ކަސްޓަމްސް އިން އިއްޔެ އަތުލައިގަތް ޑްރަގް: އެ ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ބުނޭ --- ފޮޓޯ/ކަސްޓަމްސް
13 މާޗް 2025 - 15:22
ރާއްޖެއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 3.5 ކިލޯގެ ޑްރަގް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ އެ މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ ކަނޑުމަގުން ރާއްޖެއަށް އައި ޝިޕްމެންޓެއް ބަލައި ފާސްކުރުމުގެ ތެރެއިން ރޭ ފަތިހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 2،138 ގްރާމުގެ މެތަމްފެޓަމިން އާއި 1،086 ގްރާމުގެ ކެޓަމިން އާއި 310 ގްރާމުގެ ހެރޮއިން ކަމަށް ކަސްޓަމްސް އިން ބުންޏެެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި އެތަކެތީގެ ޖުމްލަ ބަރުދަން 3.5 ކިލޯއަށް އަރަ އެވެ. އޭގެ މަގުމަތީ އަގަކީ 6.7 މިލިއަން ރުފިޔާ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިޝަމުު
14 March 2025
ހަހަ މިވެރިކަމުގައި ޗ އިބޫ ހެން ޗ ނުވާނެ އެޔޮތީ ހިފަހައްޓާފަ ހަމަ މުއިއްޒު ވަރެއް އަދިވެސް ނޯންނާނޭ ބުނަނީ ކަމެއް ވީމަ
ރޯނު އެދުރު އަލަމާ
14 March 2025
ކަސްޓަމްސް ގެ މުހިންމުކަން ރައްޔިތުން ދަންނަން ޖެހޭ އެބަ
އަލަމް ރޯނު
14 March 2025
ކަސްޓަމަރުންގެ މުހިއްމުކަން ވެސް އެނގެން އެބަޖެހޭ!
ޗޫޤީ
13 March 2025
މިކަހަލަ ސުރުޚީތައް ގިނަގިނައިން ނޫސްތަކަށް އެރިވަރަކަށް މީހުންނަށް ހީވާނީ ސަރުކާރުގެ ވެރިން ހާދަ ކުޅަދާނައޭ، ހޯމް މިނިސްޓަރގެ ގާބިލުކަމުން ހާދަ ބައިވަރު ޑުރަގެއް އެބަ އަތުލެވެއޭ، އެހެންނޫންތޯ. ނަމަވެސް މިއީ ނުރައްކަލުގެ ރަނގަބީލެކެވެ. ފަހަރެއް ފަހަރަކަށް ވުރެ މަސްތުވާތަކެތި އެތެރެ ކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. ދިވެހި މުޖުތަމައަށް އަންނަމުންދާ ބަދަލުތައްފެނި މަސްތުވާތަކެތި އެތެރެ ކުރުމަށް ހުޅުވާފައި ހުރި ދޮރުތައް ބަންދުކުރާކަށް ނުވޭތޯއެވެ.
ކަނޑުކޮސ
13 March 2025
މިތަކެތި އަތުލައިގަނެވުނުއިރު އެއީ ކޮން ޤައުމެއްގެ ބޯޓެއްކަމެއް ކަސްޓަމަކްށް ނުއެނގޭ؟؟؟؟!!! ދެއްތޯ.
އަފްރާސިޔާބު
13 March 2025
ބަލަ ކޮން އެއްޗެއްތޯ ތަހުގީގު ކުރަނީ. ކޮންމެވެސް މީހެއްގެ ނަމުގައި ނޫންތަ އެތެރެވަނީ. އެމީހާ ހައްޔަރު ކޮށް ސުއާލު ކޮށްލަ ބަލަ. މަ މިހެން ބުނީމާ ޖަލަށް އެމީހާ ގެންދާނީނޫން. ޖަލުގައި އެހުއްޓެއްނުން ތިކަން ރާވާ ހިންގާމީހާ.
ސްސް
13 March 2025
އެތެރެކުރަން އުޅުނުކަމަށް ޝައްކުވި މީހަކު ވެސް ނެތް މިޚަބަރުގައި. ބައެއް ޚަބަރުތަކަށް ފޮޓޯވެސް ޖަހާ ކިރިޔާ ޝައްކު ވިޔަސް.
1828
13 March 2025
ފުލުހުންނާ ތިމައްސަލަ ހަވާލުކުރީމައި ތިޔަ އޮބާލީ.