އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު
20 އެޕްރީލް 2025 - 18:02
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓަކަށް ދިއުމަކީ ވޯޓުލާ އާބާދީގެ ގިނަ ބައެއްގެ ހައްގުތަކަށް ހުރަސް އެޅިދާނެ ކަމަށް ވިދާޅުވެ، ޕްރިފެރެންޝަލް ވޯޓިން އަކަށް ދިއުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެކޮޅު ހައްދަވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ އެހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން އަށް ދިޔުމަށް ތާއިދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
ނަޝީދު ވިދާޅުވީ، ޕްރިފެރެންޝަލް ވޯޓާއާ އެކު ނަމަ އެއް ބުރުން ވޯޓުލާ ނިންމައި ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެކަމަކު، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް ކަމަށެވެ.
"ނަމަވެސް، ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމުގައި ފައިދާތަކެއް އެބަހުރި. ލޯކަލް ކައުންސިލްތަކާއި މައި ސަރުކާރުގެ ތަސައްވުރުތައް އެއްގޮތް ކުރުމުން ތަރައްގީގެ އެޖެންޑާތައް މިހާރަށް ވުރެ ރަނގަޅަށް ތަންފީޒު ކުރަން ފުރުސަތު ލިބިގެންދާނެ،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ އެވެ. ހާއްސަކޮށް ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވޯޓު ގުނައި، ނަތީޖާ އިއުލާނު ކުރާއިރު އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާ އެކު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، 'ހަރަދު ކުޑަކުރުން' ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި މިކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަން ޖެހެ އެވެ.
ޕްރިފެރެންޝަލް ވޯޓިން ބަހުސް އަނެއްކާވެސް ފެށުނީ އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާތީ އެވެ.
ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުމެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވިދާޅުވި އެވެ.
"މާނައަކީ އެއްބުރުން [ރިޔާސީ އިންތިހާބު] ނިމޭނެ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް އޭރު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭރުން ހަރަދު ވެސް ކުޑަކުރެވޭނެ އެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ބައެއް މުހިންމު ކަންކަން ތައާރަފު ކުރުމަށްޓަކައި ރައްޔިތުންގެ ގާތު އަހައިގެން ނިންމުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސރަފަ
20 April 2025
5 އަހަރު ދުވަހު ހުރި އިކޮނޮމިކް މިނިސްޓަރަށް ޖީޑީޕީ އަކީ ކޯއްޗެއްކަން ބުނެދޭން ނޭނގުނީމަ ދެން ފައްޔާޒު ރަނގަޅުވާނީ ވާހަކ ނުދެއްކިއްޔާ
އައިފާން
20 April 2025
މުއިއްޒު ވެރިކަމައް އައީ 1 ބުރުން ތޯ
ސައިނީސް
20 April 2025
ޕްރެފަރަންސް ނުކިޔާ ޕޮޕިއުލާ ވޯޓް ކިޔާމާ ، ޑިމޮކްރަސީއަކީ އަބަދަުވެސް އެންމެ ގިނަ ވޯޓްހޯދާ ފަރާއްތޭ ދޯ!
ސެންސަރު ސޭޓު ލާރިދޭތީތަ
20 April 2025
ސޭޓު ފަންޑްކުރާ ނޫހެއްތަ މީ؟ 2 ވަނަ ދައުރުގެ އެންޑޯސްމެންޓަކީ ތާކުން ނުޖެހޭ ޕާޓީތަކަށް ސަރުކާރުން ރަށާ ޕްރޮޖެކްޓާ ސިޔާސީ ވަޒީފާ ދަދަން ލިބޭ މާވަހަރު ގަނޑެއް. ދެން ބަނދެވެނީ ރައީސްގެ އަތް. ރައްޔިތަކަށް ކަމެއް ކޮށް ނުދީ ކޮލިސަން ހަދައިގެން ޖެހެނީ އެ ރުއްސަން ދައުލަތުން އެއްޗެހި ބަހަން. މިވައްތަރު ވޯޓިންގގައި ސޭޓަށް ނުލިބޭނެ ބާގެން ކުރަން ޗާންސެއް. އަދި ވޯޓު ނުލިބޭ ޕާޓީތަކަސް ސިޔާސ ީމަގާމާ އެމްއެމްއޭ ތިޖޫރީދިނިއްޔާއޭ އެންޑޯސްކިޔަމުން ނުދުވެވޭނެ
ބަތަށްރިހަ
20 April 2025
އެންޑީޕީ އަކީ އަންނި އަންނިއަކީ އެންޑީޕީ
ދުރުމ
20 April 2025
މޑޕ ދާނީ އެންމެ ފުލަށް .އެހެންވެ ތިއުޅެނީ
ޕުރިފަރަންޝީ
20 April 2025
ޕުރިފަރަންޝީ ނިޒާމަކަށް ތާއީދެއް ނެތް
ދުވަސް
20 April 2025
އޮތްކަން އިނގޭނީ އެގޮތައް ވޯޓްލާ ދުވަހަކުން
ހަޖާމްބެ
20 April 2025
ފައްޔާޒު ބުންޏަސް ތެދެއްވާނީ ތެދަކަށް، މިސާލަކަށް، 5 ފެންޑޭޑޭޓުން ވާދަކޮއްގެން އެންމެ ގިނަ ވޯޓް ލިބޭ މީހަކީ އެންމެ ރަގަޅު މީހާޔަށް ނުވެދާނެ. ސަބަބަކީ 5 ބަޔަށް ވޯޓްތައް ބެހިގެންދާއިރު އޭގެތެރެއިން ހަތަރުބައި މީހުންގެ ވޯޓް (ރައީސަކު އިޚްތިޔާރުކުރުމުގެ ޙައްގު) ނުލިބޭތީ. މާނަޔަކީ 100 މީހުން ވޯޓްލައިގެން 30 މީހުންގެ ވޯޓުންވެސް ރައީސަކު އަތުވެދާނެ.
މިޔަރެން
20 April 2025
ދެންހުރި ހުރިހާ ޕާޓީއަކުން ދެންހެޔޮ ގައުމު ބަހާލާ އިރާލިޔަސް ފަހުން އޮންނަނީ ފަޝާދަވެފަ.
މަހަށްދޭދޭބަލަ
20 April 2025
ވޯޓްލާ ރައްޔިތުންގެ %50 އަށް ވުރެން މަތިން ވޯޓް ލިބިގެން ނޫން ވެރިކަމަށް އަންނަން ޖެހޭނީ އެ ބޭންޑް މަތިކުރަންވީ %95 އަށްވުރެން މަތިން ވޯޓް ލިބޭ މީހަކު ވެރިކަމަށް އަންނަން އެ މައްސަލަ އެއް ނެތޭ 10 ބުރު ވޯޓް ލައިގެން ވެރިކަަމަށް އަންނަން ޖެހުނަސް އެއިރުން ކޮލިޓީ ވެރިއަކު ލިބޭނެ ކަން ޔަގީނޭ މިހާރު ވޯޓެއް ލިނަމަވެސް ރައީސް ޔާންޓޭ ދަމައިގަންނާނެ ވޯޓްލާ މީހުންގެ %95 މަމެން ލޮނު ލައިގެން ބަތެއް ނުކާނަން މިކަން މިނޫން ގޮތަށް ގޮސްފިނަމަ ކެނެރީގެ ނަޝީދު
ކެނެޑީ
20 April 2025
މަބުނީ އަސްލު ލޮނުނުލާ ހުންނަ ބަތް ހަށިގަނޑަށް މާރަނގަޅޭ
އެއްވޯޓް
20 April 2025
ފައްޔާޒަށް ކިތައްހާސް ވޯޓް ލެވޭނެ.