ރައީސް މުއިއްޒު،އެމްއެންޔޫއިން މީގެ ކުރިން ބޭއްވި ދަސްވެނިވުމުގެ ހަފުލާއެއް ޝަރަފުވެރި ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
27 މާޗް 2025 - 22:54
ސްޓޫޑެންޓު ލޯނުން ނަގާ އިދާރީ ފީ ކަނޑާލައި، އިސްލާމީ ޝަރީއާ ހުއްދަކުރާ ލޯނަކަށް ބަދަލުކުރަން މިހާރު އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ "ޝަރީއާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ދެ ކަމެއް ކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ލޯނާ އެކު، އިދާރީ ފީގެ ގޮތުގައި މިހާރު ނަގާ އެއް ޕަސެންޓު އެއްކޮށް ކަނޑާލައި، ދޫކުރާ ލޯނު ފައިސާގެ އިތުރުން އެއްވެސް ވަރެއް އިތުރަށް ނުނެގުން ހިމެނެ އެވެ.
ކުރިން ނަގާފައިވާ ލޯނަށް ދައްކަން ހުންނަ ފައިސާއިން އެޑްމިނިސްޓްރޭޓިވް ފީ ކަނޑާލައި އެ ދަރިވަރުންގެ ލޯނު އަލުން ހަމަޖެއްސުމަށް ރައީސް ވަނީ އަންގަވައިފަ އެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ތިރީގައިވާ ކަންކަން ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ވާނީ ދަންނަވާފައި.
— Dr Mohamed Muizzu (@MMuizzu) March 27, 2025
ރާއްޖެއާއި…
ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން ދޫކުރާ ލޯނުގެ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މީގެ ކުރިން ނަގަމުން ދިޔައީ ފަސް ޕަސެންޓެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އަދަދު ތިން ޕަސެންޓަށް އަދި ފަހުން އެއް ޕަސެންޓަށް ދަށްކުރީ އެވެ. މަތީ ތައުލީމުގެ ލޯނަށް ކުރިމަތިލާން ހުޅުވާނުލައި ދިގުދެމިގެން ދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިނިސްޓަރު ޑރ. އަލީ ހައިދަރު "މިހާރު" އަށް ކުރިން ވިދާޅުވީ ލޯނަށް ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެލިިލއެ
28 March 2025
ރައީސް ރަގަޅެން އަދިނުވޭ ކެުބާތަ ހަައުސިން ލްނުތަން މިހާރު ދެއަހަރުވަނީ އަދިވެސް ނުލިބޭ މުޅިން ދުެޤު ހަދަޏީ ވަރަން ސަލާނ
1206
28 March 2025
ޑިގްރީ ޕްރޮގްރާމް އަށާއި މާސްޓާސް އަށް ލޯނު ނަގައިގެން ދެ ލޯނަށް މަހު މުސާރައިން ސަރުކާރަށް މިދަނީ 5 ހާސްހެއް ރުފިޔާ ދައްކަމުން. އާއިލީ ޚަރަދު ފޫނުބެދި މިދަނީ. ކިޔެވިޔަކަސް މުސާރައަށް އެކަށީގެންވާ ބަދަލެއް ނާދޭ. ކިޔެވީމާ ކުރަންޖެހުނު ޚަރަދު އިތުރުވެ މީހާ އިތުރަށް ފަގީރުމިވީ. މުއްދަތު އިތުރުކޮށް ދެއްވާތޯ ވެސް އެތައް ފަހަރަކު ދެންނެވިއްޖެ. ހަމަ ނޫނެކޭ ބުނަނީ. މިއީތޯ އަޅުގަނޑުމެން ކަހަލަ ނިކަމެތިންނަށް އޮތް ހާލަކީ. ދެން ކިޔަވަންވީ ކީއްކުރަން؟؟
ލަކޫބި
28 March 2025
ހާދަ އަގު ބޮޑު ކޯހެކޭ ތިޔަ ހެދީ
ބަދަން ސިތާރާ
28 March 2025
ގުނބޯ ބޯޓުން ވާނުވާ ނޭނގުނަސް އަތްޖަހާ. ކުރިން އެއް އެއީ މިލިޔަންގެ ލޯނަކަށް ށަގަނީ 1000ރުފިޔާ. އިތުރަށް އިންޓަރެސްޓެއް ނާރާ. މިހާރު އިސްލާމީ ލޯނަކަށް ފެއްތީމާ ދެންން ދައްކަން ޖެހޭނީ ނަގާ އަދަދަށް ވުރެ ބޮޑުކޮށް. ކޮންމެ ގޮތަކަށް ލޯނު ދިނަސް އަނބުރާ ނުދައްކާ. ދެންވެސް ނުދައްކާނެ. ހައްލު ހޯދަންވީ އެކަމަށް. އޭރުހުރި ވިރިދާ ކިޔާ މުވައްޒަފެއްގެ ސުލޯކަމުން ތިޔަ އެއް ޕަސެންޓް ވެސް ފޮހެނުލެވި އޮތީ. ނާޗަރަންގީ
އޮޅުވާނުލާ
28 March 2025
1 މިލައަންލޯނަށް 10،000 އަރާނެ. 3 މިލިއަނަށް 30،000 އަރާނެ. އެއީ ނަގާ ލޯނުގެ މައްޗަށް ނަގާ އަދަދަށް ނިސްބަތްކޮށް އިތުރަށް އަތުލާ (ރިބާ). އެކަމު ސާވިސްޗާޖެއް ކޮންމެ ޕޭމަންޓްއަކަށް ނެގޭނެ. ބޮޑު ލޯނަކަސް ކުޑަލޯނަކަސް ވުޒާރާއިން ކުރަންޖެހޭ މަސައްކަތް އެއްވަރުވާނެ.
ސާއިދު އަހްމަދު
28 March 2025
މިއޮތްހާ ވެރިކަމެއް ދިޔައިރު ހައްލު ނުވެ އޮތް ކަމެއް. މިއަދު މިކަންވެސް ކުރަން މި ކެރުނީ މި ރައީސަށް. ބޮޑު ލޯނެއް ނުނަގައި ޤައުމު ހިންގަން އެގޭތީ އެއީ
ޝިޔާރާ
28 March 2025
މިއީ ލާމަސީލު ރައީސެއް. ދަރިވަރުން އެދޭ ކޮންމެ ކަމެއް އެ ދަނީ ހައްލުކޮށްދެއްވަމުން
ފިރުޝާން މުޙައްމަދު
28 March 2025
750 އިން 1200 އަށް ދަރިވަރުންގެ ކާޑު ލިމިޓް ބޮޑުކޮށްދެއްވީ މި ރައީސް. ލޯނުގެ އެޑްމިން ފީގެ ގޮތުގައި ނަގަމުން އައި ފީ އެއްކޮށްހެން ކަނޑާލީ މި ރައީސް. ރަނގަޅު ރައީސެއް
ސުވީލަ
28 March 2025
ކާކަށް 1200 ލިބެނީ... 750އަދިވެސް ނުލިބޭ.. ތިކަމަށް އެދިގެން އުޅޭތާ މިހާރު އެތައްދުވަހެއް
ލާމަސީލު
28 March 2025
ލޮކްޑައުން ގައި މީހުންގެ ދިރިއޅުން ފުނޑާލި ނުދެއްކިހުރި ލުއިލޯނުތަކުގެ ފައިންއާއި ބޮޑެތި އިންޓަރެސްޓަށްވެސް ގޮތެއް ހައްދަވައި ދެއްވަވާ. އަދި ނުދެއްކިހުރި ކްރެޑިޓް ކާރޑްގެ ފައިންތަކާއި ބޮޑު އިންޓެރެސްޓަށްވެސް ގޮތެއް ހައްދަވައި ދެެއްވަވާ. އެތައްބަޔަކަށް ކޯޓްތަކުން ހުކުންކޮށް ދިރިއުޅުން ހަލާކުގެ ތެރެއަށް ވަނީ ވައްޓާލާފައި. މިކަމަށް ކުޑަނަމަވެސް ލުޔެއް ހޮއްދަވައި ދެއްވަވާ.
ސިއްބަތް އަޒީޒް
28 March 2025
އިސްލާމީ އުސޫލަށް ބަދަލްކުރީމަ ކުރިން އިތުރަށް ނަގާ ބައި ނުނަގާނެ. އަލްހަމްދުﷲ. ޝުކުރިއްޔާ ރައީސް
މަގްފޫޒް
28 March 2025
ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ރައްޔިތުންގެ ހައްގުގައި ރައީސް ކުރާ ކަންކަން. މީގެ ސަބަބުން ދެން ނުޖެހޭނެ އިތުރު ފީ އެއް ދައްކަން
އަކްޝަމް.
28 March 2025
މީގެ ސަބަބުން މުޅިންވެސް ލުއި ލިބޭނީ މި ލޯން ނަގާ ދަރިވަރުންނަށް. އިންޓްރެސްޓްވެސް ނާރާ