ފުލުހުންގެ ވެހިކަލެއް: ރޯދަ މަހުގެ ފުރަތަމަ 10 ގައި ފުލުހުންނަށް 692 މައްސަލަ ރިޕޯޓުކުރި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
19 މާޗް 2025 - 14:31
ރޯދަ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ގެވެށި އަނިޔާއާ ގުޅޭ 19 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުރީގެ ރޯދަމަސްތަކާ އެއްގޮތަށް މިއަހަރު ވެސް އެންމެ ގިނައީ ވައްކަމާއި އެކްސިޑެންޓުގެ މައްސަލަތަކެވެ.
އެކަމަކު އެ ތަފާސްހިސާބުތަކުގައިވާ ގޮތުން ގެވެށި އަނިޔާގެ 19 މައްސަލައަކާއި ޖިންސީ ގޯނާއާ ގުޅޭ 15 މައްސަލަ އާއި ކުޑަކުދިންނާ ބެހުމުގެ 16 މައްސަލަ ރޯދަ މަހުގެ ފުރަތަމަ 10 ގައި ރިޕޯޓުކޮށްފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި ބިރު ދެއްކުމުގެ 38 މައްސަލައެއް ސައިބާ ކްރައިމްއާ ގުޅޭ 7 މައްސަލައަކާއި ސްކޭމްގެ 70 މައްސަލަ ވެސް ހިމެނެ އެވެ.
މި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު 153 އެކްސިޑެންޓަކާއި މަސްތުވާތަކެއްޗާ ގުޅޭ 110 މައްސަލައަކާއި ވައްކަމުގެ 147 މައްސަލައެއްގެ އިތުރުން ފޭރުމުގެ 8 މައްސަލައެއް ރިޕޯޓުކުރިިއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދުތަކެކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަފްތާގައި ގިނައީ ވައްކަންތަކެކެވެ. މިދިޔަ ރޯދަ މަހު ފުރަތަމަ ހަފްތާގައި ވައްކަމުގެ 101 ވައްކަމާއި އެކްސިޑެންޓުގެ 86 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
19 March 2025
ކަކުނި ހޮރުން ވެލި ނެރި ޖަމާކުރާހެން މައްސަލަތަށް ނޯޓްކޮށްގެން މީޑިޔާގައި ހެޑިންގް އަޅަލައިގެން ޖޮބް އަދާކުރެވުނީ ކަމުގަ ހީކޮށްލަނީ ތޯއެވެ. ތިއިން އެއްވެސް ކަމެއްގައި އެކަށީގެން ވާ މިންވަރަކަށް އިންވިސްޓިގޭޝަނެއް ހަދައިގެން ނޫޅޭނެއެވެ. ހިޔަށް ބަޔަކުދެކެ ބިރުން ތިބެނީ އެވެ! ވާނެ އެއްޗެއް ވާން ރައްޔިތުންގެ ބޮލަށް ކަނޑާލީމާ ގެއްލޭނީ އިތުބާރެވެ.