ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ކުރެއްވި ދަތުރުފުޅެއްގައި ފުރާ ވަޑައިގަންނަވަން އެއާޕޯޓަށް ވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް
27 އެޕްރީލް 2025 - 10:06
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެލޭޝިއާ އަށް ފުރާވަޑައިގެންފި އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ އަރިހުގައި މެލޭޝިއާ އަށް ވަޑައިގަންނަވާ މިނިސްޓަރުންނަކީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިއީ، ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. ރައީސް މުއިއްޒަށް މެލޭޝިއާ އިން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނެވެ. އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވާނީ މެލޭޝިއާގެ ބޮޑުވަޒީރު ޑރ. އަަންވަރު އިބްރާހިމެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވާނެ އެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމާ ބެހޭ މަޝްވަރާތައް ކުރައްވައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ މެދުގައި ހިޔާލު ބަދަލުކުރައްވައި، ދެ ގައުމުގެ ބައިވެރިވުން އިތުރުކުރެވޭނެ އިތުރު މަގުތައް ހޯދުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މެލޭޝިއާގެ އިންވެސްޓަރުންނާ އެކު ބާއްވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް މުއިއްޒު ބައިވެރިވަޑައިގަންނަވާނެ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި، އެ ޔުނިވާސިޓީގައި ތަގުރީރު ކުރައްވާނެ އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި މަލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އޮޅުންފިލުއްވައި، ދަތިވާ ކަންކަން ދެނެގަތުމަށް ހާއްސަ ބައްދަލުކުރެއްވުމެއް ވެސް ބާއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
27 April 2025
މެލޭޝިއާއިން އެންމެ އިސްކަމެއް ދީގެން ކުރާކަމަކީ ބިދޭސީން، ޚާއްސަކޮށް އަންސްކިލްޑް ބަންގަލަދޭޝް މީހުން އެޤައުމުން މަދުކުރުމެވެ! ރާއްޖޭގަ އަދިވެސް އޮންނަމުން ދަނީ ދިވެހީން ބާކީކުރާ ސިޔާސަތެކެވެ! ވަޒީފާގަ އުޅޭ ކޮންމެ ބޭރުމީހަކަށް ދިވެހީންނަށް ނުދޭ އެތައްޢިނާތަތެއް ސަރުކާރުންވެސް..!
ފަހުދު.
27 April 2025
ޔުންމު ވެސް ގެންދިޔައީ މެލޭޝިޔާ އަށް. ބޮޑުންތަށްވެސް މެލޭޝިޔާ އަށް
ފިޝް ކޭން
27 April 2025
ކިތައްފަހަރުންތަ ފުރާވަޑައިގެންނެވީ؟ ގައިމު ފުލުހުންގެ ޖަލްސާ އޮތް ރޭވެސް މި ފޮޓޯ ޖަހާފަ ފުރާވަޑައިގެންފި އެއްފަހަރު.
ސޫދާ ސޮބްރީ
27 April 2025
ރައީސް މުއިއްޒް ބޭކާރު ދަތުރެއް ނުކުރޭ. ގައުމަށް ބޭނުންވާ މުހިއްމު ކަންކަން ހަމަ ޔަގީނުންވެސް ބޭނުންވާ ގޮތަކަށް ކަންކަން ހޯދުމަށް އެބަ ކުރޭ.
ހަސަން ނިހާމް
27 April 2025
އިންޝާﷲ މިދަތުރުން ގައުމަށް ގިނަ ކާމިޔާބް ލިބޭނެ.
އަފްރާސިޔާބު
27 April 2025
ޕްރެޝަރަށް ވެއްޓުނީމާ ރަނގަޅުވާނީ ސިކުނޑިއަށް ލުއިކޮށްލަން ކޮންމެވެސް ބޭރު ތަނަކަށް ޖައްސާލިއްޔާ. އަނެއްކާ ނާއިބް ރައީސް ކަންވެސް ނޭނގޭ ދެން ގައުމު ހިންގާނީ. މީހުން ކިޔާ އޭނާއަކީ ޔާމީނު ފަޅީގެ މީހެކޭވެސް.
އަޅި އަލީ
27 April 2025
ހަދިޔާ ގެންނަށްޗޭ!
އިސް
27 April 2025
ވެއްޓުނު ކުއްޖާގެ ހާލު ބަލަން ދެއްތޯ
ރައްޔާން ޒުބައިރު
27 April 2025
މެލޭއަށް ހަމަ ރަނގަޅޭ ދާން ވަރަށް ދިވެހީން އުޅޭ ގައުމެއްނު މިހާރު ތިއީ
އަހުމަދު ޔަސައު
27 April 2025
އަހަރުމެން ކޮއްކޮމެން ތިބީ ރައީސް އައިމަ މީޓް ކޮއްލަން ވަރަށް ބޭނުންވެފަ