އިބްރާ: އޭނާ ހުށަހެޅުއްވި މައްސަލަ ބަލައިނުގަންނަން ކޯޓުން ވަނީ ނިންމާފައި
13 މާޗް 2025 - 14:49
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމަކީ އެ ކޯޓުގައި "ތަޅު އެޅުވުން" ކަމަށާއި އެހެންވެ، އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ދައުލަތުގެ އެއް ބާރު ހުއްޓުވާލާފައިވާ ކަމަށް ބުނެ އިބުރާ ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ގާނޫނުއަސާސީއާ ތައާރަޒުވާ ގޮތަށް ހިންގާފައިވާ އަމަލެއް ބުނެދެވިފައިނުވާ ކަމަށް ބުނެ އެވެ.
މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާ އެ މައްސަލަ ހުށަހަޅުއްވީ އިންތިހާބުވިއިރު ހުރި ސިޔާސީ ޕާޓީ ބަދަލު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަން ފެށުމާއެކު އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމުންނެވެ.
ސަސްޕެންޑްކުރީ ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. އޭގެ ތެރެއިން ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް ގޮތަކަށް ފާސްކުރި އެ ބިލް ތަސްދީގު ނުކުރައްވައި ރައީސް ވަނީ އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމެއްވާ ނެތް
14 March 2025
ދިވެހިން މިހާރު މިތިބީ އަމިއްލަ ކަރުގަ މަޅިއެއްޖަހާފަ ދަމަން ބުންޏަސް ދަމާހާ ޖާހިލުވެފަ!
ކަނބިލި
14 March 2025
ބަދަލުގެ ގޮތުގައި ނުހައްގުން ހޯދި ފައިސާ މަދުވެގެން އިތުރު ފައިސާ ކޮޅެއް ހޯދުމަށް މަސައްކަތެއް ކޮށްލަނީކަމަށް ފެންނަނީ. މައުމޫނުގެ ވެރިކަން މާއަނިޔާވެރިވެގެން ތިމާމެން ބާރު ލިބުނީމާ ފެނުނީ ރައްޔިތުންގެ ބަދަލުގައި ދައުލަތުގެ ތިޖޫރީ. ދެން ބެލީ ތިޖޫރީގައި ހުރި ފައިސާ ޖީބަށް ކަހާލާނެ ގޮތެއް. ތިމާމެންގެ އަމިއްލަ އެދުން އޮތީ ރައްޔިތުންގެ މަސްލަހަތައްވުރެ މާކުރީގައިކަން ހާމަވުމުންވެސް ލަދުގެ ކަންފުޅެެއް ނެތި ގާނޫނުއަސާސީއޭ ކިޔައިގެން މިއުޅެނީ
ރަމްލާ ކުރެންދޫ
13 March 2025
ޤާނޫނު އަސާސީއޭ ހަަމަ ބުނާއިރަށް އިބުރާ ބުމަރެއްހެން ތެޅިގަންނަނީ ކީއްވެގެންތަ؟ އަޅެފަހެ ތިއީ ޤާނޫނުއަސާސީގެ ބައްޕަތަ؟ ތިޔަ ޤާނޫނު އަސާސީ ލިޔުނީ އިބްރާ އެކަންޏެއް ނޫން. ތިއީ 113 މެންބަރުންގެ ބުރަ މަސައްކަތް. އެކަމުގެ މުޅި ކުރެޑިޓް އިބްރާ ނަންގަވަން އުޅުމަކީ ވަގުލުކުރުން. އިނގިރޭސިބަހުން އެކިޔާ ޕްލެޖެރިޒަމް.
އިބްރާހިމްބޭ
14 March 2025
ދިމޮކްރަސީއޭ ތިމަވެއްޓޭ ބަޔަކު ކިޔާއިރަށް އަންނިވެސް ބުމަރުވޭ
ޝަމްވީލް
13 March 2025
ރަނގަޅު. ބަލައިގަންނާކަށް ނުޖެހޭ ތި މައްސަލައެއް. ސުޕްރީމް ކޯޓުން ފަޑިޔާރުން ސަސްޕެންޑް ކުރަންޖެހުނީ ކުރަންޖެހިގެން
ނުއުމާން
13 March 2025
އިބުރާ އަކަށް ނޭނގޭތޯ ސަސްޕެންޑް ކުރި ފަޑިޔާރުން ބަލި ކުރީ ސަރުކާރުން އެމީހުން ބޭނުންވާ ގޮތަށް ހުކުމް ނެރެން އައްޔަން ކުރި ބައެއްކަމެއް
ލާމިއު މުހައްމަދު
13 March 2025
ސުޕްރީމް ކޯޓު އެބަޖެހޭ ބަދަލު ގެންނަން. އެތާނގަ އުޅެނީ ކުރީ ސަރުކާރުގެ އަޅުންތަކ
މަނާލް މޫސާ
13 March 2025
ފަޑިޔާރުން ސަސްޕެންޑް ކުރަންޖެހުނީ އެއްވެސް ކަމެއް ނުކޮށް ރީއްޗަށް ތިއްބަކާއެއް ނޫން.
ރާހިލް ރަޝީދު
13 March 2025
ސުޕްރީމް ކޯޓުގައި ތަޅެއް ނާޅުވާ. ކަންކުރަމުން ދަނީ ގާނޫނު އަސާސީގެ ތެރެއިން ހަމަޔާއި އިންސާފުން
ޑރ ވާންޗޯ
13 March 2025
ހެޔޮކޮށްތިހެދީ.... ދެބަނޑަށް ކައިގެން ވައިއަރާފަތިއްބާ ދަމާބޭލިބަޔަކު އެއުޅެނީކީ ގައުމަށް ހެވެއްއެދިގެނެއްނޫން، އަނެއްކާވެސް ހަޒާނާއަތުޖެހޭތޯ މަރުފަލިޖަހަނީ!!
123321
13 March 2025
ތިތާހުންނާނެ، ތާކުންތާކުނުޖެހޭ ބަސްހަދާމީހެއް، މިއީ މާވަރުގަދަމީހެކޯލަ، ސަބަބުވެރިއިންސާނާޔޯ، މިއީ ކޮންމާނަޔެއް އޮތްއެއްޗެއް، ބުއްދިސަލާމަތުން ހުރިއިންސާނެކޭ ބުނަންޖެހެނީ، މީނަމިހަދާ ފޭކް ބަސްތަކާހެދި ޖުޑޝަލް ޓާމިނޮލޮޖީ އެބަޙަރާބުވެޔޭ