ހޮސްޕިޓަލް އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
29 މާޗް 2025 - 14:22
10 ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުގެ ތިން ކުންފުންޏަކާ ރޭ ހަވާލުކޮށްފި އެވެ.
ސިއްހީ ހިދުމަތްދޭ ދެ ތަނެއްގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި އެމްޓީސީސީގެ އިތުރުން ފެނަކައާ އެވެ.
އާރްޑީސީއާ ހަވާލުކުރީ ރަށްތައް:
- ނ. ވެލިދޫ ހޮސްޕިޓަލް: 108,322,537.03ރ.
- އދ. ފެންފުށީ ސިއްހީ މަރުކަޒު: 26,839,684.82ރ.
އެ ދެތަން ވެސް ހަވާލުކުރީ ދޮޅު އަހަރުން ނިންމަން ޖެހޭ ގޮތަށެވެ.
ހޮސްޕިޓަލް އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދާއިރާތަކުގެ މަޖިލިސް މެންބަރުން ބައިވެރިވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
އެމްޓީސީސީއާ ހަވާލުކުރީ ފަސް ރަށެއްގައި އިމާރާތް އަޅާށެވެ. އެއީ؛
- ހދ. ނެއްލައިދޫ ސިއްހީ މަރުކަޒު: 11،197،462.90ރ.
- ށ. މިލަންދޫ ހޮސްޕިޓަލް: 110،878،732.12ރ.
- ކ. ތުލުސްދޫ ހޮސްޕިޓަލް: 110،716،537.72ރ.
- އއ. ރަސްދޫ ހޮސްޕިޓަލް: 185،571،402.42ރ.
- ގއ. ވިލިނގިލީ ހޮސްޕިޓަލް: 185،571،402.42ރ.
ފެނަކައާ ތިން ރަށެއްހަވާލުކުރި އެވެ. އެއީ:
- ބ. ކުޑަރިކިލު ސިއްހީ މަރުކަޒު: 7,641,116.64ރ.
- ގއ. ކޮނޑޭ ސިއްހީ މަރުކަޒު: 6،763،307.54ރ.
- ގދ. ނަޑެއްލާ ސިއްހީ މަރުކަޒު: 6،757،395.89ރ.
ހޮސްޕިޓަލް އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
މިދިޔަ ހަފުތާގައި ވެސް ވަނީ ނުވަ ރަށެއްގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތް އަޅަން 627 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޓަމަސް
30 March 2025
ހަމައެކަނި އިމާރާތެއް އެޅިއަސް ނުފުދޭ. ސިއްހީ ޚިދުނަތް ދިނުމަށް ބޭނުންވާ އާލާތްތަކާއި މީހުންވެސް ބޭނުންވޭ. ބައެއް ރަށްރަށުގައި ނަމަކަށް ހަދާފަ ހުންނަ މަރުކަޒުތަކުން އެންމެ ކުޑަމިނުން އިމާޖެންސީ ފަރުވާ ދެވޭ ފެންވަރު ގާބިލު މުވައްޒަފުންނާ ތަކެތި ނުހުރޭ. ބޭސް މަލަން އަޅަން ރީތި ނަމެއް ކިޔާފަ 4 ފާރު ނުރޭނިއަސް އެންމެ ރަނގަަޅު! 2025 ވަނަ އަހަރުވެސް 1960 ގެ ވިސްނުން އަދިވެސް މިހުރީ. ޚިދުމަތް ދިނުމުގައްޔާއި ފޮނިކެނޑުމުގަ!
ދޮން
30 March 2025
ހުރިހާ ޕުރޮޖެކްޓެއް ސަރުކާރު ކުންފުނިތަކަށް ، ހުރިހާ ދާއިރާއިންވެސް ، ހަމަ އެކުންފުނިތަކުން މަގު ހެދުމާއި ބަދަރު ހެދުމާއި ކަރަންޓް ދިނުންވެސް ، މިވަރުން ދަންޏާ ވޯޓް ދޭނީ ވެސް މި ހަތަރު ކުންފުނިން ކަމަށްފެނޭ ، ޤައުމު އިދަޖެހިއްޖެ ނޫނީ ސޮއިކޮށް ކަރުދާސް ޕުރޮޖެކްޓް ހިންގާ ސުރުހީ އަޅަނީ މީތި ކަމަކު ނުދޭ އާންްމުން ބަގުރޫޓްވަނީ
ޢީދު
30 March 2025
ސަބް ކޮންޓްރެކްޓަރުންނާ ޙަވާލު ނުކޮށް ކުންފުނިތަކުން ތިކަން ކިރާ ނަމަ ރަނގަޅު.
މުޢާޒަރު
29 March 2025
މިވަރަށް ސިއްހީ ތަންތަން މިލިއަނުން ހަރަދުކޮށްގެން އަޅާއިރުވެސް ބޮޑު ކަމެއް ޖެހިއްޖިއްޔާ އަދިވެސް ހަމަ އަންނަން ޖެހެނީ މާލެއަށް..
.ސުމާ
29 March 2025
ށ.ފުނަދޫގައި އަތޮޅު ހޮސްޕިޓަލެއް ހުންނަ އިރު އެއަތޮޅުގެ މިލަންދޫގަ އަނެއްކާ ހޮސްޕިޓަލެއް މިލިއަނުން ހަރަދުކޮށްގެން އަޅަނީ ކީއްވެތޯއާ މެދު ސުވާލު އުފެދޭ. ޢޭގެ ބަދަލުގައި އެތަނުގައި ހުރި ސިއްހީ މަރުކަޒުން ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން މާ މުހިއްމު. ރައްޔިތުން ބޭނުންވާނީ ބޮޑެތި އިމާރާތްތަކަށްވުރެ ރަނގަޅު ފެންވަރުގެ ޑޮކްޓަރުންނާއި އާބާދީގެ ނިސްބަތުން އެތަނުން ދެވޭ ހިދުމަތުގެ ފެންވަރު.. މިފަދަ ބޮޑެތި ހަރަދުކުރާއިރު ވިސްނާލުން މުހިއްމު.
އަސް
29 March 2025
ތިކަންކަން ވުމަށް ވުރެ ނުވުން ގާތީ، ފައިސާ ބޭނުންވާނެ ތިހިރަ ކަންކަމަށް. އިދަ ޖެހިފަ އަމިއްލަ އަށް ސްޓާފުންނަށް މުސާރަ ނުދެވޭ. ދެން ކިހިނެއް ހޮސްޕިޓަލް އަޅަނީ
އަހުމަދުބޭ
29 March 2025
ސުވާލް އަކީ މިފަދަ ހުރިހައި ޕުރޮޖެކްޓްތަށް ސަރުކާރުން ސަރުކާރާ އަނެއްކާ ހަވާލް ކުރީމާ ދެން ރައްޔިތުން ދުވަންވީތޯ ސަބްކޮންޓެރެކް ހޯދަން ސަރުކާރުގެ މުއައްސަސާ ދަށަށް. ނޫނީ ހަމަ އަތްޖަހަންތިބެންވީތޯ
ޕްރޮޖެކްޓް
29 March 2025
ދުވަސްކޮޅަކުން އިތުރު ފައިސާ ނާޅާ ތިޔަ ޕްރޮޖެކްޓްތައް ނިމިއްޖެއްޔާވެސް ރަނގަޅު.
ސަބޭ
29 March 2025
ރަނގަޅު ވޭތުވެދިޔަ ތަނުގައިވެސް ތިޔަކަން ކުރީ. ވީމާ މިސަރުކާރުން ކުރުން މައްސަލައަކަށް ވާން ޖެހޭތަ .