ދުންފަތުގެ ޖެނެރޭޝަން ބޭންއާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯއާ އެކު ހެލްތު މިނިސްޓްރީން މަޝްވަރާކުރަނީ.
08 އެޕްރީލް 2025 - 11:34
ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަމުން ދުރުކުރަން "ޖެނަރޭޝަން ބޭން" އަކަށް ދިއުމާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާ އެކު މަޝްވަރާކޮށްފި އެވެ.
ހެލްތު މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނަރޭޝަން ބޭން ތައާރަފުކުރުމަށް ކަމާގުޅުން ހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
އެ މަަސައްކަތުގެ ދަށުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ޑަބްލިއުއެޗްއޯ އާއި ޔުނިސެފްގެ އޮފިޝަލުންނާ ބައްދަލުކުރައްވައި އެކަމުގެ މަޝްވަރާތައް ކުރައްވައިފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޖެނަރޭޝަނަލް ބޭން ކާމިޔާބުކަމާ އެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭ ގޮތުން އެ އިދާރާތަކުން ވަނީ މިނިސްޓްރީއަށް ލަފާދީފަ އެވެ.
ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޫޖެނެރޭޝަނަލް ބޭން ތަޢާރަފުކުރުމަށް ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން @WHOMaldives އާއި @UNICEFMaldives ގެ އޮފިޝަލުންނާ، ޞިއްޙީ ވަޒީރު @ANazim2019 މިއަދު ވަނީ ބައްދަލު ކުރައްވާފަ. pic.twitter.com/guoc9CwIDo
— Ministry of Health (@MoHmv) April 7, 2025
ޖެނަރޭޝަން ބޭންއަކަށް ދިއުމަށް ތިން ހިޔާލެއް ސަރުކާރުން ގެންގުޅެ އެވެ. އެއީ 2000 ވަނަ އަހަރު ނުވަތަ 2004 ވަނަ އަހަރު ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް މުޅި އުމުރަށް ދުންފަތް ބޭނުންކުރުން މަނާ ކުރުމަށެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯލްއަކަށް ހުޅުވާލައްވައިފަ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މިފަދަ ނިންމުމެއް ނިންމަން ޖެހުނީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ޒުވާނުން ދުންފަތު ވަބާގައި ޖެހި، އެކަމުން ސަލާމަތްނުވެގެން އުޅޭ މަންޒަރު ފެންނަމުންދާތީ އެވެ.
ދުވަސްވީ މީހުންނަށް ވުރެ، ޒުވާން ކުދިން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ ހިސާބުން އެކަމުން ސަލާމަތްކުރަން އުޅެފި ނަމަ ފަސޭހަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެެވެ. ވޭޕް ބޭނުންކުރާ ނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ގާނޫނުގައި ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަލްސަފާ
12 April 2025
"ބެރީ" ބުނިހެން ފުރަތަމަ ހަދަންވީނު. ސިޔާސީންތަކަށް ބޭންކުރޭ ތިޔަ ބުއިން/ދެމުން ފުރަތަމަ. އޭރަށް ފެންނާނެ އިހުލާސްތެރީ ކޮން ބަޔެއްކަންވެސް. ހަނގުރާމައަކަށް ނުކުމެ ކޯރަކުން ފެން ނުބޯން އެންގުން ކަހަލަ ރަނގަޅު ޓެސްޓަކަށް ވެދާނެ.
އަހުމިއްޓޭ
08 April 2025
ރޫޓު މީހުންނާ މަޝްވަރާ ނުކުރޭތަ؟
އަކްރަމް ސައީދު
08 April 2025
ރަނގަޅު. ސިއްހަތް ޖައްމިއްޔާތަކުން މިކަން ކުރަން ބުނުމުން ދެން މިކަމާ ދެކޮޅު ހަދާ ފަރާތްތަކަށް ކިޔޭނެ އެއްޗެއް ނޯންނާނެ. އެތައް ބަޔަކު މީގެ ސަބަބުން ދުނިޔެ ދޫކޮށްފި
އަހްމަދު ޝަނޫން
08 April 2025
ބަޔަކު ބުނި ރައީސް މުއިއްޒް މީގެން ޑިއުޓީ ބޮޑު މިކުރަނީ މީގެން ފައިދާ ހޯދަންޝޭ. މިބުނީ ޓެކްސް. އެކަމަކު ހަގީގަތުގައި މިކަން ހުއްޓުވަން ކުރާ މަސައްކަތް ފެނިގެންދަނީ.
ނޫހު އިބްރާހިމް
08 April 2025
ވަރަށް ބަރާބަރު. ކުރިޔަށް އޮތް ޖީލުތައް ސަލާމަތް ކުރެވޭނީ މިކަން ކޮށްގެން.
ދީީދީއަފީފު
08 April 2025
ހީވަނީ، މިގައުމުގަ ހުރިހާކަމެއް ފުރިހަމަވީހެން، މިސިގަރެޓް ކަންތައްނޫނީ، ކީއްވެތަ ޑްރަގު ކޮންޓްރޯލް ކުރަންމިވަރައް ނުއުޅެނީ، ކުރާނެކަމެއްނެއެގިގެން އުޅޭނާގާބިލު ބައިގަނޑެއް
ބޮޑުއާވި
08 April 2025
ގައުމަށް މިއަދު ދިމާވެފައި އޮތްހާވެސް ބޮޑު މައްސަލައަކީ ސިނގިރޭޓްބޯ ކެނައިންކޮޅު. އެކަން ހައްލުވީމާ މިއީ ހަމަ ދުނިޔެމަތީ ސުވަރުގެ.
ފަންސް
08 April 2025
ތިޔަ ޖެނެރޭޓަރު ބޭނަށް ދިޔުމުގެ ކުރިން މަގުމަތީ ސިގިރޭޓު ބުއިން ހުއްޓުވާބަލަ. ކިހާ ދެރަ ކަމެއްތަ މީ.
ބެރީ
08 April 2025
މުއިއްޒު ވަޒީފާ ދީފަ ތިބި ސިޔާސީ މީހުން ސިގިރެޓް ބުއިމުން މަނާކުރަންވީނުން؟
އަރުހަމް
08 April 2025
ޒުވާން ޖީލެއް ސަލާމަތް ކުރަން ރައީސް މުއިއްޒު މި ކުރައްވާ މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވަން،. ހަމަ އެޔާ އެކު ޖީލެއް ހަލާކު ނުވެގެން ފައްޔާޒު މެން އަމީރުމެން ސިގެރޭޓް އަގުހެޔޮ ނުވެގެން މިތެޅެނީ. މިހެންވެ ދިވެހީން ފައްޔާޒުމެންނަށް ނޯއޭ ބުނަން ޖެހެނީ. ސިގެރޭޓުން އުދަގޫ ވާ އެތަށް ބަޔަކު އެބަ ތިބި. ބަޔަކު އެޑިކްޓްވެފައޭ ތިބީ ކިޔާފަ އެ އެއްޗެސް ފަސޭހަކޮށް އެކްސެސް ވާ ގޮތް ހަދާކަށް ނުޖެހޭ. ކޮންމެ ކަމެއްގަވެސް ލިމިޓެއް އިންނަން ޖެހޭނެ