16 މާޗް 2025 - 09:50
މިހާރު އުމުރުން 91 އަހަރު ވެފަައިވާ، ބ. އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީ އެންމެ ބޭނުންވި އެއްކަމަކީ އުފަން ރަށުގައި މިސްކިތެއް ބިނާކޮށްދެއްވުމެވެ. މި ހުވަފެން ހަގީގަތަކަށް ހެދުމުގެ އުންމީދުގައި މީގެ ހަތަރު އަހަރު ކުރިން ބިންގާ އެޅި މިސްކިތުގެ މަސައްކަތް ނިންމައި އަންނަ ހުކުރު ދުވަހު ހުޅުވާއިރު މުހައްމަދު އަލީ އާއި އޭނާގެ އާއިލާ އަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މުޅި ރާއްޖޭގެ އެންމެ ކަހަލަ ގޮތަކަށް އެ މިސްކިތުގެ ރީތިކަމުގެ ވާހަކަ ދައްކާތީ އެވެ. މުޅިން ތަފާތު ކޮންސެޕްޓަކަށް އެކި ގައުމުތަކުގެ މިސްކިތްތަކުގެ ޑިޒައިންތައް އަސްލަކަށް ބަލައިގެން ހެދި މި ތަނުގެ ޑިޒައިނާއި ކުރެހުން ވަރަށް ތަފާތެވެ. އޮމާނާއި އުޒްބަކިސްތާނާއި ތުރުކީ ފަދަ ތަންތަނުން ފެންނަ މިސްކިތްތަކާ އެއްވެސް ތަފާތެއް ނެތެވެ.---ފޮޓޯތައް: އައިމާން ހަބީބު
މަސްޖިދުލް މުހައްމަދު އަލީ ޑިޒައިން ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އުޅުނީ އެ ދާއިރާގެ ތަޖުރިބާކާރުން ކަމަށްވާ އައިމާން ހަބީބާއި ހަސަން ޒިޔާދާއި މިނީ ކޮންސެޕްޓްގެ މީފައު ރަޝީދު އަދި އަލާފް ޕްރައިވެޓް ލިމިޓެޑްގެ އަޝްރަފް ހަމީދެވެ. އެ ޑިޒައިންތަކާ އެއްގޮތަށް މިސްކިތުގެ ކުރެހުން ކުރެހީ ތުރުކީ އާއި އީރާނުން ހާއްސަ ޓީމެއް ގެނެސްގެންނެވެ.
މި މިސްކިތުގެ އެންމެ ތަފާތު ކަމަކީ މިސްކިތްތައް ޑިޒައިންކުރުމުގައި މަޝްހޫރު ސެންޓްރަލް އޭޝިއާގެ ސަރަހައްދުތަކުގެ ކޮންސެޕްޓް ގެނެސްފައިވާތީ އެވެ. މިއީ އާންމުކޮށް ރާއްޖޭގެ މިސްކިތްތަކުން ފެންނަ ކަމެއް ނޫނެވެ. އޭދަފުށީ މި ރީތި މިސްކިތް ބިނާކުރުމަށްޓަކައި މުހައްމަދު އަލީގެ ބައެއް ބޭފުޅުން ވަނީ އޮމާން، އުޒްބަކިސްތާން، ދުބާއީ، ސައޫދީ އަރަބިއްޔާ އަދި ތުރުކީ އަށް ޒިޔާރަތްކޮށް އެ ތަންތަނުގެ މިސްކިތްތައް ޑިޒައިން ކޮށްފައިވާ ގޮތް ބަލައި ދިރާސާކޮށްފަ އެވެ. ހާއްސަކޮށް ތުރުކީގެ މިސްކިތްތަކުން އެ ފެންނަ ޗާލު ކުރެހުންގަނޑުތައް ވަނީ އޭދަފުށީގެ މިސްކިތްތަކަށް ގެނެސްފަ އެވެ.
މަސްޖިދުލް މުހައްމަދު އަލީގެ ޕްރޮޖެކްޓް މެނޭޖަރަކީ މުހައްމަދު އަލީގެ ބޭފުޅެއް ކަމަށްވާ ޔާސީން ރަފީއު އެވެ. ފާޑުކިޔުމާއި ކޮންސެޕްޓްތައް ގެނައުމުގައި ވެސް އިސްކޮށް އުޅުއްވީ މުހައްމަދު އަލީގެ ބޭފުޅުންނެވެ. އަދި ޑިޒައިންގެ މަސައްކަތްތަކުގައި އުޅުއްވި ދެ ބޭފުޅުންގެ ތެރެއިން އައިމާން ހަބީބަކީ ވެސް އާއިލީ ބޭފުޅެކެވެ. ބައްޕަ އަށް މިހާރު 91 އަހަރު ވެފައި ވާތީ އާއިލާ އިން ބޭނުންވީ ބައްޕަ އެންމެ ބޮޑަށް ބޭނުންވި ކަންތައް ކޮށްދޭށެވެ.
މި މިސްކިތުގެ ކޮންމެ ތަނަކުން ވެސް ދައްކުވައިދެނީ ތަފާތު ކަމެވެ. ކޮންމެ ކުރެހުމެއްގައި ވެސް ހިތްދަމައިގަންނަ ގޮތްތައް އެބަހުއްޓެވެ.
މި މިސްކިތުން ފެންނަނީ އިސްލާމީ އާކިޓެކްޗާގެ ތަފާތުކަމާއި މުއްސަނދިކަމެވެ. ބޭރު ގައުމުތަކުން އަހަރެމެންނަށް ފެންނަ އިސްލާމީ އާކިޓެކްޗާގެ ބައިތައް އޭދަފުށީ މިސްކިތައް ގެނެސްފައި ވުމަކީ އެ ރަށަށް ވެސް ލިބޭ ބޮޑު ފަހުރެކެވެ. ކެލިގްރަފީގެ ތަފާތު އާޓުތައް މި ތަނުން ދައްކައިދެ އެވެ.
މުހައްމަދު އަލީގެ އާއިލާ އިން ބުނީ، ބުރަ މަސައްކަތްތަކާ އެކު ވެސް މަސައްކަތްކުރީ ތަފާތު، ރީތި ކޮންސެޕްޓަކަށް މިސްކިތް ބިނާކުރުމަށް ކަމަށެވެ.
މި މިސްކިތުން އެ ފެންނަ ފާރިސީ ސްޓައިލްގެ ޗާލު ޑިޒައިންތަކުން ދިވެހިންގެ ހިތްތަކާ ވަރަށް ބޮޑަށް ކުޅެލަ އެވެ.
މިސްކިތުގެ ނަމާދުކުރާ ބައި ނުވަތަ ޑޯމްގެ ކުރެހުންތައް ވަރަށް ތަފާތެވެ.
ދެ ބުރިއަށް އިމާރާތްކޮށްފައި މި މިސްކިތުގެ ތަފާތު ކުރެހުމެއް.
މަސްޖިދުލް މުހައްމަދު އަލީގައި އެއްފަހަރާ 1،200 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. ދެ ޖިންސުގެ މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ހަދާފައިވާ މި މިސްކިތާ އެކު އޭދަފުށީގެ ތާރީހު ވެސް ބަދަލުކޮށްލާނެ އެވެ.
ފޮޓޯ އިން އެ ފެންނަނީ މިސްކިތުގެ ބާނީ މުހައްމަދު އަލީ، އެ މިސްކިތުގެ މަސައްކަތްތައް ބަލައްވާލައްވާ ތަނެވެ. މުހައްމަދު އަލީއަކީ އޭދަފުށީގައި އަމިއްލަ ވިޔަފާރި ކުރަމުން އައި ބޭފުޅެކެވެ. ދޯނި ގެންގުޅުއްވުމާއި ފިހާރަ ހިންގުމުގައި ގިނަ ދުވަސްވަތަކެއް ވަންދެން މަސައްކަތް ކުރެއްވި އެވެ. މިހާރު އުމުރުން ދުވަސްވެ، ފުރޮޅުލީ ގޮނޑިއެއްގައި އިންނަވަން ޖެހިވަޑައިގަތަސް އެއީ ޒުވާން ދުވަސްވަރު އަމިއްލަ މަސައްކަތުން ކުރިއަރައިގެން އައި ބޭފުޅެކެވެ. ތައުލީމީ ބޭފުޅުންތަކެއް ބިނާކުރެއްވި ޝަހުސިއްޔަތެކެވެ. އޭނާގެ އެންމެ ބޭނުންވި ކަންތައް މިއަދު މި ވަނީ ހާސިލްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރެހުން
18 March 2025
ބޭނުންވަނީ ފައިސާ، ތިކަހަލަ ނަލަ ހުރިހާ ކުރެހުންތަކެއް އަލީބާބާއިން ބޭނުންވަރަކާށް ގަންނަންލިބެން އެބަހުރި،
ހަސަންބޭ..
18 March 2025
ސަރުކާރުން ރަށްރަށުގަ ފަށާ ޕޮރޮޖެކްތައް މިގޮތަށް ފަށައިގެން ނިންމާނުލެވި ދިގުދެމިގެން ދަނީ ކީއްވެގެންބާއޭ ހިތަށް އަރަނީ. އަދި ސަރުކާރުން ކުރާ ކަންކަން މިހާ ފުރިހަމަ އަށް ނުހުންނަނީ ކީއްވެގެންބާއޭވެސް ހިތަށް އަރާ. މުޅިންވެސް ދަށް ފެންވަރުގެ މުދަލާއި ސާމާނު ބޭނުން ކޮށްފަ ހުންނަތަން ފެންނަނީ.
ކިމް
18 March 2025
ވެރީ ނައިސް
މިސްކިތު މުދިމް
17 March 2025
ކުރެހުންތައް އިސްތިހާރު ކުރި ގޮތައް އެތެރޭގެ ޖާގަ ތަރުތީބުކޮއްފައިވާގޮތުގެ ފޮޓޯކޮޅެއްލި ނަމަ ވ. ފުރިހަމަ އިސްތިހާރަކައް ވީސް.
ޒީނަތް އަލީ
17 March 2025
މިސްކިތުގެ ޒީނަތްތެރިކަމަކީ ގިނަމީހުން މިސްކިތުގައި ނަމާދުކޮށް، ޤުރުއާން ކިޔެވުމުގައި މަޑުކޮށްލައި ހެދުން. ދުޢާއަކީ ތިޔަދެއްވި އަގުހުރި ހަދިޔާގެ ހެޔޮބަދަލު ﷲގެހަޟްރަތުންލިބުން. އާމީން.
ތުނޑު ހަސަނު
17 March 2025
މިސްކިތް ކިތަންމެހާވެސް ރީތި. އެކަމަކު އަހަރެމެން ދިވެހިންނަކީ ފައިވާނާއި ބޫޓު ކޮތަޅަށް ލައިގެން މިސްކިތަށް އަރާ ބައެއް ނޫން. ބޫޓާއި ފައިވާން މިސްކިތު ބޭރުގައި އަބަދު ވެސް ދިވެހިން ބަހައްޓަނީ. މިސްކިތަށް އަރާތަނުން ވެހޭ ވާރޭކޮޅުން ވެސް ބޫޓު ހިޔާވާން އެންމެން ވެސް ބޭނުންވާނެ. މިފަހަކަށް އައިސް ބިނާކުރާ މިސްކިތްތަކުން މިބައި އެއްގޮތަކަށް ވެސް ނެތް. ފެންނަ ފެނުމަށް މ8 މިސްކިތުގައި ވެސް އެކަމެއް ނެތް.
ޙަސަން އަޙްމަދު
16 March 2025
މަސާޖިދުލް މުހައްމަދު ޢަލީއެއް ނޫން. މަސްޖިދު މުޙައްމަދު ޢަލީ. ލިޔެފައި އެހެރަ ނަން ބޯޑަކު ވެސް ނެއް އަލްމުޙައާމަދެއް.
ޙެޔޮ ލަފާ
16 March 2025
މިސްކިތް ބިނާކުރެވުނީ ޙަލާލް ފައިސާއިން ކަމުގައިވާ ނަމަ މާތް ﷲ ތިޔަދަރިންގެ މުދަލުގައި ބަރަކާތް ލައްވާށި. އާމީން
1206
16 March 2025
ހަމަ ވަރަށް ހިތްގައިމު. މި މާތް މަސައްކަތް ކުރި ފަރާތަށާއި އޭނާއަށް މި ކަމުގައި ވާގި ދެން އެންމެންގެ މެ ނިޔަތާއި ޢަމަލު ސީދާކުރައްވައި ގިނަގުނަ ދަރުމައާއި ސަވާބު އިތުރުކުރައްވާށި. އާމީން.
ޝައިހް ހައިޝަމް
16 March 2025
އަމިއްލަ އަށް ކުރާ މިފަދަ ކަންކަން އިސްތިހާރު ކުރުން ރަނގަޅެއް ނޫން. ހަދީސްގައި އޮންނަނީ ކަނާ އަތުންވާ އެހީތެރިކަން ވައަތަށް ވެސް ނޭގޭ ގޮތަށް ވާން. ދޭހަވަނީ މާތް ރަސްކަލާންގެ އަށް ޓަކައި ކުރާ ކަންކަން އިސއތިހާރު ނުކުރާން.
ކުޑަ ޝައިޚް
16 March 2025
إِنَّ ٱلَّذِینَ یَتۡلُونَ كِتَـٰبَ ٱللَّهِ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقۡنَـٰهُمۡ سِرࣰّا وَعَلَانِیَةࣰ یَرۡجُونَ تِجَـٰرَةࣰ لَّن تَبُورَ﴿ ٢٩ ﴾ ހަމަށަވަރުން، اللَّه ގެފޮތް ކިޔަވައި، އަދި ނަމާދު قائم ކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ. ފާޅުގައި ހޭދަކުރުމަކީ ވެސް އޮތްކަމެއް!
އޭދަފުށީ އަބުސީ
16 March 2025
މީ ހަވީރު ނޫހުން ލިޔުނު ލިޔުމެއް. މުހައްމަދު ޢަލީ ބުނެގެން ލިޔުނު ލިޔުމެއް ނޫން. ތާރީޚް ލިޔާއަިރު މީގަ ހުރި މައުލޫމާތު ބޭނުން ވާނެ. އޭދަފުށްޓަކީ އަބަދުވެސް ނަންހިނގާ ރަށެއް. ތައލީމީ މީހުން އުފެއްދި މޮޅުރަށެއް.