ރާއްޖެއަށް ރަޝިޔާ އިން ކަނޑައަޅާފައިވާ ސަފީރު: ކުރުސީ ހިންގަނީ ކާކު ކަން އެނގޭ ކަމަށް އޭނާ ވިދާޅުވި
16 އެޕްރީލް 2025 - 12:23
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި "ހަސަން ކުރުސީ"ގެ ނަމުގައި އެކައުންޓެއް ހިންގަނީ ކާކުކަން އެނގޭ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.
ރަޝިޔާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ލިވަން އެސް ޖަގަރްޔަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރަޝިޔާއާ ގުޅޭގޮތުން ކުރުސީ އެކައުންޓުން ކޮށްފައިވާ ޕޯސްޓްގެ ފަހަތުގައި ހުރީ ކާކުކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ކުރުސީގެ ނަމުގައި އެ އެކައުންޓް ހިންގާ މީހާއަކީ ޔޫރަޕްގައި މިވަގުތު ފިއްލަވައިގެން ހުންނެވި ރާއްޖޭގެ ކުރީގެ ހައި-ރޭންކް ސިޔާސީ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.
ސަފީރު މިގޮތަށް ޕޯސްޓް ކުރެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރަޝިޔާއަށް ކޮމްޕިއުޓަރު ޗިޕް އެތެރެކޮށްފައިވާ ކަމަށް ބުނެ ކުރުސީ އެކައުންޓްގައި ކޮށްފައިވާ ތުހުމަތަކާ ގުޅިގެންނެވެ. ރަޝިޔާއިން ވަނީ އެ ތުހުމަތު ދޮގުކޮށް، އެއީ އެމެރިކާ އާއި ރާއްޖެއާ ދެމެދު އެ ގައުމުން ގާއިމްކޮށްފައިވާ ގުޅުމަށް ބުރޫއަރުވަން ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ފެށި ހަނގުރާމައާ ގުޅިގެން, އެމެރިކާގައި އުފައްދާ އޭވިއޭޝަންގެ ސާމާނު ރަޝިޔާއަށް ވިއްކުން އެމެރިކާއިން އޮންނަނީ މަނާކޮށްފަ އެވެ.
ކުރުސީ އެކައުންޓްގެ ފަހަތުގައި ހުރީ ކާކުކަން އެނގޭ ކަމަށް ރަޝިޔާއިން ބުނެފައި ވާއިރު، މީގެކުރިން ދިވެހި ފުލުހުން ވެސް ވަނީ އެ އެކައުންޓް ހިންގާ މީހަކު ހޯދަން ތަހުގީގެއް ހިންގައިފަ އެވެ. އެ ތަހުގީގު ހިންގީ އެއީ ކާކުކަން ހޯދައިދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހަށް މައްސަލައެއް ހުށަހެޅުއްވުމުންނެވެ. ނަޝީދު އެގޮތަށް ހުށަހެޅުއްވީ ކުރުސީއަކީ އެމަނިކުފާނު ކަމަށް ތުހުމަތު ކުރެއްވުމުންނެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ހޯދުނު ކަމެއް ނުވަތަ އެ ތަހުގީގާ ގުޅޭ ފަހުގެ އަޕްޑޭޓެއް ފުލުހުން ނުދެ އެވެ.
ކުރުސީ އެކައުންޓުން މިފަދަ ތުހުމަތެއް ކޮށްފައިވާއިރު، އެމެރިކާގައި އުފައްދާ އެއާކްރާފްޓުގެ ސާމާނުތަކެއް މިދިޔަ އަހަރު ރާއްޖެ މަގުން ރަޝިޔާއަށް އެތެރެކުރި ކަމަށް އިޒްރޭލުގެ މީހަކު އެމެރިކާގެ ކޯޓެއްގައި އެއްބަސް ވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކުރުންއަކުރަށް
17 April 2025
ކުރުސީ އެއަކުންޓް ހިންގާ މީހުން މިހާރު ތިބޭނީ ބިރުން ފިއްކަނޑައިގެން ގޮއްސަ. ކުރުސީއަށް އޮއްގާ މިއުކުނީ ކުޅަދުރު ހަތައަކަށް.
ކަރަދުއިބްރާހީމް
17 April 2025
ސެންޓުވިއްކާ ދޮނިކަށް ބަޔަކު ތާއީދުކޮށްގެންއޭނާ މަޖިލީހަށްވެސްވެއްދިދާނެއެވެޤައުމު ދަވާލިމީހަކަށް ވެރިކަންވެސް ހޯދާދެވިދާނެއެވެބަޔަކު ފަހަތުގައިތިބި ކަމަށްވާނަމައެވެ ކުރުސީގެ ފަހަތުގައިވަނީވެސްހަމަ ބުއްދިސަލާމަތުންހުރި ދިވެހިންނެވެސަރުކާރާއެއްކޮޅު ނޫނީދެކޮޅު މީބައެއްޙާލަތްތަކުގާބަލަން ބޭނުން އެއްޗެއް ނޫން ތިމާއަށް ތަޙްޤީޤުގެ ތުހުމަތުގެ އިނގިލި ދިއްކުރާ ހިސާބުން ސިޔާސީއެޕޮއިންޓީވެސް ފަލީހަތުގެމަގު ޚިޔާރުކުރޭކުރުސީ ކުރުސީއަކަށްހެދީ އަހަރުމެންނެވެ
އެލްސަން
17 April 2025
ރަޝިޔާ އިން އެބުނަނީ ވަކި މީހެއްގެ ވާހަކައެއް ނޫން. ބުއްދި ހުރި މީހަކަށް އިނގޭނެ ކުރިސީ އެކައުންޓަކީ އެންމެ މީހެއްގެ މަސައްކަތެއް ނޫންކަން. އަދި ރާއްޖޭގެ ވަކި ސިޔާސީ ފިކުރަކާވެސް މާ ބޮޑު ގުޅުމެއް ނެތް. ބޮޑަށް ހުންނަނީ ހުޅަނގު/ޒަޔަނިސްޓް އިސްތިއުމާރީންގެ ފިކުރާ ދިމަލަށް. އެމީހުނަށް ވަރަށް ތައުރީފު ކުރޭ. މަޑުމަޑުން ދިވެހިންގެ ބޮލަށް ޗިޕު ޖަހާ ނިންމަނީ.
ކިރުސައި
17 April 2025
ކުރުސީއަކީ މިގައުމުގެ ބޮޑުތަކުފާނަށް ވުރެ އަގުހުރި މަސައްކަތެއް ރައްޔިތުންނަށްޓަކާ ކުރަމުންދާ ފަރާތެއް. ދިވެހި ރައްޔިތެއްގެ ހަސިއްޔަތުން ފަޚުރުވެރިވަން ކުރުސީގެ މަސައްކަތައް.
އީގޯރ
17 April 2025
ކުރުސީ އަކީ މިގައުމަށް އެރި ދއޖލ. އެއީ ދެން ކޮންބަޔަކު ހިންގާ އެއްޗެއްކަން ހަމަބުއްދި ހުރި ދިވެހިންނަށް އެނގޭ.
ކުރުސީނު
16 April 2025
ދެންފަހެ ކުރުސީދެކެ ވަގުންތައް މި އަންނަނީ ހާދަ ރުޅިއެކޭ، އެހެން ނުވާނީ ކީއްވެހެއްޔެވެ. ވަގުންކުރާ ހުރިހާ ވައްކަމެއް ކުރުސީ އެދަނީ ފަޅާއަރުވަމުންނެވެ. އަދި އެ ވައްކަންތައް ފަޅާއެރުވުން އެބައިމީހުން ދެކެނީ ފިތުނައުފައްދާ ގައުމު ފާސާދަކުރުން ކަމުގައެވެ.
ޏާއްކޮ
17 April 2025
ވައްކަން ފަޅާ އެރުވުން މައްސަލައެއް ނޫން. އެޔާ އެއްކޮށް އަންނަ 100 ދޮގާ ހައްގު ނޫން އަބުރު ކަތިލުން މައްސަލައަކީ
އެދުރު ބެ
16 April 2025
ރަނގަޅު ބޮނޑިއެއް ބޯނެ މީހެއް ތިޔަ ކުރުސީއަކީ. އިނގިރޭސި ވިލާތުގަ ހުއްޓަސް އެފްރިކާ ޖަންގަލީ ތެރޭ އޮތަސް ކޭޖީބީން ބޭނުން އެއްޗެއް ހާދާނެ
އައްޕަ
16 April 2025
މާތް ﷲ ގެ އިރާދަފުޅުން ތި ކުރުސީ ފަޟީހަތް ކުރައްވާށި. ހާދަ ބޮޑު ފިތުނަތަކޭ މި ކުރުސީ އުފެއްދީ. އެއްވެސް ބިރެއް ޖެހިލުމެއް ނެތި ކުށެއް ނެތް އެތައް ބައެއްގެ އަބުރު ކަތިލާފަ.
ކައުންސެލަރު...
16 April 2025
ދިވެހިރާއްޖެއާ ރާއްޖޭގެ މީހުންނަށް ފޮރުވިގެންހުރެ ބޭނުން އެއްޗެއްކިއިދާނެ. އެކަމަކު ރަސިޔާ ކަހަލަ ބަޔަކާ ކުޅުމަކީ ސަމާސާއެއް ކަމަށް ދެކުމަކީ އަމިއްލައަށްހެދޭ ބޮޑުގޯހެއް. ރަސިޔާއަކާ ޗައިނާއަކާ ނުކުޅެވޭނެ. އެކަން ވާނެ ހަނދާންކުރަން. ވަރަށްސަލާން
ދިގުސީ
16 April 2025
ކުރުސީ އަށް ބުނެލަން އަހަރެމެން ނިކަމެތި މީހާ ކާން ނުލިބޭދުވަހުވެސް ކަލެއަށް އަހަރެމެންގެ ދުޝްމަނުން ކާންދޭނެ ކަލެޔަކީ މިތަނުގެ ހަމަނުޖެހުން ނަަގާލަން ރެކްރޫޓްކޮށްފަ ހުރި އެޖެންޓެއް .. އަހަރެމެން ނަށް ހެޔޮއެދިގެން ކުރާ އެއްވެސް ކަމެއްގަ އިހުލާސްތެރި ކަން ނެއްކަން ތާރީހު ހެކިދޭ