އަހުމަދިއްޔާ އިންޓަނޭޝަނަލް.--. ފޮޓޯ: ފަޔާޒް މޫސާ | މިހާރު
16 އެޕްރީލް 2025 - 10:19
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހިންގުމާއި މާލީ ކަންކަން އޮޑިޓް ކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.
އެ އޮފީހުގެ އޮފިޝަލަކު ވަނީ އަހުމަދިއްޔާ ސްކޫލް އޮޑިޓު ކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ އާދިއްތަ ދުވަހު ހުށަހަޅުއްވާފައިވާކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި، "މައްޗަންގޮޅި އަވަށު މަދަރުސާ" ގެ ގޮތުގައި ކުރިއްސުރެ އެންމެންގެ މެދުގައި މަޝްހޫރު އަހުމަދިއްޔާ ސްކޫލު އޮޑިޓު ކޮށްދިނުމަށް އެދުނީ، އަވަށު މަދަރުސާއެއްގެ ގޮތުގައި ހިންގާ ސްކޫލެއް، އިންޓަނޭޝަނަލް ފެންވަރުގައި ހިންގިދާނެތޯ ބައެއް މީހުން ސުވާލު އުފައްދާތީ އެވެ.
އަހުމަދިއްޔާ ވެސް ފުރަތަމަ ވުޖޫދުވީ އަވަށު މަދަރުސާއެއްގެ ގޮތުގަ އެވެ. އެހެންވެ، މާލެ މުނިސިޕަލްޓީގެ ދުވަސްވަރު ވެސް އަހުމަދިއްޔާ ސްކޫލް ހިންގުމުގެ ކަންތައްތަކުގައި ހަރަކާތްތެރިވެ، އެކި ގޮތްގޮތުން އެހީތެރިކަން ދިނެވެ، އެކަމަކު، ފަހުން، ސިޓީ ކައުންސިލް އުފެދުނު ފަހުން، އަހުމަދިއްޔާ ސްކޫލު ބެލެހެއްޓުމުގެ އިސްފަރާތާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.
އެކަމަކު، ސިޓީ ކައުންސިލުން މިހާރު ވެސް އަވަށު މަދަރުސާގެ ގޮތުގައި ހިންގާ މާފަންނު މަދަރުސާ އާއި ގަލޮޅު މަދަރުސާގެ ކަންކަމުގައި ބައިވެރިވެ އެވެ.
އެނގިފައިވާ ގޮތުގައި އަހުމަދިއްޔާ ސްކޫލުގެ މައްސަލަ ހައްލުކުރަން މިދިޔަ ސަރުކާރުގައި ވެސް މަސައްކަތްކުރި އެވެ. އެކަމަކު، އެކަން ކޮޅެއްގައި ނުޖެހުނެވެ.
އެ ސްކޫލު ހިންގުމުގައި މިނިސްޓްރީގެ ސީދާ ބައިވެރިވުމެއް ނެތަސް އަހުމަދިއްޔާގައި އިމްތިހާނު ހަދާ ކުދިންނަށް، އަމިއްލަ އެހެން ސްކޫލުތަކޭ އެއްގޮތަށް ކޮންމެ އަހަރަކު ވެސް ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެ އެވެ. އަދި ދައުލަތުގެ ބިމަކަށް ވާތީ އަހުމަދިއްޔާ ހިންގަން ކުއްޔެއް ދައްކާކަށް ވެސް ނުޖެހެ އެވެ. އޭގެ އިތުރުން ބައެއް ޓީޗަރުންގެ މުސާރަ ވެސް ސަރުކާރުން ދެ އެވެ.
ނަމަވެސް، ދަރިވަރުންގެ އަތުން ފީއެއް ނަގަ އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އަހުމަދިއްޔާ ސްކޫލުގެ އިދާރީ ހިންގުމުގައި ކައުންސިލްގެ އެއްވެސް ޒިންމާއެއް ނޯންނާނެ ކަމަށެވެ. އެ ސްކޫލު ހިންގަނީ އަމިއްލަ އަށް ލިބޭ ފަންޑިންގައި ކަމަށާއި އެކަމަކު ސްކޫލުން އެދޭ ކުދިކުދި ކަންތައްތައް ސިޓީ ކައުންސިލް މެދުވެރިވެގެން ފުރިހަމަކޮށްދޭ ކަމަށް އާޒިމް ވިދާޅުވި އެވެ.
އަހުމަދިއްުޔާ ހިންގުމާ ގުޅޭ ކަންކަމުގައި ދުވަހުންދުވަހަށް ގޮތް ނިންމަނީ ސްކޫލު ބޯޑުންނެވެ. ޕްރިންސިޕަލް މަސައްކަތް ކުރައްވަނީ އޭގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިން803
18 April 2025
މާލޭ ބޮޑެތި ސްކޫލްތަކާއި ވާދަކޮށް ގޮންޖަހާލީ އަހްމަދިއްޔާ ސޮކޫލެވެ. އެދުވަހުން ފެށިގެން ހަސަދަވެރިކަން ދިޔައީ އިންތިހާއަށެވެ. ދެން ތިސްކޫލްގެ ޒަމާންވެސް ތިދުއްވާލީއެވެ. ހިތްހަމަ ނުޖެހޭ ބޭފުޅުން ކޮޅެއް އެބައުޅޭހެން ހާދައެބަހީވެއެވެ.
އޯނަރު11
17 April 2025
ވަޓް އިޒް ގޮއިން އޮން. ދައުލަތުގެ ބިމެއް. ކުލިދޭކަށް ނުޖެހޭ. ޕްރައިވެޓް ސްކޫލެއް. ކުދިންނަށް ދައުލަތުން ޚަރަދުކުރޭ. ބޮޑެތި ފީތައް ނަގާ. ކޮން ބައެއް އޯންކުރަނީ. ކޮންބަޔަކަށް ޕްރޮފިޓް ލިބެނީ. ކޮންމެވެސް އޯނަރޝިޕް ސްޓްރަކްޗަރއެއް އޮންނާނެތާ.
ހަރުޝާ
17 April 2025
ރަޝީދަކީ ހިންގުމުގެ ދާއިރާއިން ގައުމީ އިނާމު ލިބިލައްވާފައިވާ ބޭފުޅެއް.
ދާލުއަލީ
17 April 2025
އޯޑިޓް ކުރުމަކީ އެއްވެސް މައްސަލައެއް ނޫން. އެކަމު ކޮމެންޓުތައް ކިޔަާލީމާ ހީވަނީ ވަރަށް މައްސަލަ އުޅޭހެން. އޮޑިޓްކޮއްގެން ތި މައްސަލަތައް ހާމަވާނެބާ؟
ކުރޭ
17 April 2025
ތިނަނުން ސީތާ އާސިމް ރަަސީދުވެސް ބޭރުކުރަން ވީ.. ހުރިހާ ޖަރީމާ އެއްގަ މި ވެރިން. އޮޑިޓް މާ ބޮޑަށް ލަސްވެއްޖެ..
ކުދިންނނނ
17 April 2025
ސީތާ ބޭރުކުރަން ގޮވާލަން..
ރަންގަނޑު
17 April 2025
ސީތާ އުޅެނީ މެލޭގަ. ޢަހުމަދިއްޔާ ވަޒީފަާގަ. ކިޔެވުން ފެށުން އިރު އެ ކަމަނާ ނެތް.. މި ވެސް އަޖައިބެއް.. ޕޭރެންޓެއް ވީމަ ބޭނުން މިކަން ކަން ރަނގަޅުވާން..
ޝިއުނާ ނަސީރު
17 April 2025
އޮޑިޓެއް ކުރުން ރަނގަޅު. ހުންނާނެ ހަމަ ރަނގަޅުކުރެވޭނެ ކަންކަންވެސް، ދެރައީ މިފަދަ އިންސްޓިޓިއުޝަނއްގެ އަގު ވައްޓާލާރީ. މީހުންގެ އަބުރު ކަތިލާތީ. ÷ޕްރިންސިޕަލް އަށް ހެޔޮއެދޭކަމަށް ހެދިގެން އެން ކަިއިރީގަ އުޅޭ މީހުން މި ގޯސް ހަދަނީ. މިމަހުގެ ފަހުކޮޅުވެސް ކުދިބައްއް ގޮވައިގެން ފުރަނީ އެ. ބެލެނިވެރިން ބޭނުމޭ.
ޜން
16 April 2025
މިއީ ކުރަން ލަސްވެއްޖެ ކަމެއް. އެ ތަނުގެ ތެރޭގައި ހިނގަމުން އަންނަ އަންއެތިކަލް ކަންކަންވެސް ފާހަގަކުރާނެކަމަށް އެދެން. އޮޑިޓު ރިޕޯތުގެ އިންތިޒާރުގައި.
ޓިޓަންސް
16 April 2025
ސްކޫލް ޔުނިފޯމް ބެންކޮކުން 10ރ ކިޓެއް ގެނެސް ގެން ބެލެނިވެރިން ނައް ވިއްކަނީ 250ރ ތަންކޮޅެއް ބޮޑުވަރު ދެން