މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ވަނީ ފަށާފައި.
28 އެޕްރީލް 2025 - 17:34
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދޫކުރުމުގެ ހިދުމަތް މިއަދު އިފުތިތާހު ކޮށްފި އެވެ.
އެ ހިދުމަތް މި ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މި ގައުމުގައި ދިރިއުޅެމުން އަންނަ ދިވެހިންނާ ބައްދަލުކުރައްވަން ބޭއްވި ރަސްމިއްޔާތުގަ އެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފެށިއިރު، މިއީ ރާއްޖެއިން ބޭރުގައި މި ހިދުމަތް ދޭން ފެށި ފުރަތަމަ ގައުމެކެވެ. މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މާދަމާ އިން ފެށިގެން އެ ހިދުމަތް ދޭނެ އެވެ.
މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ކިޔަވާ ކުދިން އުޅެމުން އަންނަ ގައުމެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މެލޭޝިއާގައި އުޅޭ ދިވެހިންނަށް ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން މަސައްކަތައް ކުރަމުން އަންނަ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވަނީ މެލޭޝިއާގަައި އުޅޭ ދިވެހި ކިޔަވާ ކުދިން ތަމްސީލުކުރުމަށް ސްޓޫޑަން އެސޯސިއޭޝަން ވެސް އުފައްދައިފަ އެވެ.
ރައީސް ވިދާޅުވީ ކިޔަވާ ކުދިންގެ ޖަމިއްޔާއަކީ ވަރަށް މުހިއްމު ޖަމިއްޔާއެއްކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވަނީ އިނގިރޭސި ވިލާތުގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ކަމަށެވެ. ދިވެހި ދަރިވަރުން ތިބޭ ކޮންމެ ތަނެއްގައި އެ ދަރިވަރުން ތަމްސީލުކުރާނެ ބަޔަކު ތިބުމަކީ ދަރިވަރުންނަށް ވެސް ފަސޭހަވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ޖަމިއްޔާ އަށް ވެސް މަހަކު 3،000 ޑޮލަރު ޖަމާކުރާނެ އެެވެ. އެއީ ޖަމިއްޔާ ހިންގުމަށްވާ އެހީއެއް ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ އިތުރުން މި ގައުމުގައި ދިރިއުޅެމުންދާ ދިވެހިންނަށް ވެސް ލުއި ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން އެކި މަސައްކަތްތައް ކުރާ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
29 April 2025
އައިޑީކާޑާ ޕާސްޕޯޓް ހެދުން އެއީ މި ސަރުކާރުގެ ވަޢުދެއްބާ! ރައްޔިތުން ބަނޑަށް ޖެހިއްޖެ. ޑަބަލްޕީޗް ގެރިކިރު ދަޅެއްގެ އަގު 20 ރުފިޔާއަށް. ތަކެތީގެ އަގު އިންތިހާއަށް މައްޗަށް.
ލުލޫ
29 April 2025
ތިއީ ކުރިންވެސް ކުރެވޭ ކަމެއް. އަޅުގަނޑު ކިޔަވަން ހުރި އިރު ޕާސްޕޯޓު އާ ކުރީ މެލޭޝިޔާއިން. ހަމަ ފޯމު ފުރައިގެން ހެއްދީވެސް. ހަމަ އެހެން ކުދިންވެސް ތިބޭނެތާ.
ރޭސިޒަމް
29 April 2025
ރާއްޖެތެރޭ ރަށް ރަށު މީހުން ހަމަ އަދިވެސް ދަތުރު ހަދާފަ ޕާސްޕޯޓު ނަގަން މާލެއަށް. ތި ސީދާމެލޭޝިއާގައި އުޅޭ މާލޭ ބިންވެރި މަހުޖަނުންނާ އެމީހުންގެ ނެޕޯ އައުލާދު އުފާ ކޮއްދޭން މުއިއްޒު ކުރި ކަމެއް
އެކްސްް
29 April 2025
މިކަންވެސް ވާނީ މިސަރުކާރުގެ ތަރައްގީގެ ބޮޑު ބިޔަ ޕްރޮޖެކްޓަކަށް.
ބިއްލެ
29 April 2025
މިނިސްޓްރީ އޮފް 20000 ވޯރކްޕަރމިޓް އެޕްރޫވަލް
ފޭކް.
29 April 2025
2018 ވަނަ އަހަރުވެސް މެލޭޝިޔާގަހުންނަ ދިވެހި އެމްބަސީން ދިވެރައްޔިތެއްކަން އަނަގައިދޭ ކާރޑް ހެއްދިން. އެއީ އަނެއްކާ ފޭކް ކާޑެއްބާ!!!!!!
ޝެލަރީ
29 April 2025
ސިއްސައިގެންދާވަރުގެ ބިޔަބޮޑެތި ޕޮރޮޖެކްޓްތައް ދެއްތޯ؟
ދޮޅި ހުސޭނު
28 April 2025
ދިވެހިން ދުނިޔޭގައި ތިބި ކޮންމެ ތަނެއްގައި އެމީހުންނަށް ކަންކަން ފަހިކޮށްދިނުމަކީ ކޮންމެ ސަރުކާރެއްގެވެސް މުހިންމު ސިޔާސަތަކަށް ވާންޖެހޭ. ދިވެހިރާއްޖެ ކުރިއަރާނީ ދިވެހިންނަށް ލިބޭ ކުރިއެރުމުން
ރުންކުރު
28 April 2025
ވަރަށް އުފަލާއެކު ބަލައިގެންފިން. އެކަމަކު މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުން ވަރަށް މުހިންމު. އޭރުން މިކަމުގެ ފައިދާ އެންމެންނަށް ކުރާނެ
އެމްސް
28 April 2025
ރާއްޖޭގައި އެންމެފަސޭހައިން ދިރިއުޅެނީ ބިދޭސީންނެވެ! އާމްދަނީގެ ފުރުސަތުވެސް ބޮޑީ އެމީހުނަށެވެ!
އުއްޗު އާ ގާސިމަށްވެސް ދިވެއްސަކު ކުރާތަން ބަލަން ކެތެއް ނުވާނެ
28 April 2025
ދިވެއްސަކު ކަމެއް ކުރިޔަ ނުދޭން އެތަށް ބަޔަކު، ފަހަތުގަ ތިބޭނެ، މިމީހުން ގުޅިގެން އެހިންގާލަނި ފެންވަރުގެ ވިޔަފާރިތަށް.