13 މާޗް 2025 - 13:29
މާލޭގެ ފިހާރައެއްގެ ވަތްގަނޑުން ފައިސާ ވަގަށް ނެގި ސްރީލަންކާގެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ލަންކާ މީހެއް ކަމަށްވާ 24 އަހަރުގެ ވިޖެންދްރާވަޑުގެ ނިރާޝާ ރަސާލީ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ. އެ އަމުރުގައި ބުނެފައިވާ ގޮތުގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ނިންމީ އޭނާއަކީ ސްރީލަންކާގެ ރައްޔިތަކަށްވުމުން އޭނާ ފިލުމުގެ އިހުތިމާލެއް އޮތް ކަމަށް ފެންނާތީ އެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
ތުހުމަތު ކުރެވޭ މީހާ ބުނާ ވާހަކަ އާއި ހުށަހަޅާފައިވާ ބަޔާންތަކާއި ސީސީޓީވީގެ ސްނެޕްތަކުން އޭނާ ފިހާރައިގެ ވަތްގަނޑުން ފައިސާ ނަގާފައިވާ ކަމަށް ބެލެވޭ ކަމަށް ކޯޓުގެ އަމުރުގައި ބުންޏެވެ.
ނަމަވެސް، އޭނާ ނެގީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
13 March 2025
ފިހާރަ ކެފޭ ކައުންޓަރުގައި ތިބޭމީހުން އެތަންތަނުގެ ކޭޝްވަތްގަނޑުން ފައިސާނެގުމަކީ އާންމުކަމެއް، ހާއްސަކޮށް ބޭރުމީހުންމިކަންކުރާލަތްގިނަ، ބޭރުމީހުން މިކަންކުރުމަށް ބޭނުންކުރާ އެންމެއާންމު 2 އުކުޅަކީ ރައްޓެއްސަކު އެއްޗެއްގަތީމާ ބެލެންސް ގިނައިންދިނުން، ވިކޭ ސިނގެރޭޓުފަދަ އެއްޗެހީގެ ބަދަލުގައި ބާޒާރުން އެއްޗެހިގެނެސް ހަރުތަކަށްލުން، (ޕުރޮފިޓުޖީބަށް) މިގޮތަށްކުރީމާފައިސާނަގާތަނެއް ކެމެރާއަކަށްނާރާނެދޯ ބެލެންސްދިމާވާނެ، ދިމާނުވާފަހަރުވީގޮތެއްނޭންގޭނެ
ޢަލިކޮއެ/ހުޅުމާލެ
13 March 2025
އެކަމަކު އަނަސް މަރާލި މީހުން ވީޑިޔޯ ހުއްޓަސް އެމީހުން ކަމެއް ނޭނގޭ. ޝަރީއަތް ނިމެންދެން ބަންދުކުރާކަށްވެސް ނުފެނެ. ސަދޫމުވެސް މިވަރެއް ނުވޭ ތޯއްޗެ.
ކަތްދައްތަ
13 March 2025
"ސްރީލަންކާގެ ރައްޔިތަކަށްވުމުން" ފިލުމުގެ އިހުތިމާލު އޮތުން އޭނާއަކީ ޔޫކޭގެ ރައްޔިތަކަށްވުމުން ބަސްއަހާނެ ކަމުގެ އިހުތިމާލު އޮތުން....މިހުންނަނީ ދައިތަމެން ދުވަހަކު ދެކޭ ޒާތުގެ ތަފާތު ކުރުންތަކެއް ނޫން. ވަތްގަޑަކުން ފައިސާ ފޮއްޗެއް ނެގީމާ ޝަރީޢަތް ނިމެންދެން. ދައުލަތުން މިލިޔަމުން ނެގީމާ މާސްކު އަޅުވާފަ ގޭގަ ނިދަން ޝަރުޠުކޮށް ދޫކޮށްލުން...