އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއް ތެރެއިން: ކޮންގްރެސް ބާއްވަން ވަނީ ފާސްކޮށްފައި
12 އެޕްރީލް 2025 - 22:15
މި އަހަރުގެ އޮގަސްޓް މަހުގެ ކުރިން އެމްޑީޕީގެ ކޮންގްރެސް ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ޓީވީތަކުން ލައިވްނުކޮށް މިރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގައި، އޮގަސްޓް މަހުގެ ކުރިން ކޮންގްރެސް ބާއްވަން ފާސްކުރީ އެ ޖަލްސާގައި ބައިވެރިވި 75 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ބެލެވޭ ގޮތުގައި އެމްޑީޕީން ބާއްވަން ތައްޔާރުވަމުންދާ އެ ކޮންގްރެސްއަކީ އަންނަ ރިޔާސީ އިންތިހާބާ މެދު ގޮތެއް ކަނޑައަޅަން ބާއްވާ ކޮންގްރެސްއެކެވެ.
ކޮންގްރެސް ބޭއްވުމަށް އެމްޑީޕީ ތައްޔާރުވެފައި ވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ރިޔާސީ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަކުރައްވަން މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.
އެނގިފައިވާ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ވަނީ އެކަން ގާތް ބޭފުޅުންގެ އަރިހުގައި އިއުލާން ވެސް ކުރައްވައިފަ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހު އަލުން އިންތިހާބަށް ނުކުންނަވަން ޝައުގުވެރިކަން ފާޅު ކުރައްވާފައިވާއިރު، އެމަނިކުފާނަށް އެންމެ ފުރަތަމަ އެމްޑީޕީގެ ރިޔާސީ ޓިކެޓް ވެސް ލިބިވަޑައިގެންނެވީ ކޮންގްރެސްއަކުންނެވެ.
އޭރު 2018 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ދޮރު ބަންދުވެފައިވާތީ، އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްއިން ފާސްކުރީ އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓް ދިނުމަށެވެ.
އޭގެފަހުން ރިޔާސީ ޕްރައިމަރީއެއް ނުބާއްވާ ދެވަނަ ދައުރަކަށް އެމަނިކުފާނަށް ޓިކެޓް ދޭން ވެސް ނިންމީ ކޮންގްރެސް ބައްދަލުވުމެއްގަ އެވެ.
ރިޔާސީ އިންތިހާބަށް އެމްޑީޕީގެ އެތެރޭގައި ވާދަވެރިކަން ބޮޑުވެފައިވާއިރު، ކުރީގެ ރައީސް ނަޝީދު ވަނީ ގައުމަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް ޕާޓީއަށް ވެސް އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ އެކުވުމުން ކަމަށް ވިދާޅުވެފަ އެވެ. އަދި ނަޝީދުގެ އަރިސް ބައެއް ބޭފުޅުން މިހާރު ވެސް ވަނީ ޑިމޮކްރެޓްސް ދޫކުރައްވައި، އެމްޑީޕީއާ ގުޅިފަ އެވެ.
ނަޝީދުގެ މި ގޮވާލެއްވުމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒު މަރުހަބާ ވިދާޅުވެފައި ވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާތަނަށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އަދި އެ ދެ ރައީސުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ނަޝީދު މަސައްކަތް ކުރެއްވީ އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލްޓިކޯ
13 April 2025
އިންތިޚާބް ވަރަށް އުދަގޫވާނެ ރައިސް މުއިއްޒު ޓާރގެޓް ހިފާފަހުރީ އެމަނުކުފާނުގެ ފަސް އަހަރުގަ 5000ފުލެޓް އަޅާފަ ނިއްމާ ރައްޔިތުންނާ ހަވާލު ކޮށްފަ ބުރިޖް ނިންމާފަ ރަގަޅު ރިޒާވަކާ އެއްކޮށް އިންތިޚާބާ ކުރިމަތިލާން ކަމަށް ޚުދިޕާރޓީ މީހުން އެބަކިޔާ މިހެން ޝައްކު އުފެދުއްޖެ ތިބޭފުޅުންގެ ޕާރޓީ މީހުންނަށް
މަކަރާ ކެއުން
13 April 2025
ބޯގޯސް ވެފަ މިތިބީ އާ މީހަކު ޓެސްޓު ކޮށްލަން ވެރިކަމަށް ގެނަވުނީތީ! ދެން ހޯހޯ ދެނެއް ޑރ ލަގަބަކަސް މިހާލަތުން އަރާގަތުމަށް ތިޔަ ބުނާ ޑރ އާއި ގައުމުގެ ވެރިކަން ހަވާލުކުރެން ނެތް. ވާވަރު ވެއްޖެ. ކަމެއް ނުވާ ތަނުގަ ސިޔާސީ މަގާމެއް ދިނަސް ހަފްތާއެއް ފަހުން ޓްވިޓާރގައި ތިބުނާ ޑރ އިއުލާން ކުރަނީ 400 ސިޔާސީ މީހުން މަދު ކުރާނަމޭ، ޖެހިގެން އަންނަ ދުވަހު ގެންގޮއްސަ ބުނަނީ 10 ފޯމް ޕާޓީއަށް ފުރާގެން އައިމައޭ ނުކަނޑާނީ. މިހާ މަކަރު ވެރިކަމެއް ނާދޭ އަދިއެއް.