ޚަބަރު / އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރި

ޓިކްޓޮކް މެދުވެރިކޮށް ފައިސާ ލިބޭނެ މަގުތައް ހޯދަން މަޝްވަރާކޮށްފި

އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުން، ޓިކްޓޮކްގެ އިސް ވަފުދަކާ އެކު މަޝްވަރާ ކުރައްވަނީ.

ރާއްޖޭގައި ވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލު ޓިކްޓޮކުން ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެކްސްގައި އިކޮނޮމިކް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެ އައިސްފައިވާ ޓިކްޓޮކްގެ އިސް ވަފުދަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ މަޝްވަރާތަކުގައި ވަނީ ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ޓިކްޓޮކްއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްވަރާތައް ޓިކްޓޮކާ އެކު ކޮށްފައި ވަނީ ކުރިއަރަމުން އަންނަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅެކެވެ.

ޓިކްޓޮކް ވީޑިއޯ ހަދާ މީހުންނަށް މިހާރު ވެސް އެއިން އާމްދަނީ ހޯދެ އެވެ. ޓިކްޓޮކްގެ "ކްރިއޭޓާ ފަންޑުން" ފައިސާ ދެނީ ވީޑިއޯތައް މަޝްހޫރުވާ ވަރަށް ބަލައިގެން، އެ މީހުން ބޭނުންވާ އުފެއްދުންތެރިންނަށް އެކަންޏެވެ. އަދި ލައިވްތަކަށް އަރައިގެން ވެސް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ލިބެ އެވެ. ރާއްޖޭގައި ވެސް ބައެއް މީހުން ގެންދަނީ އެ މަގުން އާމްދަނީ ހޯދަމުންނެވެ.

42 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 42%
icon wow icon wow 8%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިގަންނަގުރާ

15 April 2025

މީތަ މިހާރު ނުވެ އޮތްކަން؟ ޓިކްޓޮކް ހަދާ މީހުން މޮނެޓައިޒް ކުރީމަަ ލިބޭ ޑޮލަރު ބޭންކިން ނިޒާމަށް ވަންނާނެ؟. ނުވަތަ ބްލެކް މާރކެޓް އިތުރަށް ތަރައްގީތޯ ވާނީ؟ ވިޔަފާރިތަކުން މިހާރުވެސް އުޅެނީ އަސާސީ މުދާ ގަންނަން ބޭންކުތަކުން އިންވޮއިސްތަކަށް ޑޮލަރު ނުވިއްކައިގެން ބޮޑު އަގު ދީފަ ބްލެކުން ޑޮލަރު ގަންނަން ޖެހޭތީ. މިކަން ޙައްލު ކުރެވޭނެ ރޯޑްމެޕެއް ހަމަ ނެތް؟ ސަރުކާރުން ވިޔަފާރިތަކަށް ދޭން ހުރި ފައިސާވެސް ނުދޭ 'ވަރަށް ދައްޗޭ' ކިޔާފަ.

The name is already taken The name is available. Register?

ފުރޭތަ1

15 April 2025

ހަމައެކަނި ފަންކާވެސް އެއީ ވަރަށް ފައިސާ ލިބޭނެ ކޮޅެއް

The name is already taken The name is available. Register?

ޙހދދސ

15 April 2025

ނޫސްވެރިން ނިކަން ފޮލޯއަޕްއެއް ހަދާލަބަލަ ޕޭޕަލްގެ ކަންކަން އުޅޭ ހިސާބެއްގެ

The name is already taken The name is available. Register?

ހާސަރު

15 April 2025

އެމީހުން އެތިބީ ކޮސްވެފަ ކުރިމަތީގައި އަތުރާލާފަ ހުރި ލެޕްޓޮޕްތައް ގިނަކަމުން!

The name is already taken The name is available. Register?

ބޭކާރު ހަރަދު

15 April 2025

އޮކޮނޮމިކު މިނިސްޓްރީން ދައުލަތުގެ ފައިސާ އިގްތިސާދު ކުރާވަރު އެފެންނަނީ. ދެ މެކްބުކް ދެން 3 ސާފޭސް ޕްރޯ. ބޭކާރު ހަރަދު. ބޭނުންކުރާނީ ހަމަ ވޯޑް އެކްސެލް. ޔަގީނޭ އަސްލު ޓެކްނިކަލް މަސައްކަތް ކުރާ އާދައިގެ ސްޓާފުންނަށް ހުންނާނީ ކަޑަ ލެޕްޓޮޕްކަން ދީފަ. ދެން މިކިޔަނީ ހަރަދު ކުޑަ ކުރަން، މަސައްކަތްތައް ނިންމަން. ކިހިނެތް މި ހަމަ ޖައްސާނީ.

The name is already taken The name is available. Register?

މުގޮށި6މީދާ

15 April 2025

މިރަށު ޓިކްޓޮކް ސްޓާރުންނޭ ކިޔާމީހުންގެ ތިބެނީ ތިރީހަކަށް ފޮލޯވަރުން. ވިއްސަކަށްމީހުން ވިއުކޮށްފިއްޔާ އެދެން ވައިރަލްވީ.

The name is already taken The name is available. Register?

ޓިކީ

15 April 2025

ޓިކްޓޮކް ގައި އެބަހުރި ވަރަށްގިނަ ހަމައެނި ކީތިރި ޤުރުއާން ގެނެސްދޭ އެކައުންޓް ތަޢް. އަދި އެބަހުރި އިސްލާމް ދީން ކުރިއަރުވަން މަސައްކަތް ކުރާ އެކައުންޓް ތަޢް. އދި ވަރަށް ގިނަ މަސްކަތާއި ކަންކަން ދަސްކޮށްދޭ އެކައުންޓް ތަޢް. މިފަދަ އެކައުންޓް ތަޢް ހިންގީމަ، އެ ހިންގާ ފަރާތައް ފައިސާލިބޭގޮތަށް އޮންނަ ޕްރޮގްރާމެއްގެ ވާހަކަ ދައްކަނީ. މީގެ އިތުރުން ވިޔަފާރި ޕްރޮމޯޓް ކުރުމަށް ވަރަށް ކީމިޔާބު ޕްލެޓްފޯމެއް.

The name is already taken The name is available. Register?

-ނިގުލަށް

15 April 2025

ތިގޮތަށް ޔޫޓިއުބު އާއި ފޭސްބްކުވެސް މަނިޓައިޒްކުރި.

The name is already taken The name is available. Register?

ބޮޑުބެގެ ބެއްޔާ

15 April 2025

ސިނގިރޭޓަށްވުރެ ނުބައި ވަބާއެއް ޓިކްޓޮކަކީ. އޭގަ އެތައް ޒުވާނުންނެއްޖެހި ޖީލެއް ހަލާކުވެއްޖެ.

The name is already taken The name is available. Register?

އަހަންމަދާ

15 April 2025

އެއީ ނުބައިކޮށް އެ ބޭނުންކުރާތީއެއްނު. އިންޓަނެޓް ކަނޑަންވީނުން

The name is already taken The name is available. Register?

ރަނގަޅާއިނުބައި

15 April 2025

ކޮފީ މީ ވަކި ދެރައެއްޗެއްނޫން. ކޮފީ މޭޒުދޮށުގައި ދުވާލަކު 5 ގަޑިއިރު 6 ގަޑިއިރު ހޭދަކުރޭ. ކޮފީ މަނާ ކުރަންފެނޭ.

The name is already taken The name is available. Register?

ސލ ސރކރ

15 April 2025

ޓިކްޓޮކް އިން މިހާރު ވެސް ދިވެހިން ދަނީ ބޮޑު އާމްދަނީއެއް ހޯދަމުން! އިކޮނޮމިކްސް މިނިސްޓްރީ މީހުން ކުރާނެ ކަމެއް ނެތިގެން އުޅޭ ވައްތަރު މިޖަހަނީ!

The name is already taken The name is available. Register?

އަހަންމަދާ

15 April 2025

ޓެކްސް ނުލިބެއޭ އެނެގޭނީ އެމީހުންނާ ގުޅިގެން ދޯ. ބޯ ހުންނަނީ ފުނާ އަޅަންތަ

The name is already taken The name is available. Register?

ސަމްސު

15 April 2025

ކަލޭމެން ފެނޭ އަލްހާނު ފަހުމީގެ ޕޮންޒީ ސަކީމް ހިންގީމަ އޭނާއަށް ފިޔަވަޅު އަޅަން އެދެންވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454