ހުޅުމާލެ ފޭސް ދޭއް: ސޭފް ހޯމް އަޅަން ސަރުކާރުން ގަތީ 10،000 އަކަފޫޓުގެ ބިމެއް. -- ފޮޓޯ: އެޗްޑީސީ
11 އެޕްރީލް 2025 - 14:28
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބާ "ސޭފް ހޯމް" ފެސިލިޓީއެއް ތަރައްގީކުރަން ސަރުކާރުން 31 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފި އެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން މި ބިން އެޗްޑީސީން ވިއްކާފައި ވަނީ ފެމިލީ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ހުޅުމާލޭ ލޮޓް ނަމްބަރު 11707 (A2-1) ގެ ބިން 31.5 މިލިއަން ރުފިޔާއަށް ފިނޭންސް މިނިސްޓްރީއަށް ވިއްކުމަށް އެޗްޑީސީން ހުށަހަޅާފައިވާ މައްސަލާގައި ކޯޓުން ކުރި ހުކުމްގައި ވަނީ މިނިސްޓްރީން އެ ފައިސާ ދައްކައި އެއްކޮށް ހަލާސްކޮށްފައިވާތީ އެ ބިމުގެ މިލްކުވެރި ފަރާތަކީ މިހާރު މިނިސްޓްރީ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ގަނެފައި ވަނީ 10،000 އަކަފޫޓުގެ ބިމެކެވެ.
ސޭފް ހޯމްއަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ދައުލަތުގެ ބެލުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭން ހަދާ ތަނެކެވެ.
މިއީ 2022 ގައި ރާއްޖެ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިފައިވާ އެހީއެއްގައި އަޅާ ތަނެކެވެ.
ހުޅުމާލޭގެ އިތުރުން އައްޑު އާއި ރ. އުނގޫފާރުގައި ވެސް ސޭފް ހޯމް އެޅުމަށް އޭރު އޮތީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާމްކަލޭފާން
12 April 2025
މިއީކީ ފަހަރެއްގައިވެސް ޖަރީމާއެއް ހިންގުމެއްނޫނެވެ. ފިނޭންސް މިނިސްޓްރީއިން އެޗްޑީސީއަށް ލާރިކޮޅެއް ވައްދާފަ އެ ވަކިގޮތަކަށް ނާނބުރާނެކަން ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެނގޭނެއެވެ. ފައިސާ ހަރަދުކޮށްގެން ހިއްކާފައޮތް ބިމަކަށްވުމުން ރައްޔިތުންނަށް ހިލޭ ގޯތިތައް ބަހާލިނަމަވެސް ސަރުކާރުގެ ބޭނުމަށް ބިން ޖެހޭނީ ގަންނަންކަންނޭނގޭ ބަންގާޅީއަކުވެސް ނޫޅޭނެއެވެ. މިވަރު އިހްލާސްތެރި ސަރުކާރެއް ދުނިޔެއިންވެސް އަދި ނުދެކެއެވެ. ސުކުރިއްޔާ ރައީސް.
ސަނީސައިޑްބޮންޑް
11 April 2025
ނާދެން އެޗްޑީސީއަށް ތިލިބުނީއަނެއްކާވެސް ސްޓާފް ހައުސިންގް ސްކީމްއެއް ހިންގާލާނެފައިސާކޮޅެއް.
ބތވފ
11 April 2025
އަޅެ ރަށެއް ތިތަން އަޅާފަ، މާލެނޫން ތާކުން ވަޒީފާއެއް ދެވޭތޯ އުޅެބަލަ..
ތަނުގެ ބޭނުމާ ތަން ބޭނުންކުރާނެ މީހުންނަށްވެސް ވިސްނަން ޖެހޭ
12 April 2025
ޢެތަނުން ރައްކާތެރިކަަން ޙޯދަންދާ މީހުންނަ ވަޒީފާއާއި ތައުލީމުގެ ފުރުސަތުތައް ފަސޭހައިން ލިބޭ ތަނައްގައި އެ ތަން އެޅީމަ ދޯ ރަނގަޅުވާނީ. ފިރިސޮރު އަނިޔާކުރާތީ ދަރިފުޅަށް ބޭނުންވާ މަތީތައުލީމު ނުލިބޭ ރަށެއްގައި ހުރު ތަނަކަށް ބަދަލުވާން މައިން ފަސްޖެހެނެ.
މުޑަހަންޖާ
11 April 2025
ތިރަށުގައި ސަރުކާރުން ހަދާ ކޮންމެތަނަކަށް ރަށުއޮފީހަށް ތިވަރަށް ފައިސާ ދައްކަންޏާ އެހެންރަށްރަށަށްވެސް ތިގޮތަށް ފައިސާދިނުން ހަމަހަމަގޮތަކީ.
ޏަނާ
11 April 2025
މީ ކޮންގޮތަކަށް ތަރުތީބުވެ ހިނގަމުން އަންނަ ޤައުމެއްބާއޭ މަ ހިތަށް އަރާ! ބަޔަކަށް ގޯތި ދޭންށޭ ކިޔާފަ އެތައް މިތަން ހިތުހުރިހާ ގޮތަކަށް ހިލޭ ބަހާލާފަ ސަރުކާރު އިމާރާތެއް ހަދަން ބިން ގަންނަން މި ޖެހެނީ!