އައިޔޫއެމްގެ ސަނާބިލް ބިލްޑިން އެޅުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ
12 އެޕްރީލް 2025 - 19:30
އިސްލާމީ ޔުނިވާސިޓީގެ ސަނާބިލް ބިލްޑިން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު ވަނީ މަޝްރޫއު ފައްޓަވައިދެއްވުމުގެ ގޮތުން ކޮންކްރީޓް އަޅުވައިދެއްވައިފަ އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ސަނާބިލް ބިލްޑިންއަކީ އެ ޔުނިވާސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގާ މަޝްރޫއެކެވެ. އެ އިމާރާތް އަޅަނީ ހުޅުމާލޭގަ އެވެ.
އެ މަޝްރޫއުގެ ދަށުން ޔުނިވާސިޓީގެ ބިމެއްގައި ހަތް ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެ އިމާރާތުގައި އޮފީސް ސްޕޭސްތަކާއި ފުޑް ކޯޓާއި މީޓިން ރޫމްތަކާއި އޮޑިޓޯރިއަމް އަދި ކޮމާޝަލް ޕާކިން ޖާގަތައް ހިމެނެ އެވެ.
އެ މަޝްރޫއަކީ އިސްލާމިކް ފައިނޭންސްގެ ސުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން އިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގާ އެންމެ ފުރަތަމަ މަޝްރޫއު އެވެ.
މި މަޝްރޫއު ހިންގުމަށް ރާއްޖޭގެ ކެޕިޓަލް މާކެޓްގައި އެއް މަސްދުވަހުގެ މުއްދަތަށް އައިޔޫއެމްގެ ސުކޫކު ސަބްކްރިޕްޝަންއަށް ހުޅުވާލީ އޮގަސްޓް، 2024 ގައެވެ. އަދި އެ މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކުރީ ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް އިސްލާމިކް އިންނެވެ. އެ މަޝްރޫއު ފެށުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓެއްގައިވަނީ އެ މަޝްރޫއުއަށް ފައިސާ ނުލިބި އެތައް އަހަރެއް ވެފައި ވަނިކޮށް ރައީސްގެ އިސް ނެންގެވުމުގެ ދަށުން ބީއެމްްއެލް އިސްލާމިކް އިން އެ މަޝްރޫއުއަށް ފައިސާ ހަމަޖެހިގެން ދިޔުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ.
އެ އިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސް ދުވަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވެލި
13 April 2025
އައިޔޫއެމް ގައި ޖުމްލަ އުޅެނީ ކިތަށް ކުދިން ބާ؟ އެތަނުން ކީއްވެބާ ގައުމީ ޔުނިވަރސިޓީ އިން ހިންގާ ކޯސްތަށް ހިންގަނީ؟
އަބްޑޫޅް +
13 April 2025
ހަތް ބުރި އަކީ ކުޑަވަރެއްގެ ޖިފުޓިއެއް ދޯ؟
ޔުނިވާރސިޓީ އުސްތާޛު
13 April 2025
އެޗް.ޑީ.ސީން ހުއްދަ ދޭ ވަރަކަށްދޯ ޢިމާރާތް ކުރެވޭނީ، އިތުރަށް ޢިމާރާތް ކުރަން ބޭނުމިއްޔާ އިތުރަށް ފައިސާ ދައްކަންޖެހޭނެޔޯ އެޗް.ޑީ.ސީން ބުނީ. އެކަމަކު މިއީ އަމއިްލަ ބިމެއް، ފައިސާ ނެތިގެން ދޯ ސުކޫކު ވިއްކަން ޖެހުނީ
ސަނާބިލް
13 April 2025
ތިޔަތަނަށް ސަރުކަރުގެ ވަރަށް ގިނައިމާރާތްތައް ބަދަލުކުރެވިދާނެ . މިސާލަކަށް އެންސްޕާ , ޓެކްސް އެޕީލް ޓްރައިބިއުނަލް ފަދަ ތަންތަން. މިތަންތަނުން ކުލީގެ ގޮތުގައި މަހަކު ތިންލައްކަވަރު އާންމު ވަކި ފަރުދުނއނަށް އެބަދައްކާ. އޭގެ ބަދަލުގައި މިފަދަ ތަނަކަށް އެފައިސާ ވަންނަނަމަ, އޭގެ ފައިދާ ޔުނިވަރސިޓީއަށާއި, ދަރިވަރުންގެ ޚިދުމަތުގެ ފެންވަރު މަތިކުރަން ހޭދަކުރެވޭނެ!
ބަބްސް
13 April 2025
ލިބޭ ޓެކްސް ލާރިގަނޑުން ސިޔާސީންނަށް މުސާރަ ދީފަ ބާކީއެއް ނުވެ. ދެން މާލޭ ސަރަހައްދަކީ ރިޔަލް ސްޓޭޓުގެ ގޮތުން ދުނިޔޭގެ ފެންވަރުގައިވެސް އެންމެ އަގުބޮޑު ސަރަހައްދު. ދުވަސް ކޮޅަކުން އަޑުއިވޭނެ އާސަންދައިންވެސް ބިމެއް ހޯދައިގެން އާމްދަނީ އިތުރު ކުރާ ވާހަކަ.
އަބްޑޫޅް +
13 April 2025
ރިޔަލް ސްޓޭޓު އަކީ ކޯންޗެއްތަ؟ ބަލަ، އެއީ ރިޔަލް އެސްޓޭޓު. އިނގިރޭސި ދަސްކޮށްގަ.
ދަގަތްފާނު
13 April 2025
އާމްދަނީ ހޯދަން ކަންނެލިދޯންޏެއް ހޯދާފަ މަހަށް ފޮނުވުން މާރަނގަޅުވާނެ. ނޫނީ ރުނބާބިލު ކިޔާފަ ހާޑުވެއާ ފިހާރައެއް ހުޅުވުން ކިހިނެއްވާނެބާ.
އޮނަރަބްލް އަފީފު ދީދީ
13 April 2025
ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މިނިވަން މުއައްސަސާ ތަކުގެ އޮފީހާއި ސަރުކާރު އޮފީސް ތަކާއި ހުރިހާ ސުކޫލް ތަކާއި ހޮސްޕިޓަލް ތައް އަދި ކާޑު ގުދަނާއި ތެޔޮތާނގީ އަށް ދާންދެން މާތްވެގެންވާ ތިޔަ މުޤައްދަސް ރަށްކޮޅުގައި ހަދަނީ ތުރާކުނުން އައްޑުއަށް ހިމެނޭ ރާއްޖޭގެ ރަށްތަކުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށް ކުލީ އަޅުންގެ ގޮތުގައި ކ.އަތޮޅު މާލެއަށް ޖަމާކޮށް ތިރަށުގެ ލޯކަލް ޓްއަރިޒަމްގެ ވިޔަފާރި ފުޅާކުރަންވެގެންކަން އަހަރުމެނަށް އިގޭ.
އަބްޑޫޅް +
13 April 2025
ދީދިއްޔައު، ދީދިއްޔައު، މިހާރު ރާއްޖެ އަކު ނޯވެޔޭ، "އައްޑޫ" ކިޔާ ރަށެއް. ކުރިން އައްޑޫ ކިޔުނު ފަޅުރަށާއި ގަމާ ދޭތެރޭ އޮތް ހަނި އޮޅި ހިއްކައި، އައްޑުއާއި ގަން އެއްފަސް ކުރީ އިނގިރޭސީން އައްޑު އަތޮޅުގައި ތިބި ދުވަސްވަރު. އޭގެ ފަހުން އައްޑޫ ކިޔުނު ރަށް، ކީރިތި މަހާރަދުންގެ ހުއްދަވިދާޅި ބަސްފުޅަށް، ދައުލަތުން އުވައިލައްވައި، ދިވެހިރާއްޖޭގެ އެންމެ ދެކުނު ރަށަކީ، އައްޑު އަތޮޅު ގަން ކަމުގައި އަމުރުކުރައްވައި، ފަތްތޫރަ ހިންގެވީ.
ޗަރުކޭސް
12 April 2025
އަލީ ޒާހިރުމެންގެ ލަދު ކޮބާ؟
ބަބްސް
13 April 2025
އަލީ ޒާހިރު ކޮންކަމަކާތަ ލަދުގަންނަންވީ ...
ކަމަކުނުދޭ
12 April 2025
އެއް މާލިއްޔަތެއްގެ ދަށުގައި ހުންނަ ހުރިހާ ތަނަކުން ހުރިހާ ކަންތައް ކުރުމަކީ އިސްރާފު ބޮޑު ގެއްލުން ބޮޑު ވިސްނުމެއް. ޔުނިވާސިޓީންވެސް ރިއަލް އެސްޓޭޓް، އެމްޓީސީސީންވެސް ރިއަލް އެސްޓޭޓު. ކޮންމެ އޮފީހެއްގައި ރިއަލްއެސްޓޭޓް ހިންގަން ބޮޑު ލޮޖިސްޓިކެއް. އެއައްވުރެ މާ ފައިދާވާނެ އެކަމަށް ވަކިން ކުންފުންޏެއް ހަދާފަ ލިބޭ ފައިދާއިން މިތަންތަނަށް ޚަރަދު ކުރިޔަސް. ދައުލަތުގެ ހުރިހާ އޮފީހަކަށް ޑައިރެކްޓްކޮށް ފައިސާ ވަންނާކަށް ނުޖެހޭ.
ޢިހްސާ
12 April 2025
ހުޅުމާލޭގައި ކެމްޕަސްއެއް ނެތްތަ އެޅުމެއް؟
އިސްމާލު2.0
12 April 2025
ސުކޫކް ލިސްޓުކުރުމުން އެއްވެސް މީހަކު ނުގަތް އެއްޗެއް ބޭންކް އޮފް މޯލްޑިވްސް އިން ގަތީ ކީއްކުރަން؟