ފަނޑިޔާރު އަޒްމިރަލްދާ (ކ) އަދި ފަނޑިޔާރު މަހާޒް (މ) ގައި: އެ ދެ ބޭފުޅުންނާ ގުޅޭގޮތުން ޖޭއެސްސީން ބަލާ މައްސަލާގެ ތަހުގީގު ރިޕޯޓް ކޮމިޝަނަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
18 އެޕްރީލް 2025 - 05:43
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލާގެ ތަހުގީގު ނިންމައި، ތަހުގީގު ކޮމެޓީގެ ރިޕޯޓް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އަކާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އެ ދެ ފަނޑިޔާރުން ތިއްބެވި ކަމަށް ބުނެ އެވެ.
އެ ދެ މައްސަލާގައި އެ ބޭފުޅުން ކުރިން ޖޭއެސްސީއަށް ހާޒިރުކޮށް، ބަޔާން ނެގުމަށްފަހު ތަހުގީގު ކޮމެޓީން ރޭ ވަނީ އެ ކޮމެޓީގެ ރިޕޯޓް ކޮމިޝަނަށް ފޮނުވައިފަ އެވެ. ނަމަވެސް އެ ކޮމެޓީގެ ނިންމުމަކީ ކޮބައިކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.
ތަހުގީގު ކޮމެޓީގެ ރިޕޯޓް ކޮމިޝަނަށް ފޮނުވުމާއެކު، ދެން އޮންނާނީ އެ ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު އެ ފަނޑިޔާރުންނަށް ދިނުމަށެވެ. އަދި އޭގެފަހުގައި ކޮމިޝަނުން އެ މައްސަލާގައި ގޮތެއް ނިންމާނެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްގެ މައްސަލާގެ ތަހުގީގު ރިޕޯޓް ކޮމިޝަނަށް ފޮނުވިއިރު، އެ ބޭފުޅުން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ތިއްބެވީ ސަސްޕެންޑްކޮށްފަ އެވެ. އެ ބޭފުޅުން ސަސްޕެންޑްކުރީ އެ ބޭފުޅުންނާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް މިހާތަނަށް ވެސް އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ.
އެ ދެ ފަނޑިޔާރުންގެ އިތުރުން ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ސުއޫދު ވެސް އެ މައްސަލާގައި ސަސްޕެންޑްކުރި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެ ބޭފުޅުން އޭރު ސަސްޕެންޑްކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ އަޑުއެހުމެއް ތާވަލް ކޮށްފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
18 April 2025
ޮކޮންމެ ސަރުކާރަކަށް ވަކި ގާޒީންތަކެއް ވަކި ފަނޑިޔާރުންތަކެއް. މިވެސް މިހާރު ކުޅޭކުޅިވަރަކަށްވެ ފަނޑިޔާރުންގެ އަގު ވަޒަންނުކުރެވޭ ދަރަޖައަށް ހިނގައްޖެ. ދެރަކަންކަން.
މަހަށްދޭދޭބަލަ
18 April 2025
އދ. އަށް ނޫން އިނގޭނީ ރާއްޖޭގެ ކޯޓް ތަކުގައި ތިބެން ޖެހޭނެ ފަނޑިޔާރުން މިހާރު ސްޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުން ރައީސް ޔާމީނަށް ކޮށްފައިވަނީ ސީދާ ހަރާމް ހުކުމެއް ކަން އެއީ ނިމިދިޔަ ރިޔާސީ އިންތިޚާބުން މުއިއްޒު އަށް ވޯޓް ލީ މީހުންގެ %98 ވޯޓް ދީފައިވާތީވެ އެއީ ސީދާ ސްޕްރީމް ކޯޓަކީ ރައްޔިތުންގެ އެއްވެސް އިތުބާރެއް އޮތް ތަނެއް ނޫން ކަން އަންގައިދޭ އަލިގަދަ ދަލީލު ތަކޭ އދ. މަހަށްދޭބަލަ އދ. ބުނާ ގޮތަށް ހަދަން ނުޖެހޭނެއޭ ތަމެން މަހަށްދޭބަލަ މަހަށްދޭ..
ކޮއްލޮ
18 April 2025
ކޮންމެ ގޮތެއް ވިޔަސް އަޒްމިރަލްދާގެ ފިރިމީހާ އޮތީ މަސާޖުކުރާ ކަމަށް އެއްބަސްވެފަ. ހައްޔަރުކުރިކަން ޔަގީން. ދޫކޮށްލިކަން ޔަގީން
ބޭބޭގެ ޑިގުރީ
18 April 2025
ކުރަން އުޅޭ ކަން ވަރަށްސާފު! ވަޒީފާ އިން ވަކި ކުރުން!!! މިހާރު އަނބުރަނީ ގޭސް ގަނޑެއް
ވަރަށް ހިޔަޅު
18 April 2025
ތި މައްސަލަ ބަލަން ވަކި ހާއްސަ މީހަކު ރައީސް އައްޔަނު ކުރިކަމީ ވަރަށް ދެރަ ކަމެއް. ނުފޫޒު ނުފޯރުވަން ބުނެ އެކަމް... ފާސްކުރި ބިލު ދެން އަނބުރާ ފޮނުވާލަންވީތާ، ބޭނުންވާ ތިން މީހުން ފަނޑިޔާރުންނަށް ލެވުނީމަ.