ފައްޔާޒު: ދުނިޔޭގައި ހުރިއްޔާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު
25 ޖޫން 2025 - 16:09
އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނެ ކަމަށާއި އަދި އެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާ ޕާޓީއެއް ކަމަށާއި އެހެންވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ކަނޑައަޅަން ވެސް ޕްރައިމަރީ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީގެ ހާއްސަ ކޮންގްރެސްއެއް އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބާއްވަން ގައުމީ މަޖިލީހުން ފާސްކޮށްފައި ވާއިރު، އެ ކޮންގްރެސް އާއި ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމާ ގުޅުމެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ޕްރައިމަރީން ކަނޑައަޅާ ކެންޑިޑޭޓް ހައްޔަރުކޮށް، ޖަލަށްލައި ނުވަތަ ޕާޓީގެ ލީޑަޝިޕްގެ އެހެން ބޭފުޅުން ޖަލަށްލާ ހާލަތެއްގައި މެނުވީ ކޮންގްރެސްއިން ރިޔާސީ ކެންޑިޑޭޓެއް ކަނޑަނާޅާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ މީގެކުރިން ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި، ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން މިއަދު ނޫސްވެރިޔަކު ސުވާލު ކުރުމުން ވެސް ވިދާޅުވީ އަދިވެސް ހުންނެވީ އެގޮތަށް ކަމަށެވެ.
"މާތްﷲގެ އިރާދަފުޅުން ދުނިޔޭގައި ހުރެއްޖެނަމަ ކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ހާމަކަން ބޮޑު ގޮތަކަށް ޕްރައިމަރީގައި ވާދަކުރާނެ އިއުލާންކޮށްގެން އުޅެނީ އޭނާ އެކަނި ކަމަށާއި އެހެންކަމުން މިހާތަނަށް ގޮންޖެހުމެއް ނެތް ކަމަށެވެ.
އެ ސުވާލު ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާ އަމާޒުކުރުމުން އޭނާ ސާފު ޖަވާބެއް ނުދައްވަ އެވެ. އޭނާ ވިދާޅުވީ މިވަގުތު ފޯކަސް އޮތީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު ޕާޓީއަށް ކާމިޔާބުކޮށްދޭން ކަމަށެވެ.
"އަޅުގަނޑުގެ ފޯކަސް އޮތީ 2026 އަށް. އެމްޑީޕީން އިއުލާން ކުރާނެ ޕްރައިމަރީއަށް. ކުރީމަ ނޫންތޯ އެހާ ހިސާބުން ނޫންތޯ އެކަމާ ގުޅޭގޮތުން މީހުން އެއްޗެއް ބުނެ އުޅެނީ،" ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ފައްޔާޒު މިއަދު ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ގާތް ބޭފުޅުން މެދުވެރިކޮށް އިއުލާން ކުރައްވައިފަ އެވެ.
އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބު ވެވަޑައިގަތް އިބޫ ދެވަނަ ދައުރެއް ހޯއްދަވަން އަނެއްކާވެސް އިންތިހާބަށް ނުކުމެވަޑައިގަންނަވާނެކަން އިއުލާން ކުރެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެކަން އިއުލާން ކުރެއްވުމުންނެވެ.
ނަޝީދު ވެސް ވަނީ ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެމަނިކުފާނު ވަނީ އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުންގެ ހިޔާލު ހޯއްދަވައިފަ އެވެ. އަދި ދެއަހަރު ޕާޓީން ވަކިވެ ވަޑައިގެން ހުންނެވުމަށްފަހު މިދިޔަ ހޯމަ ދުވަހު އެމަނިކުފާނު ވަނީ އަލުން އެމްޑީޕީއަށް ސޮއި ކުރައްވައިފަ އެވެ.
އިބޫއަށް މިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވެވަޑައިގަތީ ނަޝީދާއެކު އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި އެ އިންތިހާބުގައި ނަޝީދު ވާދަ ނުކުރެއްވިޔަސް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްތިހާލް 1999
26 June 2025
ކުޑަކޮށް މީހުންނަށް އިހްތިރާމްކޮށްގެން އުޅެން ދަސްކުރީމަ ހީވަނީ ރަގަޅުވާނެހެން.
ގުދަނު
26 June 2025
މިހާ ރުންކުރު މީހުންނަށް ވެރިކަން ކުރެވޭތޭ!!
ޢޭނާ
26 June 2025
ފައްޔާޒު ތިއުޅުއްވަނީ އަވާމެންދުރެއްގަ
ޢެޓޮމް
26 June 2025
ނަޝީދުވަރެއް ނެތް އެއީ ހަމަ މުތެއް
ހަމްދާ
26 June 2025
ނުދޭނަން ވޯޓެއް.
ގެދޮރޭ
26 June 2025
ވަކި ޕާރޓީއަކަށް ނިސްބަތް ވާ މީހަކީިމެއް ނޫން. އަޅުގަނޑުގެ ސުވާލަކީ ގައުމު ދޮވެލަނީ އެމް.ޑީ.ޕީ ވެރިކަން ކުރާއިރު އެކަނިހެއްޔޭ. ކޮބައިބާ އަދީބު ނެގި ލާރިގަނޑު? ނުހޯދޭ. ނުވެސް ހޯދޭނެ. ހޯދާކަށް ނުވެސް އުޅޭ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރަން ބަޔަކު ނުކުތީވެސް ސަރުކާރުތެރެއިން އެމީހުން ކާން ބޭނުންވާ ވަރަށް ކެވޭނެ މަގު ތަނަވަސްކޮށް ނުދިނީމާ އެކަމުގެ ނުތަނަވެސް ކަމުގަހެން މިހާރު ހީވޭ. ނަޝީދު އެއީ ހަމަ ނަންބަރު 1. ދީނޭ ނުކިޔާ. އެއީ އެންމެންވެސް ދައްކާ ދަޅައެއް.
އޭނާއޭ
26 June 2025
އޭނަގެ ވެރިކަމުގަވެސް ރަށްރަށާ ފަޅުތައް ބެހި. ލިބުނު ބަޔަކަށް ލިބުނީ ނުލިބޭ ބަޔަކަށް ނުލިބެނީ. އެކަމުގަ ވަކި ނަޝީދު އިސްތިސްނާ ނުކުރެވޭނެ. 2. ދީނޭވެސް ކިޔާނަން. ސަބަކީ އެހާ ފާޅުކަން ބޮޑުކޮށް ދީނ ތަޢާރުޒުވެ، ދީނުގެ އަދުއްވުންގެ ޓޯކިން ޕޮއިންޓުތައް ރިޕީޓު ކުރިމީހަކު ރާއްޖޭގެ ސިޔާސީ މައިދާނުގެ މި ލެވެލްގަ ނެތުން. މިއޮށްހާ ޚާއިނުންގެ ތެރެއިންވެސް ޚިޔާނާތާއި ޣައްދާރީގައި ވަނަ ހޯދާ ބެޖު ޖަހައިގެން ހުރި ބޮޑު ދުއްޕާނެއްގެ ވާހަކަ ތި ދައްކަނީ
ރިއަލިސަމް
25 June 2025
1. އަންނި 2. ޝާހިދު 3. އިބޫ 4. ފައްޔާޒް
ވާންޗޯ
25 June 2025
ބާރަ ބާރަ ކުރިޔަ، މެކުހަ، މި އޮޑި ނުފެތޭނެޔަޭ
މިވެރިން.
25 June 2025
ކޮންފިޑެންސަކީ ފާޑެއްގެ އެއްޗެއް. ބައެއްފަހަރު ރައްޓެހިން ކުރާ އާދޭހަކަށް އަޖުމަބަލާމީހުންވެސްތިބޭ އަނެއްބައި މީހުން ލަދެއްނެތި ކުރިމަތިލާ. ފައްޔާޒު ޖަސްޓް ޓެސްޓިންދަ ވޯޓާރ (ނޯ ޕަން އިންޑެންޑެޑް)
މުލޭ
25 June 2025
ފައްޔާޒަކީ ވެރިކަން ކުރެވޭނެ ގާބިލުކަމެއް ހުރި މީހެއްނޫން. ޙިކުމަތްތެރިންނަށް ވެރިކަން ކުރެވޭނީ. ޙިކުމަތްތެރިންނަނީ ޖަޒުބާތުގައި ޖެހޭ ބައެއްނޫން. އަންނިއާއި ފައްޔާޒަކީ ޖަޒުބާތުގައި ތިބެ ގޮތް ނިންމާ މީހުން. ކެތްތެރިކަމެއް އަމުދުން ނުހުންނާނެ. އެހާ އަވަހަށް ރުޅި އަންނާނެ. ހަރުދަނާކަމެއް ނުހުންނާނެ. މިކަހަލަ މީހުންނަށް ވެރިކަމެއް ނުކުރެވޭނެ. މިފަހަރު ޝާހިދު ހުރީ ކިރިޔާވެސް ހަރުދަނާ މީހަކަށް.