ޚަބަރު / ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މި ފަހަރު ކުރިމަތިލެއްވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދު

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދު.

15 މާޗް 2025 - 11:26

36 comments

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު ހޯދަން ޖޭއެސްސީން ދެވަނަ ފަހަރަށް މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރުމުން ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ކުރިމަތިލައްވައިފި އެވެ.

ދެވަނަ ފަހަރަށް ހުޅުވައިލި ފުރުސަތުގެ ސުންގަޑި މިއަދުގެ ހެނދުނު 10 ޖެހިއިރު ހަމަވިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ފަނޑިޔާރު ޝަހީދާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން މިދިޔަ ހަފުތާގެ ހޯމަ ދުވަހު އިއުލާން ކުރުމުން އެ ބުރުގައި ކުރިމަތިލެއްވީ ނިހާޔަތު އެކަންޏެވެ. އެހެންވެ، އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައި ނުވާތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަލުން ފުރުސަތު ހުޅުވައިލީ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރީ ޖުލައި 24، 2018 ގަ އެވެ. އޭނާ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންންކުރީ އޮކްޓޫބަރު 26، 2023 ގަ އެވެ. އައްޑޫ ފޭދު އަށް އުފަން ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރިން ކުރައްވައިފަ އެވެ.

ނިހާޔަތު ވަނީ ސިވިލް ކޯޓުގެ ގާޒީކަމާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ކުރިން ފުރުއްވައިފަ އެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ މަަސައްކަތުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައި ވުމާއި އުމުރުން 30 އަހަރު ވެފައި މީހަކު ކަމަށް ވުމެވެ. މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމަށް ނުވުމާއި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެ ކަމަށް ޖޭއެސްސީގެ އިއުލާނުގައި ވެ އެވެ.

36 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 26%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 42%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާހިދުބެ

16 March 2025

4000 ރުފިޔާގެ މުސާރައަށް ލައިންހަދާފަ ކުރިމަތިލާއިރު ސުޕްރީމްކޯޓަށް ކުރިމަތިލާނެ މީހެއް ނެތުމަކީ މުއިއްޒު ފޭލްވުން. އޭނާގެ ހަމަތައް އިންސާފުވެރި ނޫންކަން ހާމަވާ ސަބަބެއް. ތިކަމަށް ފުރަތަމަ ކުރިމަތިލީ މީހާ ޝަރުތު ފުރިހަމަވާނަމަ އޭނާފަނޑިޔާރުކަމަށް ހޮވަންޖެހޭނީ. ތިއީކީ ސަރުކާރުގެ ބިޑެއްނޫން 3 މީހުން ކުރިމަތި ލާކަށް

The name is already taken The name is available. Register?

ރޫހީ

16 March 2025

މިއޮއްހާދުވަހު ކިރިޔާވެސް އުންމީދެއްއޮތީ ސުޕްރީމް ކޯޓާހިސާބުން. އެކަންވެސް ދެން އެ ނިމުނީ. މިތާކު ދެން އިންސާފު ލިބިދާނެކަމަށް ހީވެސްކުރާނެކަމެއްނެތް. ރައްޔިތުން އަމިއްލައަށް ބުއިބޮނޑި.

The name is already taken The name is available. Register?

އެޑްމުންޑޯ

16 March 2025

ކޮމެންޓް ތަކުން ކުރިމަތިލީމީހުންގެ ވަނަވަރު ހާމަވޭ ، އަދި ގިނަބަޔަކު ހިތްހަމަނުޖެހޭ ، ހިތައް އަރަނީ ކީއްވެބާ މިމަގާމަށް މީހުން ކުރިމަތި ނުލީ ، ހަމަގައިމުވެސް ކިޔަވާގެންތިބި ރަގަޅު އަދުލުވެރި ގާބިލު އެތެއްބަޔަކު ހުސްކޮށް އެބަތިބި ،

The name is already taken The name is available. Register?

ވޯލް

16 March 2025

ހްއި ކޯޓު ނުހިންގިގެން އުޅެ މީހަކު ސުޕްރީމް ކޯޓަށް. ރައްޔިތުންގެ އިތުބާރެއް އޮތް ފަންޑިޔާރެއް ނޫން.

The name is already taken The name is available. Register?

ުބޖގުގޖހބޖގގ

15 March 2025

ސަރުކާރުގެ ޕަޕެޓެއް. ސިޔާސީ ބާރު އޮންނަ ކޮޅަކަށް ނިންމުންތައްނިންމަދޭނެ! ސިޔާސީ ކަމަށް ނަންވާނީ ސުއޫދު. ސުއޫދު ފަދަ އިލްމީ ގާބިލުކަން ހުރި މީހެއް ނޫންްތިއަިކީ. އެކަމަކު މީނާއާއެކުގަ ކްރިމިނަލް ކޯޓުގަ ވަޒީފާގަ އުޅުނު މީހެއް ޖޭއެސްސީ ރައީސަކަށް އެހުރީ. އޭނަ ބޭނުންވަނީ ބުނިގޮތަކަށް ހުކުމްކޮށްދޭ އަދި ސުޕްރީމް ކޯޓުގަ ދެންތިބިއްޔާތިބި ފަނޑިޔާރުގެ ވިސްނުންވެސް ސަރުކާރަށް އަންގައިދެވޭނެ ޕަޕެޓެއްވީމަ ހޮވެނީ ތިމީހާ!

The name is already taken The name is available. Register?

ވަކީލު

15 March 2025

ދެވަނަ ޢަލީ ރަޝީދު. މި ބްރޭންޑްގެ މީހުން ސްޕްރިމް ކޯޓަށް ބޭނުންވަނީ.

The name is already taken The name is available. Register?

ޖަލާލީ އަޅު

15 March 2025

ބުނެގެން ބުނިގޮތަކަށް. ޔެސް ސަރ. ހަހަހަ. ސިކުނޑި ކޮބާ؟

The name is already taken The name is available. Register?

ލަތީފާ

15 March 2025

ބޮޑު މަގާމް! ބޮޑު މުސާރަ! ގިނަ ސަޕޯޓަރު! ގިނަ ވޯޓު! ގިނަ ފައިސާ! ގިނަ ޕުރޮޖެކްޓު! ބޯހަލާކު! މަރުވީމަ ސަންދޯކުގަ ގެންދެވޭނެތަ؟

The name is already taken The name is available. Register?

މައުމޫނިއްޓު

16 March 2025

ބޮޑު މަގާމް، ބޮޑު މުސާރަ، ސޯޝަލް މީޑިޔާގެ އެކްޓިވިސްޓުންގެ ސަޕޯޓު، ކަންދައްކަން ކުރާ އިޖްތިމާއީ މަސައްކަތް. ގައުމެއް ނެތް! އެކަކު މިހާރު އެހެރީ 100 އަހަރު ވާން ކައިރިވެފަ، އެކަމަކުވެސް އަދިވެސް ރައީސް ކަން ކޮށްލަން ބޭނުންވޭ! ދީނޭ ކިޔައިގެން ފިތުނަ އުފައްދާ، ތިމާގެ ނިކަމެތިކަން ފޮރުވަން.

The name is already taken The name is available. Register?

ނޫސަންގު

15 March 2025

ތީ ތިކޯޓަށް އެންމެ އެކަށޭނަ ކެންޑިޑޭޓް.

The name is already taken The name is available. Register?

ރަސްމީ

15 March 2025

ރުޝްދުﷲ އަކީ އިމާމެއް. ޢަދުލުވެރިކަމާމެދު ޝައްކެއްނެތް. ސުޕްރީމް ކޯޓަށް ބޭނުންވަނީ އެފަދަ ބޭފުޅެއް. ރުުޝްދުﷲ ގެ އިންޓަވިއުއެެއް ގެނެސްދެއްވާ. މިމަގާމަށް ކުރިމަތިލެއްވި ސަބަބު ހާމަކޮށްދެއްވާނެ. އޭރުން ސާފުވާނެ އެއީކަން ޗޮއިސްއަކީ.

The name is already taken The name is available. Register?

ޗިކަން

16 March 2025

އަދުރޭ އަކީވެސް އިމާމެއް. ދެނޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454