ކީރިތި ރަސޫލާ ﷺ ގެ މިސްކިތް ކަމަށްވާ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، އިސްލާމީ މަރުކަޒުގައި ތުއްތު ކުދިންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
22 އެޕްރީލް 2025 - 15:37
ކީރިތި ރަސޫލާ ﷺ ގެ މިސްކިތް، މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، އިސްލާމީ މަރުކަޒުގައި ތުއްތު ކުދިންނާ އެކު ވަރަށް އުފާވެރި ވަގުތުކޮޅެއް މިއަދު ހޭދަކުރައްވައިފަ އެވެ.
ޑރ. ސަލާހުލްބުދައިރު މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި މާލޭގެ ބައެއް ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާ ބައްދަލު ކުރެއްވިއިރު، ނަމާދުކުރާ ބައި އޮތީ އެ ކުދިންނާ އެކު ފުރިފަ އެވެ.
ކީރިތި ރަސޫލާ ﷺ ގެ މިސްކިތް ކަމަށްވާ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، އިސްލާމީ މަރުކަޒުގައި ތުއްތު ކުދިންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މި ބައްދަލުކުރެއްވުން ވީ ދަރިވަރުންނަށް ވަރަށް އުފާވެރި އިހުސާސްތަކެއް ގެނުވައިދިން ކަމަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ކީރިތި ރަސޫލާ ﷺ ގެ މިސްކިތް ކަމަށްވާ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، އިސްލާމީ މަރުކަޒުގައި ތުއްތު ކުދިންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދަރިވަރުންނާއި ބައްދަލުކުރެއްވުމުން ވަރަށް އުފާކުރައްވާ ކަމަށާއި ދަރިވަރުންނަށް ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށް ޑރ. ސަލާހުލްބުދައިރު ވިދާޅުވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުމުގައި ބައެއް ދަރިވަރުން، އެ ކުދިންގެ ގުރުއާން ކިޔެވުމުގެ ހުނަރު ވެސް ދައްކާލާފައިވާ ކަމަށެވެ.
ކީރިތި ރަސޫލާ ﷺ ގެ މިސްކިތް ކަމަށްވާ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، އިސްލާމީ މަރުކަޒުގައި ތުއްތު ކުދިންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީން ބުނީ މަދީނާގެ ހަރަމްފުޅުގެ އިމާމު، ރާއްޖެއަށް ކުރައްވާ ފަސް ދުވަހުގެ ދަތުރުފުޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ އިލްމުވެރިން، ރާއްޖެއަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.
ރާއްޖެއަށް އިއްޔެ ވަޑައިގަތް ޑރ. ސަލާހުލްބުދައިރު ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ އިތުރުން ހުކުރު މިސްކިތަށް ވެސް ވަޑައިގެން އެ ދެ ތަން ބައްލަވައިލެއްވި އެވެ.
ހަރަމްފުޅުގެ އިމާމު ވަނީ ރާއްޖޭގެ ފަތުވާ މަޖިލިހަށް ވެސް މިއަދު ބައްދަލުކުރައްވައިފަ އެވެ.
މި ދަތުރުގައި ހަރަމްފުޅުގެ އިމާމުގެ ދަރުސް ބާއްވާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:15 ގައި އިސްލާމީ މަރުކަޒުގަ އެވެ. އެ ދަރުސް ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއްވާނީ މިނިސްޓަރު ޝަހީމެވެ.
ނަބަވީގެ އިމާމް، މާދަމާ ރޭ ސަލްމާން މިސްކިތުގައި އިމާމުވެ މަޣުރިބް ނަމާދާއި އިޝާ ނަމާދުކުރައްވާނެ އެެވެ. ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރައްވާނީ ވެސް އެ އިމާމެވެ.
ހަރަމްފުޅުގެ އިމާމަކު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ މީގެ 40 އަހަރު ކުރިންނެވެ. މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހު މުހައްމަދު އައްސުބައްޔިލު އޭރު ރާއްޖެ ވަޑައިގަތީ މާލޭގެ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިކަމެތި ރައްޔިތު
23 April 2025
މިނިސްޓަރ އަށް ވެދުން ސަލާމް ، ރާއްޖޭގެ މުސްލިމުން އުޅެނީ ހަމައެކަނި އެބުނާ މުގައްދަސް މާލޭގަތޯ ؟ ތި އިމާމު ދެކިލާހިތުން ރާއްޖެތެރޭގައި ތިބި ކުޅަދު މަދު މީހުން ގެ އިސްލާމިކް ކުޅަދު ވެސް ހަމަނުވަނީތޯ، ނުވަތަ އެހެންރަށަކަށް ގެންދަން ކިންގް ހުއްދަ ނުދެއްވީތޯ ؟
ބަކްތަރި
23 April 2025
އެވެސް އިންސާނުން، މި ވެސް އިންސާނުން. މާތް ރަސްކަލާންގެ ހަޒްރަތުަގަ، މީހާގެ ނަސަބާ، ހަސަބު އަށްވުރެ މާތްވެގެން ވަނީ ތަގްވާވެެރިކަން.
ފޭކު ސައުދީ
23 April 2025
ބަލަގަ ފަލަސްތީނުގަ ވެސް އުޅެނީ ކުޑަކުދިން.
މަރްޔަމްހިންދު
22 April 2025
ހުޅުމާލެ ސްކޫލް ކުދިންނާ ބައްދަލެއްނުކުރޭތޯ
ސަނާނީ
22 April 2025
ކައިރި ޖެހިގެން އޮތް ފަލަސްތީނުގައި ކުޑަކުދިން މަރާ ކުދި ކުރާއިރު އެކުދިންގެ ހައްގުގައި އެއްޗެއްވެސް ބުނެލަން ނުކެރުނު ތި އިމާމް އަކަށް. އެއީ އުންމަތައް ވެވޭ ބޮޑު ޙިޔާނާތެއް.
ހީރާސްްސ
22 April 2025
ވ އުފާވެރި މަންޒަރެއް. އެކުދިންނަށް ނަބަވީގެ އިމާމާއި ބައްދަލުކޮށްލަން ލިބުމަކީ ހާދަހާވާ ބޮޑު އުފަލެކެވެ. އަދި އަހަރެމެންނަށް ނުލިބޭ އެފުރުސަތު.
ށެލެބެ
22 April 2025
ސެލެބްރިޓީ ކަލްޗާ ދެއްތޯ ހަމަ!
ޖެލަސް މަޗް
22 April 2025
މިބޭފުޅުން ނޫންތޯ ޙަޤީޤީ ސެލެބްރިޓީއިންނަކީ
ޖެލަސް މަޗް އެވެ.
22 April 2025
މިބޭފުޅުން ނޫންތޯ ޙަޤީޤީ ސެލެބްރިޓީއިންނަކީ، ސްޕިރިޗުއަލް ބައި ހުޅަނގުން ބޭނުންވާ ވަރަށް ބައިތިއްބައިގެން ތިބި. އަގްސާގަ މީގެ ފޮޓޯއެއް ނުނެގޭނީތޯ؟
ށެލެބެއަށް
22 April 2025
ކޮންމެސް ދޮން ފިލްމު ސްޓާއެއްނަމަ ކަލެއަށް ކަމުދާނެ ދޯ
ޕީއެންސީ ކޯލީޝަން
22 April 2025
މަރުޚަބާ ޝަހީމް އަހަރެމެންގެ ފިއުޗަރ ޕްރެޒިޑެންޓް.