުރެ ކަރަންޓްބިލް ވީ ބޮޑު. އަނެއްކާ ތިމާވެއްޓާ ރައްޓެހިވާށޭކިޔަ ކިޔައިގެން މިހެންހިންގާ ކޮންމެ ޕްރޮޖެކްޓަކުން ރައްޔިތުންވަނީ ނިކަމެތީ. ވެރިންގެ ފައިކޭޓުވަނީ ފަލަ.
އަހުމަދުއަލޯ
13 March 2025
އަނެއްކާ އަނެއް ލާރިގަނޑު ބޭރުކުރަނީ...
ސަލިއްކޮށް
13 March 2025
ވަރަށް އެމްބިޝަސް ޕްރޮޖެކްޓެއް. ތިކަންވެއްޖިޔާ ރަގަޅު. ތެލަށް ނޫނެކޭ ބުނާ ރާއްޖެއަކަށް ހަދަމާ.
ސަލީމު އިދުރީސް
13 March 2025
ތެލައް ނޫނެކޭ ބުނާއިރު ތިގޮތައް ހެދީމަ އާހިރުގައި ތެލައަވުރެ ހަރަދު ބޮޑުވެ ތިމާވެޓާ ބީރެއްޓެހި ގޮތަކައް ވެދާނެ! ލީސިއަމަ ލީސިއަމް ބެޓެރިއެއް އެހާ އަގުބޮޑުއިރު 150މެގަވޯޓު ކަރަންއުފައްދާ ބެޓެރި ތަކެއްގަ ބެކަފުހަދައިގެން ރައްޔިތުނައް ހިފޭވަރު އަގެއްގަ ކަރަންޓުދީގެން ބެޓެތައް ހަލާކުވާއިރު އަގުނުލިބޭތި ދުނިއޭގެ ހޫނުގައުތަކުގަވެސް ލޮނުހޫނުކޮއްގެން ބެކަޕު ހަދާގޮތައް ފުލާންޓުތައް ހަދަނީ
ކިރުސައި
13 March 2025
ތަލިން ކުޅު ހިކިއްޖެ މިކޮމެންޓް ކިޔާފަ. އިލްމާއި ހިލްމް ފުރިހަމަޔަށް ލިބިފަވާ މީހުންގެ އިލްމުން ފުރިބާރުވެފައިވާ ބަސްކޮޅެއް ކިޔާލެވުމަކީ ވަރަށް ބޮޑު ނަސީބެއް