އީދު ދުވަހުގެ މުނާސަބަތުގައި ބޭއްވި އީދު ހަވީރުގައި އެމްޓީސީސީ ސްޓޯލުން ކުރިއަށް ގެންދިޔަ ބޮޑުމަސް ހިފުމުގެ ސަގާފީ ހަރަކާތް ކުރިއަށް ދަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
31 މާޗް 2025 - 11:47
ފިތުރު އީދު ފާހަގަކުރުމަށް އިއްޔެ ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތް، މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށް "އީދު ހަވީރު" އަށް ބޮޑު ސަރަހައްދެއް އިއްޔެ ހާއްސަކޮށްފައި އޮތެވެ. އެމްއެންޑީއެފުން އިސްވެ ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ފުލުހުންނާއި ސަރުކާރުގެ އެކި ކުންފުނިތަކުން ވެސް އެކި ހަރަކާތްތައް އެ ސަރަަހައްދުގައި ކުރިއަށް ގެންދިޔަ އެވެ.
އީދު ދުވަހުގެ މުނާސަބަތުގައި ބޭއްވި އީދު ހަވީރުގައި ސިފައިން ތަމްރީންތަކުގައި ކުރިއަށް ގެންދާ ހަރަކާތެއްގައި ކުޑަކުއްޖު ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްއެންޑީއެފުން ބުނީ މިއަދާއި މާދަމާ ހަވީރު 4:00 އިން 6:00 އާ ހަމައަށް އެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ގިނަ ބަޔަކު އެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިއްޔެ އެ ސަރަހައްދަށް ޖަމާވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެން އާއިލާތަކާ ސަލާމް ކުރައްވައިފަ އެވެ.
އީދު ދުވަހާ ގުޅުވައިގެން ރޭ ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވެސް 30 މިނެޓުގެ ޑްރޯން ޝޯއެއް ކުރިއަށް ގެންގޮސް، ހަވާ އަރުވައިފަ އެވެ. އެ ހަރަކާތްތައް ބެލުމަށް ވެސް ގިނަ ބަޔަކު ޖަމާވި އެވެ.
މާލޭގައި އެފަދަ ބޮޑު އިވެންޓެއް އީދު ދުވަހާ ގުޅުވައިގެން ބޭއްވުމުގެ ބޭނުމަކީ އިސްލާމީ މުހިއްމު އެ މުނާސަބަތުގެ އުފަލުގައި ވީހާ ވެސް ގިނަ އާއިލާތަކެއް އެއްތަނަކުން ބައްދަލުވެ، އިޖުތިމާއީ ރޫހު އާލާކުރުމާއި ކުޑަކުދިންނަށް އީދުގެ އުފާވެރިކަން ގެނެސްދިނުން ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓައިމްޓޭބަލް
01 April 2025
އީދު ކުޅިވަރުތައް އޮންނަ ދުވަސްތަކާ ގަޱިތަކާ ތަން އެނގޭނެ ކަހަލަގެ ޝެޒިއުލެއް ހަދާފަ އާންމުންނަށް ފެންނާނެހެން އިއުލާންކޮށްނުލާތީ ވާއެއް ނުވާއެއް އހަރުމެނަކަށް ނޭނގޭ. ވާންޗޯވެފަ ތިބެން މިޖެހެނީ. އެއްވެސް ކަހަލަެގެ އިންތިޱާމެއް ހަމަ ނެތީތޯ ތިކަންކަމު. ކުދިންގިވައިގެން ދާންވީ ދިމާލެއް އެއެއް މިއެއް ނެނގިފަ ތިބެން މިޖެހެނީ
ބުރުގާ
01 April 2025
މިއަދާއި މާދަމާ ވެސް މާލޭގައި " 2 ޖިންސު މައްސުނިވުން" އޮންނާނެ!
ސިއްބަޒް
01 April 2025
މީ ކުރަން ޖެހޭ ކަންކަން. މީގެ ސަބަބުން ގުޅުން އިތުރުވެ އެއްމެން އެއްބައިވެސް ވާނެ.
އަސްނާ މުހައްމަދު
01 April 2025
ވަރަށް ދުވަސްކޮށްފަ މިކަހަލަ ކަންކަން އޮތީމަ ހާދަ އުފާވެޔޭ. މިކަންކަން އޮންނަންޖެހޭ އަބަދުވެސް
އައިޝަތް މާހާ
01 April 2025
މާލެ ދަނީ މިއަދު. ލައްވާލާނެ. ދަރި ހުރީ ވަރަށް މިމަންޒަރު ބަލަން ބޭނުންވެފަ
ޝަމްނާޒް ހަލީމް
01 April 2025
ހާދަ އިފާވެރި ހަބަރެކޭ މިލިބުނީ. ދެން ނޯންނާނެ ކަމަށް ހީކޮށްގެން ހުއްޓާ
އަޝްމަލް
01 April 2025
ދަރިފުޅު ގޮވައިގެން ދާން ރަނގަޅު ފުރުސަތެއް މިލިބުނީ.
ހަވާފަޓާސް
31 March 2025
މިރޭވެސް ހަވާ އަރުވާތަ؟
ކިމް
31 March 2025
ކުޑަކުދިންނަށް ހާއްސަ ވަގުތެއް ހަދައިދީ ޕްލީސް. ކުޑަކުދިން ނުލާ ދާ ގްރޫޕްގަނޑަށް ނުވަދެވޭގޮތަށް.
އުހްތު
31 March 2025
ރޯދައަކީ ހާލުގައި ތިބި މީހުންގެ އަގުވަޒަން ކުރުމުގެ އަޅުކަމެއް. ފަލަސްތީނުގެ ކިތައް ކުދަކުދިންތޯ މިދިޔަ އެއް އަހަރު ބަޑުހައި ހޫނުކަމުގައި އުނު އަންނައުނު ނެތި ތިބީ. މިގައުމުގެ ވެރިން ކީއްވެތޯ އީދު ފާހަގަ ކުރުން ކެންސަލް ނުކުރީ.