ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު، މަޖިލީހުގެ ޖަލްސާއެއްގައި މީގެ ކުރިން ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
17 މާޗް 2025 - 17:31
ސްޓޫޑެންޓު ލޯނާއި ސްކޮލަޝިޕްގައި ކިޔަވާ ކުދިންގެ ފައިސާ ޖަމާކޮށްދިނުން ލަސްވާ މައްސަލައިގައި ހަާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ހިތަދޫ މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު މިއަދު ފޮނުއްވި ނޯޓިސްގައި ވިދާޅުވީ، ސްޓޫޑެންޓު ލޯނު އަދި ސްކޮލަޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑު ފައިސާ ޖަމާކުރުމާއި ޓިއުޝަން ފީތައް ދެއްކުން ލަސްވާކަމުގެ ކަންބޮޑުވުންތައް ބެލެނިވެރިން ހިއްސާ ކުރަމުންދާ ކަމަށެވެ.
އެހެންވެ، ސްޓައިޕެންޑު ފައިސާ ޖަމާކުރުމާއި ދައްކަންޖެހޭ ޓިއުޝަން ފީތައް ދެއްކުން ލަސްވާ ސަބަބާއި އެ ދަތިތައް ނައްތާލަން ކުރާ މަސައްކަތްތައް ސާފުކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އޭގެ އިތުރުން ދަރިވަރުން ފޮނުވާ އީ-މެއިލް އަދި ސިޓީތަކަށް ޖަވާބުދިނުން ލަސްވާކަމުގެ ޝަކުވާތައް ލިބޭތީ އެކަން ހައްލުކުރަން އަޅާ ފިޔަވަޅުތައް ހިއްސާކޮށްދިނުމަށް ވަކިވަކިން ފޮނުއްވި ދެ ވަނަ ނޯޓިސްގައި އަޒާން އެދިވަޑައިގެންފައިވެ އެވެ.
މަތީ ތައުލީމުގެ ލޯނުގައި ކިޔަވާ ދަރިވަރެއްގެ އާއިލާއިން "މިހާރު" އަށް ބުނީ ކޯސް ފީ ދެއްކުން ލަސްވާތީ އެކަމާ ގުޅޭގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ގުޅުމުން، ލޯނުގެ ފައިސާ ދޫކުރެވޭނީ އަންނަ މަހުގެ ތެރޭގައި ކަމަށް އަންގާފައިވާ ކަމަށެވެ.
"މިއަދު ކޯސް ފީ ދައްކަންޖެހޭ. އެކަމަކު، މިނިސްޓްރީން ބުނީ އަންނަ މަހުގައި ކަމަށް ލޯނު ފައިސާ ދޫކުރެވޭނީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔަވާ ކުއްޖެއް
18 March 2025
މި އުޅެނީ ޖެނުއަރީގަ ލިބެންޖެހޭ ލާރި އަދި ނުލިބިގެން، އަމިއްލަޔަށް ހުރިހާ ހަރަދެއް ކުރަން މިޖެހެނީ، ފައިސާ ނުދެވެންޏާ ސްކޯލާޝިޕް ދިނުމުގެ ބޭނުމެއް ނެތްތާ، ގިނަ ވަގުތު ނުކައި އުޅެން ޖެހިފަ މިތިބީ، ގެއިން ނެރެލާނީ މާދަމާ ނޫންކަމެއްވެސް ނޭގެ، މިނިސްޓްރީގަ ތިބި މީހުންނަށް ކީއްތަ ބަރާބަރަށް މުސާރަ ލިބޭނެ، ދެން މާދަމާ ޗުއްޓީއަށް ނައްޓާލާނެ، ދެން މިމަސްވެސް މިދިޔައީ، ވަކީލު ކޮށްގެން ތިބުން ނޫން ގޮތެއް ނެތް،
މެންގަރޫވް
18 March 2025
މީ އަޅެ ކާކުތަ؟ ކޮންމެ ތަނަކަށް ލިޔަސް އެތަނެއް ހަރާބު.
އެމްސް
17 March 2025
ތިޔަކަމުގެ ޙަޤީގީ މޭސްތިރިއަކީ ސްޓޭޓް މިނިސްޓަރ ޢަބުދުއްރަޙީމް އާއި ލޯނު ސެކްޝަންގެ ނާގާބިލު ޓީމް އެވެ! އެއަކީ ފޯނުނަގާ، އީމެއިލް އަށް ޖަވާބުވެސް ދޭ އިދާރާއެއް ނޫނެވެ!
ޕަރސަން
17 March 2025
އަޅުގަނޑަށް މިދިޔަ އަހަރު ސްޓޫޑަންޓް ލޯން ހަމަޖެހިގެން ސެޕްޓެމްބަރުގައި ކިޔަވަން ފުރުމުގެ ކުރިން ފުރަތަމަ ޑިސްބާސްމަންޓް އޮގަސްޓްމަސް ތެރޭގައި ލިބުނު، ދެވަނަ ޑިސްބާސްމަންޓް ހޯދަން ނޮވެމްބަރ މަހުގައި ޔުނިވަރސިޓީ މެދުވެރިކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފޮނުވީމަ ޑިސެމްބަރ ފަހުކޮޅު ފަހު ޑިސްބާސްމަންޓް ރިލީސްކޮށްދީފައި އިނީ. މީހުން ޝަކުވާކުރާތީ އަޅުގަނޑުވެސް ހީކުރީ ވަރަށް އުނދަގޫވާނެކަމަށް، އެކަމަކު ވަރަށް ފަސޭހައިން ދިޔައީ ހުރިހާ ކަމެއް
ނނނސނސ
17 March 2025
ދެން އެހެން އެންމެނަށް މިހެން މިދިމާވަނީ ކީއްވެ؟ ހިތުން ނިޔަތް ނުގަނެ އީމެއިލް ކުރާތީތަ؟
މފއއ
18 March 2025
މަންމަތޯ ނޫނީ ބައްޕަތޯ ސްޓޭޓް މިނިސްޓަރަކީ؟
ހިތުންނިޔަތް
18 March 2025
ތިޔަ ހުށައެޅުމެއް ހުށައަޅާއިރު ހިތުންނިޔަތް ގަންނަ ދުޢާ އެހެން ސްޓޫޑެންޓުންނަށް ބުނެދޭންވީނުން. އޭރުން އެމީހުނަށްވެސް އެއްވެސް އުދަގުލަކާނުލާ ޑިސްބާސްމަންޓް ރިލީޒް ހަމަޖެހިގެން ދާނެނުން ދޯ !؟
މފއއ
17 March 2025
އަޅުގަނޑަކީ ރާއްޖޭން ބޭރުގައި ސަރުކާރުގެ ސްކޯލަރޝިޕެއްގައި ކިޔަވަމުންދާ ދަރިވަރެއް. މިދިޔައަހަރު ޖެނުއަރީ 1ގެ ކުރިން ލިބެންޖެހޭ ފައިސާ ލިބުނީ ޖުލައި 1ގެ ކުރިން ލިބެންޖެހޭ ފައިސާއާއި އެކު ސެޕްޓެމްބަރ ފަހުކޮޅު. 9 މަސް ފަހުން. މިއަހަރު ޖެނުއަރީ 1ގެ ކުރިން ލިބެންޖެހޭ ފައިސާ މިދިޔަ ހަފުތާގައި ލިބިއްޖެ. ޓިއުޝަންފީ ނުދައްކައި ލަސްވާތީ ޔުނިވަސިޓީން ޝަކުވާ ކުރާތީ މިދިޔަ އަހަރުވެސް މިއަހަރުވެސް އަމިއްލަ އަށް ދައްކައިފިން. ފަރުވާކުޑަ ބޭކާރު މިނިސްޓްރީއެއް