ގެސްޓް ހައުސް މާރާމާރިއާ ގުޅިގެން ހައްޔަރުކުރި ދެމީހުން.--
16 މާޗް 2025 - 11:29
މިދިޔަ އަހަރު މާލޭގެ ގެސްޓް ހައުސްއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ބަންދުން ދޫކޮށްލައިފި އެވެ.
ގެސްޓް ހައުސްގައި އަނިޔާކޮށްފައި އޮއްވައި އެ މީހާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނުވަ ވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން އެތަނަށް ވަދެ ބެލުމުންނެވެ. ޒަހަމްވި ދިވެހި ފިރިހެން މީހާއަށް އައިސީޔޫގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ދިނެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުވާ ކ. ތުލުސްދޫ މީހެއް ކަމަށްވާ އުމުރުން 23 އަހަރުގެ ފައުޒާން ޒަރީޒު މިދިޔަ އަހަރު ނޮވެމްބަރު 21 ގައި ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ބަންދުން ދޫކޮށްލީ ހައްޔަރު ކޮށްފައިވާ މައްސަލައިގެ ތަހުގީގު ނިމިފައިވާތީ އާއި މިދިޔަ އަހަރު ސެޕްޓެމްބަރު 25 ގައި ޑްރަގް ކޯޓުން ދެ އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާތީ އެ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނާ ހަވާލު ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.
ދެން އެ މައްސަލައިގައި ތުހުމަތުވާ އަހްމަދު މާޒިން އިބްރާހިމް، 23، މއ. ވޮއްކޮޅުގެއާގެ، ވެސް ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އޭނާ ދޫކޮށްލީ މި މަހުގެ ހަ ވަނަ ދުވަހު ގޭ ބަންދަށް ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދު މުރާޖައާކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލީ ޝަރުތުކުރުމަށް ފަހުގަ އެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާ ހޯދަން ނޫން ގޮތަކަށް ބޭރަށް ނުދިއުން، މޮނިޓަރިން ޓެގް އެޅުވުމުގެ ހުއްދަ ދިނުން އަދި މައްސަލައިގެ ހެކިންނާ މުއާމަލާތް ނުކުރުމެވެ.
ޒަހަމްކޮށްލާފައި އޮއްވައި ފެނުނު މީހާގެ މޫނާއި ހަށިގަނޑުގެ އެތަންމިތަނަށް ބޮޑެތި އަނިޔާތަކެއް ދީފައިވެ އެވެ. އެކަމަކު އަނިޔާކުރުމަށް މެދުވެރިވި ސަބަބެއް އަދި އެއީ ކިހިނެއް ހިނގި ހާދިސާއެއް ކަމެއް މިހާތަނަށް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިދާ
18 March 2025
ހެއްވާ ކަމެއްނުމީ. މީހަކަށް އަނިޔާކުރި ޖިނާޢީ މައްސަލަތަކުގައި ގޭބަންދަށް! ފައިސާގެ މައްސަލަތަކުގައި ޖަލު ބަންދަށް.
ޕޮޕީ
16 March 2025
އަސްލު މަށްސަލައަކީ ތިއީ ހުކުމް ތަމްފީޒު ނުވާމަށްސަލަ އެގޮތަށް ދޫކޮށްފަ ތިބީމަ ދެންއަނެއްކާ. އެޔަށްވުރެ ބޮޑުކުށެއްކުރާނީ އެކުރާ ކުށަކަށް އިންސާފުން ހަށްގުއަދަބުދިނީމަރަންގަޅުވާނެ
ބަބްސް
16 March 2025
ޕަކާސް. މިއޮތީ އިންސާފް ލިބި ފުރިހަމަވެފަ.
އަހުމަދުބޭ
16 March 2025
މިއީ އަބަދުމެ ރައްޔިތުން މިދައްކާވާހަކަ، މިފަދަ ކުރިމިނަލް މީހުންނަށް އަދަބެއް ނުދެވެއޭ، އިންސާނީ ކަރާމާތް ބޮޑުވެގެންގޮސް މިހެދުނު ގާނޫނުތަކުގެ އެންމެބޮޑު ފައިދައިއެއް މިކުރަނީ މިފަދަ ކުރިމިނަލް މީހުންނަށް ނިކަމެތި އަބުރުވެރި ދިރިއުޅުމެއް އުޅެންބޭނުންވާ ރައްޔިތުންނަށް މިގާނޫނުތަކުން ލިއްބައިދޭމާބޮޑު މަންފާއެއްނެތް ތިބެންމިޖެހެނީ ބިރުވެރިކަމުގައި؟ މިވެރިން ހަމަ ހިތަކަށް އެއިރަކު ބޭނުންކަމެއް ކުރަމުން މިދަނީ
ޖަނަވާރުންގެ ރާއްޖެ
16 March 2025
މީހާރު މިދަނީ ދެ ބުޅަލާ ހަތަރު ކޮތަރު ހޯދަން. އެއީ މަށަށް މިހާރު ޔަގީންވެއްޖެ އިންސާނަކަށް އަނިޔައެއް ކޮށްގެން މިގައުމުގަ މީހަކު ކުއްވެރިއެއް ނުވާނެކަން. ޢެކަމަލު މަށައް އަނިޔާވާއިރު މަގޭ އޮޅު ޖަނަވާރަކަށް ކަމެއް ވެއްޖިއްޔާ އެކުއްވެރިން ނަށް އަދަބު ލުބޭނެތާ
ގެދާނޯމޮސް
16 March 2025
އާއިލާތަކުގެ ތެރޭގައި ބަދަލުހިފުމުގެ މައްސަލަތަށް ބެލުމަށް އާއިލާ ތަކާއި ފުލުހުން ހަވާލުކޮށްލައިގެން ތިބުން ދޭހަވަނީ ޖުޑީޝަރީ އިން ފުލުހުންގެ މައްސަލަތަކަށް އަޅާނުލުމުން ވާފޫއްސެއްގެ ގޮތުން ރައްޔިތުންގެ ސަލާމަތަށް އިސްކަން ނުބަހައްޓާކަމެވެ.
ޒިއްމާ
16 March 2025
ދެން އަނެއްކާވެސް އަޑުއިވޭނީ މިއިންމީހަކު ކޮންމެވެން މީހަކަށް އަނިޔާކޮއްގެން ފުލުހުން ހައްޔަރުކުރި ވާހަކަ. މިމީހުންގެ ފަރާތުން އެހެންމީހުނަށް ލިބޭއަނިޔަގެ ޒިއްމާ މިމީހުން އާއްމުންގެ ތެރެއަށް ދޫކުރި ފަރާތްތަކުން ނަގަންޖެހޭނެ.
އަންދަލޫސިޔާ
16 March 2025
ޓެރަރިޒަމްގެ މިފަދަ ޢަމަލްތައް ކުރާ މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަންޖެހޭ!
ޑރ ވާންޗޯ
16 March 2025
ކުށުގެރެކޯޑް ފުރިފަ ޖަލަށް ހުކުމްކުރެވިފަ އެކަމަކު މާލެތެރޭގަދޫކޮށްލާފަ، ދެން އަނެއްކާ މީހަކަށް އަނިޔާކޮށް ބޮޑެތިކުށްތަކަށް އަރައިގަތީމަ ޒިންމާނަގަން ޖެހޭނީ އޭމިހިރަ ބޮޑުދިދަތޯ؟.
އަސްލު ސަބަބު
16 March 2025
ދޫކޮށްލީމަ ގޯސްވާނީ މުޅި ސިސްޓަމް. އެަމަކު ތިމާމީހުން އުޅޭ ގޮތެއް އެކަކަށްވެސް ނޭގެ. ހެކިބަހެއް ދޭކަށް ދާކަށް ބޭނުމެއް ނުވޭ. ސުވިޗަކަށް އޮބާލާހެން ކަންކަން ރަނގަޅުވާން ބޭނުންވަނީ.
ޑރ ވާންޗޯ
16 March 2025
ޖަލަށް ހުކުމް ކޮށްފަހުރިމީހަކު ކާކުގެ ހެކިބަހެއްނުލިބޭތީތޯ ޖަލަށްނުލާ މާލެތެރޭގަ އެއުޅެނީ؟.
ޥާހަކަ
16 March 2025
ބަލަ ހެކިބަސް ދޭނީކިހިނެއް؟ ޙެކިންގެ މައުލޫމާތު ހުރިހާ ތަނަކުން ގަންނަން ލިބޭ!! ހެކިދީފަ ގެޔައްނުދެވޭނެ ކޮންމެވެސް ހަމަލާއެއް އަންނާނެ
ގަބުޅި ކަތީބާ
17 March 2025
ޙުކުމްކުރީ މި މައްސަލައިގަ ބަންދުކޮށްފަހުއްޓައޭ ެ ބުނަނީ. ޢޭނާ ގެންދިޔައީ ހުކުމް ތަންފީޒު ކުރަންށޭ. މަގުމައްޗަކަށް ނޫނޭ
ވާހަކަ ބެ
17 March 2025
ޢަމިއްލަ ގޯއްޗަށް ވަގަކު ވަނަސް އެ މައްސަލާގަވެސް ހެކިބަސްދޭ ބަޔާންދޭން ނާންނަނީ ކޮން އެއްޗެއް ވިއްކަން ހުރެގެން ކާކު ބިރުދައްކާތީ. ހަމަ މޮޅުވާހަކަ