ހުޅުމާލެ 2 ގައި މިސްކިތް އެޅުމަށް ބިން ހަވާލުކުރުމުގެ އެގްރިމެންޓުގައި އެޗްޑީސީގެ އެމްޑީ މައުރޫފް (ކ-2) އަދި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
16 އެޕްރީލް 2025 - 15:59
ހުޅުމާލެ 2 ގައި އިތުރު މިސްކިތެއް އިމާރާތްކުރަން މިއަދު ބިން ހަވާލުކޮށްފި އެވެ.
އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި 18،720 އަކަފޫޓުގެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިނިސްޓްރީން ބުނީ، އެ މިސްކިތް އިމާރާތް ކުރަނީ ހެޔޮއެދޭ ފަރާތެއްގެ ހަރަދުގައި ކަމަށެވެ. އެ ފަރާތާއެކު ވަކި އެގްރިމެންޓެއްގައި ސޮއިކުރާނެ އެވެ. މިސްކިތުގެ ކޮންޓްރެކްޓަރު ހަމަޖައްސާނީ އެ ފަރާތުންނެވެ.
ބިން ހަވާލުކުރާ ތާރީހުން ފެށިގެން 24 މަސް ތެރޭގައި މަސައްކަތް އިމާރާތްކޮށް ނިންމަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ހުޅުމާލެ 2 ގައި މިސްކިތް އެޅުމަށް ބިން ހަވާލުކުރުމުގެ އެގްރިމެންޓުގައި އެޗްޑީސީގެ އެމްޑީ މައުރޫފް (ކ) އަދި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ސޮއިކުރައްވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އަލަށް އަޅާ މިސްކިތުގައި 2،500-3،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އެވެ.
މިނިސްޓްރީން ބުނީ މިސްކިތް ޑިޒައިން ކޮށްފައިވަނީ ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށް ކަމަށެވެ. އެ ތަނުގައި ސޯލާ އާއި އޭސީ ހަރުކުރާނެ އެވެ.
ހުޅުމާލޭގައި އަޅާ ބައެއް މިސްކިތް މި އަހަރު ނިމޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްނާ މުހައްމަދު
17 April 2025
ރައީސް މުއިއްޒް ގަދަ. ނިކަން ކަންކަން އެބަ ކޮށްދޭ.
ނޫހް އިބްރާހިމް
17 April 2025
ވަރަށް ރަނގަޅު. އިބޫމެން ދައުރުގައި ފޭސް 2 އަށް އެއްވެސް ކަމެއް ކޮށްދެވިފައި ނެތް 5 އަހަރު.
މުހައްމަދު ސަނީހް
17 April 2025
މިސްކިތްތައް އަޅާ ތަރައްގީ މެކުހަށް މިދަނީ
ހުންނޫން
16 April 2025
ދެން އަންނަ ދައުރެއްގެ ރައީސް. ރައީސް ޝަހީމު
ދ21ެދ1
16 April 2025
ޝަހީމާއި ވެރިކަން ހަވާލު ކުރަންވީ
ފަހުމީ1
16 April 2025
ހުޅުމާލެ ފޭސް 2 ގައި ޞަލާހުއްދީން ސްކޫލްކައިރި އަޅާ މިސްކިތް ނިންމޭތޯ ބަލާދީބަލަ. އެތަން އިމާރާތްކުރާތާ 3 އަހަރުވެއްޖެ. މަސައްކަތްދާ ސްޕީޑަށްބަލާއިރު އަދިވެސް އިތުރު 3 އަހަރުބޭނުންވާނެ އެތަންނިންމަން.
ބަންގާޅި
16 April 2025
އެސްޖޭ ޝަމްހީދުއަށް ތިކަމުގެ ޙަބަރު އިނގޭނީ
ޒަކީބެ
16 April 2025
އެއި އެސް.ޖޭ އާ ހަވާލުކޮށްގެން އަޅާ ތަނެއް. މިސްކިތް ހުރިގޮތަށް ހުއްޓާ އެސް.ޖޭ އިން ހޯދި ބިމެއްގައި 3 ބުރީގެ ހާޑްވެއަރ އެއް އަޅާ ނިމެނީ. މިއީ ދިވެހިރާއްޖެ.