ރައީސް ޑރ. މުހައްމަދު މުއިއްޒު، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި މައުލޫމާތު ދެއްވަނީ.
17 އެޕްރީލް 2025 - 14:50
މި އަހަރު ނިމެންވާއިރަށް އެސްޓީއޯ ރޭޓުގައި ކޮންމެ އަތޮޅަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުން އެކު" ޕޮޑްކާސްޓުގައި ރައީސް މިއަދު ވިދާޅުވީ މަސްވެރިންނަށް ބޭނުންވާ ކަންކަން ހައްލު ކޮށްދިނުމުގައި އުމްރާނީ ތަރައްގީގެ ގޮތުންނާއި ވަސީލަތް ގާއިމުކުރުމުގެ ގޮތުން ގިނަ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމެއް ގާއިމުކުރުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއް ކަމަަށާއި އެ މަސައްކަތް މިހާރު އެ ކުންފުންޏާ ވެސް ހަވާލު ކޮށްގެން ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.
"އަޅުގަނޑު ހަމަ ވައުދުވީ ގޮތަށް ކޮންމެ އަތޮޅެއްގައި އަޅުގަނޑުމެން ކަނޑައެޅި ރަށުގައި މި އަހަރު ނިމޭއިރަށް އެސްޓީއޯގެ ފިއުލް ސްކިޑް އިރާދަކުރެއްވިއްޔާ ގާއިމުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި އެ މަސައްކަތާ އެކު، ވާދަވެރި މާކެޓެއް އުފެދި، އަގުބޮޑުކޮށް ވިއްކާ ފަރާތްތަކަށް ވެސް އަގު ކުޑަކުރަން މަޖުބޫރުވާނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި މައުލޫމާތު ދެއްވަނީ.
ރައީސް ވިދާޅުވީ ފަސޭހައިން އައިސް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އާރުއެސްޑަބްލިއު، ދޯނީގައި ގާއިމުކުރުމަށް ވެސް ސަރުކާރުން ލޯނު ދޫކުރަން ފަށާފައިވާ ކަމަށާއި ރަށްރަށުގައި އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ވެސް އެބަ ހިނގާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، މަސްވެރިކަން ދިރުވައި އާލާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ.
ސަރުކާރާ ހަވާލުވިއިރު، އެކި ސަބަބުތަކާ ހުރެ މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި ކަމަށާއި މަސްވެރިން ބާނާ މަހަށް ވެސް ފައިސާ ނުދެވޭ ކަމަށް ވިދާޅުވި އެވެ.
އޭރު ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވި އޮތް ކަމަށާއި އެކަމަކު މި ސަރުކާރުން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ އިންތިޒާމު ހަމަޖައްސައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެގޮތަށް އަމަލުކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިހާރު މަސްވެރިންނަށް ބަރާބަރަށް ފައިސާ ދޫކުރަމުންދާތީ އެ ދާއިރާ ދޫކޮށްލި ބައެއް ފަރާތްތައް ވެސް އެ ސިނާއަތަށް އަލުން އަނބުރާ ނުކުންނަން ފަށާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާ ޔައިޝް
17 April 2025
އެއްމެ އުފާވަނީ މިދިޔަ އެއްވެސް ސަރުކާރަކުން ނުކޮށް ދޫކޮށް ފައިސާ ކޮޅު ލިބެން ފެށުމުން. ރައީސް މުއިއްޒް އެކަން ކޮށްފި. މިކަން މަގޭ މަސްވެރި ބައްޕަ ނިކަން ފާހަގަ ކުރޭ.
އައުޒަމް
17 April 2025
މަސްވެރިން މިއަދު ތިބީ ހިތް ހަމަޖެހިފައި. މިއިން ޒަމާނަކު ނުލިބޭ ފައިސާ 48 ގަޑިއިރު ތެރޭ ލިބޭ ގޮތް ވެއްޖެ. އަލްހަމްދުﷲ
ހަސަން ނިހާލް
17 April 2025
އެސްޓީއޯ ރޭޓުން ތެޔޮ ލިބޭ ގޮތް ވުމަކީ މިގައުމުގެ އެތައް އާއިލާއަކަށް ލިބޭނެ އުފަލެއް. ސަބަބަކީ މިދިޔަ ސަރުކާރުތަކުން މިކަން ނުކޮށް އިނުމުން އެމީހުންގެ އަތުން ނިކަން ބައިވަރު ފައިސާ ގޮއްސި ބޮޑު އަގުގައި ތެޔޮ ގަތުމުން. ދެން ހަމަ ގައިމުވެސް އެހެން ނުވާނެ.
ޝަހުމް އާދަމް
17 April 2025
މިދިޔަ އެއްވެސް ސަރުކާރަކުން ނެތް މިކަން ކޮށްފައެއް. ހަގީގަތުގައި ކުރިންސުރެ ޖެހޭ މިކަން ކުރަން. މީގެ ސަބަބުން ހަމަ ގައިމުވެސް ތެޔޮ ގަންނަ ފަރާތްތަކަށް ނުހަނު ބޮޑު ލުޔެއް ލިބޭނެ. ހާއްސަކޮށް މަސްވެރިންނަށް.
މުސްތަފާ ކަރީމް
17 April 2025
މީ އުފާވެރި ހަބަރެއް.މީގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ.
ޖާސިމް
17 April 2025
އެސްޓީއޯއިން ހުރިހާމުދަލެއްވެސް އެތެެކޮއް ހުރިހާ ރަށެއްގަވެސް އެއް އަގެއްގައި ރިޓެއިލް ކޮއްދެއްވަބަލަ. ނިއުޅޭ ވިޔފާރިވެރިން މާ ބޮޑަށޭ ފައިދާ ނަގަނީ. ސަރުކާރަށް ޖީއެސްޓީވެސް ނުދައްކާ ވިޔަފާރިކުރާމީހުން
އަދާލަތު
17 April 2025
މިއުޅޭ އިދިކޮޅުމީހުންގެ ކުރިމަތީގައި ރަނގަޅަށްކަމެއްކޮށްދެވޭ އެއްވެސްވެރިޔަކު ނާންނާނެ. އެމީހުންނަކީ ޤައުމުބައިބައިކޮށް ހަލަބޮލިކޮށްގެންވިޔަސް ވެރިކަންހޯދަން ޖާނުންފިދާވާބައެއް. ޝުކުރިއްޔާ. ޑރ މުޢިއްޒު. ކުރިޔަށްވަޑައިގަންނަވާ. ތިޔަދުއްވެނީ ރަނގަޅު މިޞްރާބުން.
ކަނުކަލޭގެ.
17 April 2025
އެސްޓީއޯ ރޭޓުގައި ހިލަ ހިލަވެލިވެސް ލިބޭގޮތް ހަދާ ދީބަލަ.
ފޮނިޓައްޕު ހަސަނު
17 April 2025
ކީއްވެތަ ހަމަތިގޮތަށް އެސްޓީއޯ ރޭޓުގައި އެސްޓީއޯއިން އެތެރެ ކުރާ ކާޑުގެ ބާވަތްތައް ރާއްޖެތެރޭގައި ނުވިއްކަނީ.
ޖާސިމް
17 April 2025
ވިޔަފާރިވެރިންގެ ދުއްތުރާ ބޮޑުކަމުން ތިކަން ނުވަނީ.
ކަތީބު.
17 April 2025
އެސްޓީއޯ ރޭޓް ކިޔާ ރޭޓެއް މަށަކަށް ނުފެނުނު. އެއީ ހިސާބު އިލްމުގައި އޮންނަ އިޤުތިސޯދީ މާހިރުންވެސް ދަންނަ ރޭޓެއްނޫން.