ހައި ކޯޓުގެ އިސް ފަނޑިޔާރު ޝާހިދު: އޭނާގެ ނަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
18 މާޗް 2025 - 12:23
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން ދެ ބުރަށް އިއުލާން ކުރުމުން ނަން ހުށަހެޅުއްވީ ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.
އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ޖޭއެސްސީން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސަށް ލަފާއަރުވާށެވެ. އެހެންވެ، ރައީސް ވަނީ ޝަހީދުގެ ނަން ދިރާސާކުރަން މަޖިލީހަށް ފޮނުވައިފަ އެވެ.
އެ މައްސަލަ ދިރާސާ ކުރަން މިއަދު ޖުޑިޝަރީ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، ފަނޑިޔާރު ޝަހީދުގެ ނަން ދިރާސާކުރަން ފޮނުވާފައިވަނީ ޖޭއެސްސީން އިންޓަވިއުކޮށް، ރަނގަޅަށް ދިރާސާކުރުމަށް ފަހު ކަމަށެވެ. އެހެންވެ، މިކަމުގައި ކޮމިޓީން ދެން އިތުރަށް ކުރާނެ ދިރާސާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ޝާހިދު ހުށަހެޅުއްވީ މައްސަލަ ދިގުދަންމައި ނުލާ މިއަދު ނަން ފާސްކުރަން ވޯޓަށް އަހާށެވެ. މިއަދު ކޮމިޓީގެ ބައްދަލުވުމަށް މިއަދު ވަޑައިގެންނެވި ހުރިހާ މެންބަރުން ވޯޓު ދެއްވި އެވެ. އޭގެ ތެރޭގައި ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ވެސް ހިމެނެ އެވެ.
ކޮމިޓީން ޝަހީދަށް ރުހުން ދޭން ފާސްކޮށް، މައްސަލަ ވަނީ މަޖިލިހުގެ ތަޅުމަށް ފޮނުވައިފަ އެވެ. މާދަމާ މަޖިލީހުން އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރުހުން ލިބުމުން ދެން އޮންނާނީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރަކަށް އައްޑޫ ހިތަދޫ އަށް އުފަން ޝަހީދު އައްޔަން ކުރެއްވުމެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރީ ޖުލައި 24، 2018 ގަ އެވެ. އޭނާ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންންކުރީ އޮކްޓޫބަރު 26، 2023 ގަ އެވެ. ފަނޑިޔާރު ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރިން ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ޑރ. އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫން މުހައްމަދާއި މަހާޒު އަލީ ޒާހިރާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.
މީގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަނީ ސުލޫކީ މައްސަލަތަކެއްގައި މިހާރު ސަސްޕެންޑު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިސާ ގުނާ މެޝިނު
19 March 2025
ނަރީޝް ކޮބާ
މިބުނީ
19 March 2025
މީނަ މިކަމައް ރެޑީ ވަމުން އައީ، ފުރަތަމަ ބައްޕަޔައް ސަނާކިޔާ ޕީއެންސީ ކުލައިން ޖަރީކޮއްފަ ހަފުލާއެއްބޭއްވީ، މިތިބީ ފެންވަރެއްނެތަސް ވައިޖަހައިގެން މަގާމު ހޯދާމީހުން، ގައުމެއްގެ އެންމެމަތީކޯޓްގަ ތިބެންޖެހޭނީ، ތަޖުރިބާހުރި ކަމައްގާބިލު މީހުން، ރާއްޖޭގަ ކިޔަވާފަ ކިރިޔާފާސްވެފަ ހުރިމީހެއް، ބުނިގޮތަކައް ހުރިހާކަމެއް ނިންމާނެ، ކުރީގަ އެތާތިބި އިލްމީ މީހުން ލިޔެފަ ހުރި ހުކުމްތައް ރިފްރޭސްކޮއްގން މަޒުމޫނުލިޔާނެ، އަމިއްލަޔައް ރެސާރޗެއްހަދާ އެއްޗެއނލޔެވނެ
ަުސޫދާ
19 March 2025
ޕީއެންސީ ފަނޑިޔާރު. ދެން ކިހިނެތް ޖުޑިސަރީ މިނިވަން ވާނީ
ހައްޖަ.
18 March 2025
ބޭނުން ގޮތައް ހުކުމް ކުރާ މީހުން ވައްދާ ދެން
އިއްލި
18 March 2025
ދެން އޮތީ އިސްފަނޑިޔާރުކަމަށް ފައިސަލް. އޭގެ ފަހުން ދަށުން މަގާމު ހުސްކުރާނެ. އިތުރު މީހުން ވަކިވެސްކުރާނެ. މަތީ ކޯޓަށް ދާނެ މީހަކު ނުވިޔަސް ދަށު ކޯޓުތަކަށް ދާން ސަރުކާރަށް ވަފާތެރި މީހުން އެބަތިބި މަގާމަށް އެދި ނާށިގަނޑު ހިފައިގެން.
ކޮވެލި
18 March 2025
މީ މިކަމަށް އެންމެ އެކަށޭނަ މީހާ. މީނަ މިތަނަށް ލީމަ އިންސާފު ދާނީ ލައިޓް ސްޕީޑްގައި ކުރިއަށް. ވަﷲ އަޢުލަމް