މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި މިއަދު މެލޭޝިއާ ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
27 އެޕްރީލް 2025 - 12:49
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަން އެ ގައުމަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހައްލު ކޮށްދެއްވަން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު ޑރ. އަންވަރު އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅުގައި މެލޭޝިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އުންމީދު ކުރައްވަނީ މި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ވެރިންނާ އެކު ރަސްމީ ބައްދަލުވުންތައް ކުރިއަށް ގެންގޮސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުން ކަމަށެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަން ހައްލުކުރުމަށް މަޝްވަރާ ކުރައްވާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު މެލޭޝިއާ އިން ހަދައިދިނުމުގެ ހިދުމަތް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރައީސް މުއިއްޒު މެލޭޝިއާ އަށް މިއަދު ހެނދުނު ފުރާވަޑައިގަތުމުގެ ކުރިން ނައިބު ރައީސް ހުސައިންއާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.---ފޮޓޯ: ރައީސް އޮފީސް
މެލޭޝިއާގައި ދިއިރުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ސަރުކާރުގެ ތެރެއިން ކަންކަން ފަހި ކޮށްދެއްވުމަށްޓަކައި މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގައި އިންވެސްޓް ކުރެވެން ހުރި ދާއިރާތަކުގެ މައުލޫމާތު މެލޭޝިއާގެ އިންވެސްޓަރުންނަށް ފޯރުކޮށްދެއްވާނެ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސްގެ އަރިހުގައި މެލޭޝިއާ އަށް ވަޑައިގަންނަވާ މިނިސްޓަރުންނަކީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ރައީސް މުއިއްޒު މެލޭޝިއާ އަށް މިއަދު ހެނދުނު ފުރާވަޑައިގަތުމުގެ ކުރިން، ރައީސް އޮފީހުގެ ތަރުޖަމާން ހީނާއާ ސަލާން ކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް
މިއީ، ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. ރައީސް މުއިއްޒަށް މެލޭޝިއާ އިން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނެވެ. އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވާނީ މެލޭޝިއާގެ ބޮޑުވަޒީރު ޑރ. އަަންވަރު އިބްރާހިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަތީނުބެ
28 April 2025
ޕާސްޕޯޓާއި އައިޑީކާޑު މެލޭޝިއާ އިން ނުވަތަ އެހެން ގައުމަކުން ހެދުމަކީ ވަރައްބޮޑު ނުރައްކަލެއް. މިހާރުވެސް ރާއްޖޭގަ އުޅޭ ބިދޭސީން އަތުގަ ދިވެހި އައިޑީކާޑު އެބޮއް. މިއީ ނުރައް ކާތެރިކަމެއް. އެހެން ގަުމުތަކުން ރާއްޖެ ޕާސްޕޯޓު ނުރައްކަލެއް ގޮތައް ދެކޭނެ. ވިސްނާ؟؟
ނަޖިސް މަގުތައް
27 April 2025
ދިވެހިރާއްޖޭގައި ދިވެހންނަށް ހުރިދަތިތަކޯ
ސާއިތާ
27 April 2025
ތި ފުލެޓް ފައިނަލް ލިސްޓް ނެރެބަލަ، ދެންވެސް ޒުވާނުންނަށް ކަމެއްކޮށްދޭނަމަ. މުސްކުޅި ނުވަނީ އަހަރަމެން.
ޜޔތމހ
27 April 2025
މީނަ ދާތަނެއް މީނައަތަށް ލިބޭ ނޯޓު ކޮޅަކުން އުސޫލުން ބޭރުންވެސް ކަންތައް ކުރެވޭ، ހީވަނީ ބައްޕާފުޅުގެ ފޮތް ވިއްކައިގެން ހޯދި ލާރިހެން، އޮންނާނެ ގާނޫނު އަސާސީއެއްގަ ލިޔެފަ ހުރިހާ ރައްޔިތުން ވާންޖެހޭނީ ހަމަ ހަމަ ކަން. މީނަ ބޭނުންވީމާ ސާޖިދާ ދުއްވަން ޑްރޯން ގެންނަންވީ ހީވަނީ މިހިންގަނީ ދިމްޔާތު ހިންގާހެން
ދޮޅި ހުސޭނު
27 April 2025
ކުޑަ ރަށެއްގެ އާބާދީއާ އެއްވަރަށް މީހުން ތިބި ހައި ކޮމިޝަނެއް މެލޭޝިޔާގައި ހުންނައިރު އެތަނުން ދިވެހިންނަށް ކޮށްދެވެނީ ކޮން ކަމެއް؟؟ ހައި ކޮމިޝަނެއްގައި ހަމަ އެހާ މުވައްޒަފުން ގިނަވާންޖެހޭތަ؟؟
ޖޯކަރު
27 April 2025
މިއޮއްއުޅޭ ޖޯކު މީހެއް ހުވާ، މި ދިވެހިރާއްޖޭގަ ދިވެހިންނައްހުރި ދަތިތައް ހައްލުކޮއްނުދީ އެހެންގައުމުތައކުގަ ދިވެހިންނައް ހުރި ދަތިތައް ހައްލުކޮއްދޭނަމޯ. ނުސީދާކޮށް ތިބުނަނީ ދިވެހިރާއްޖެ ތިމަންމެނައް ދީފަ ދިވެހިން ދާށޭތަ އެެހެން ގައުމަކަޢް. ދިވެހި ރާއްޖޭގެ ދިވެހީންނައް އަޅާފަ ހުރި ފްލެޓްތައް ނުދީ ހިފަހައްޓާތީ ދިވެހިންނައް ވަރައްދަތިވޭ. ޓްރާންޕޯޓް މިނިސްޓަރު ވައިޑްބޮޑީ އަމީންގެ އައުލާދައް ޖުވާ ކުޅެން ދޭންވެގެންތަ ފްލެޓް ތައް ނުދީ ހިފާއްޓަނީތި.
ހައްޖަ.
27 April 2025
ރާއްޖޭގެ ހުރިހާކަމެއް ފުރިހަމަ ވީ ދޯ.
މަ ބުނީ
27 April 2025
ދިވެހިންނަށް ފުދިއްޖެ މަނިކުފާނު ދެން ނުކޮށްދީ އޮތީ ހަމައެއްމެކަމެއް އެއީ އިސްތިޢުފާދިނުން އެކަށް އެއީ ދެންހުރި ހުރިހާ ދަތިކަމެއްގެ ހައްލު !
ދޮޅި ހުސޭނު
27 April 2025
ވަރަށް ބޮޑު ތެދެއް. އަނގައިން ހިފަހައްޓާގެން މިހާރު ފުދޭ ވަރަކަށް ގިނަ ދުވަހު ވެރިކަމުގައި ހުރެވިއްޖެ
ކާކު
27 April 2025
ހުސް ވައުދު, ދައުރު ނިންމާލާ ހުސްވައުދުން
ބޯހަލާކުބޭ
27 April 2025
އާވައުދެއްވާން ފެނޭ! ކިޔެވިއަސް ނުކިޔެވިއަސް މެލޭޝިއާގެ ތިބި ކޮއްމެ ކުއްޖަކަށް މަހަކު 10000 ހާސް ޑޮލަރު.