މިނިސްޓަރު އަމީން: އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
29 އެޕްރީލް 2025 - 14:21
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅީ ޕީޖީ ގްރޫޕްގައި ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށްފަހު 12 މެމްބަރުންގެ ސޮޔާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމާ ގުޅިގެން އަޅުގަނޑުމެން މި ނޯ ކޮންފިޑެންސް މަޖިލީހަށް ހުށަހެޅީ." ނާޒިލް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީން އެ މައްސަލަ ހުށަހަޅާފައިވަނީ މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި މިނިސްޓަރު އަމީނަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ.
އެ މައްސަލާގައިވާ ގޮތުން އެ ހާދިސާގައި އަމީންގެ އާއިލާ ބަޔަކު ހިމެނޭ ކަމަށާއި އެ ހާދިސާގެ ކުރިން ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގައި ކަން ވަނީ ފާހަގަކޮށްފަ އެވެ. އެހެންނަމަވެސް، ފުލުހުން އެ މައްސަލާގައި މައުލޫމާތު އާންމު ކުރުމުގައި އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އެ މި ކަންކަން ސިއްރު ކުރުމަށް ކަމަށާއި އެ ގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ މައުލޫމާތު ވެސް ސިއްރުކޮށްފައިވާ ކަމަށް މައްސަލާގައިވެ އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލާގައިވާ ގޮތުން މައްސަލާގައި ހިމެނޭ އަމީންގެ އާއިލާ ބޭފުޅުން ހިމާޔަތްކޮށް، ޖިނާއީ ހުކުމަކުން ބަރީއަކުރުމަށް މިނިސްޓަރު އަމީން ފުލުހުންގެ އިދާރާއަށް ނުފޫޒު ފޯރުވާފައިވާ ކަން އެ ކަންކަމުން ހާމަވާ ކަމަށެވެ. އަދި އެއީ މިނިސްޓަރުގެ ހައިސިއްޔަތުން ލިބިގެންވާ ބާރުގެ ބޭނުންކޮށް، އަމިއްލަ މަންފާ އާއި މަސްލަހަތު ކުރިއެރުވުމަށް ހިންގޭ ކަންކަން ކަމަށް ވެފައި މިނިސްޓަރު އަމީން ގާނޫނާ ހިލާފުވެފައިވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.
ފެންޓޯނިއާގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ހ. މިޓާޒްގޭގެ ގުދަނުގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮތްކަން ފުލުހުންނަށް ރިޕޯޓުކުރީ 18 ވަނަ ދުވަހުގެ ހެނދުނު 8:30 ހާއިރު އެވެ.
އެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދުގައި ކޮންމެ ރެޔަކު ބާއްވަމުންދާ ސިލްސިލާ އެއްވުމުގައި ވެސް ބައެއް މީހުން ވަނީ، އެ މައްސަލައިގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކިކުރުމަށް ގޮވާލައިފަ އެވެ.
ނަމަވެސް އަމީން ކުރިން ވިދާޅުވެފައިވަނީ އެ މައްސަލާގައި އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި އަދި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ވަރުގެ ކަމެއް ނުކުރައްވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދޫ
30 April 2025
މިކަހަލަ ބޭކާރު ކަންތައް ކުރަން އެމްޑީޕީ އިން އުޅޭނީ
ޭއަމީނު
30 April 2025
ބޭރުކުރޭ
އަޒްރާ
29 April 2025
ހީއެއްނުވޭ ތިކަންވާނެހެން ކަލޭމެން ސަރުކާރުގަ ތިބިއިރު ކިތަށް ވަޒީރުންގެ with ާރުނެތް މައްސަލަ އޭރު އިދިކޮޅު މެމްބަރުން ވެއްދިތަ؟ނެގުނުތަ ވޯޓެއް ހަމަ ބޭރު ކޮއލީ އޭރު އިދިކޮޅުން vewqdI ބިލަކަށް ބަހުސްވެސް ނުކުރެވޭ ބިލު ބަލައެއްވެސް ނުގަނޭ އޭރުވެސް އޮތީ ސަރުކާރަށް ސްޕަރމެޖޯރިޓީ މިހާރުވެސް ހަމަ އެހެން ރައްޔިތުންނަށް ފައިދާހުރި ކަމކާ އުޅުން ބުއްދިވެރި
އިނބިރާ
29 April 2025
މިނޫނީ ނެތްކަންނޭގޭ އޭނަ އުޅޭ ގޭގެ ސީސީޓީވީ ހަލާކުވެފައި ހުރި މިނިސްޓަރެއް. ބްރޯ ފުދިއްޖެ. މިހާރު މާގިނައިން ދޮގުހަދައިފި. މިވަރު މީހަކު ބަހައްޓަން ކަމަކުނުދާނެ މިހާ ބޮޑު މުހިންމު މިނިސްޓްރީއަކު. އަވަހަށް ބޭރުކުރޭ. މިހާރުވެސް މިއުޅެނީ ސަލާމަތްނުވެގެން. ކޮރަޕްޝަން އެކިލެވެލްގައި. ހައްދުން ނެއްޓިފައި. ލެޓްސް ސީ.! ބޯޅަ އޮތީ ރައީސްގެ ކޯޓްގައި. ރައްޔަތުން ތިބީބަލަން. މިފަސްއަހަރުވެސް ހަމަވާނެ.
ފަހުދު.
29 April 2025
ތީ މޯލްޑިވިއަނުންވެސް ގަދަކަމުން ބޭރުކުރި މީހެއް. ކުރިންވެސް ފެއިލިޔާއެއް. މިހާރުވެސް ފެއިލިޔާއެއް.
މައިކާލޯ
29 April 2025
މިގައުމު ހަލާކުވީ ޕާޓީތަކުން ވެރިކަމަށް އަންނަން ބޭނުކުރާ ސްޓްރެޓެޖީގެ ސަބަބުން. ޕާޑުފާޑުގެ ޕާޓެންނާއި ގޭންގުމީހުން ކެންޕޭންދުވަސްވަރު ކެންޕޭން ކުރަންގެންގުޅެނީ. އެމީހުންލައްވާ ހުރިހާކަމެއް މެނޭޖުކުރަނީ. ދެން ވެރިކަން ލިބުނީމަ ވެރިންނަށްވެސް މަޖުބުރުވަނީ އެމިހުންނަށް ދޫދޭން، ބޭންގޮތަކަށް އުޅުނަސް. އެއްޗެކޭ ބުނެވޭކަށްވެސްނެތް ވެރިކަމަށް އަންނަން އެހާ ބޮޑު ކަމެއް ކޮށްދިނީތީ. އެމީހުން ގައުމު ލޫޓުވިޔަސް ތިބެޖެހެނީ. މީ މިގައުމުގެ އަދުގެ ނާޒުކު ހާލަތު
ބާބާ
29 April 2025
މާބޮޑަށްވެސް ލަސް. އެކަމަކު އޭނަ ވިކިކުރާނެތަ؟ މުއިއްޒު ހޮވަން ހުރިހާކަމެއް ކުރި ކެންޕޭން މޭސްތިރި އެނައަކީ. ޔަގީން ވަކިނުކުރާނެ. އެމީހުންނަށްވެސް އެގޭ ވެރިކަން ކުރާޕާޓީއަށް އެމީހުން ވަކިނުކުރެވޭނެކަން، ވެރިކަމަށް އެޕާޓީގެނައިމަށް އެއޮތީ އެމީހުންނަށް ބަލަދުއަރާފައިކަން. އެކަމަކު މީ ވަރަށް ބޮޑަށް އިސްލާހަށް ބޭނުންވެފައިއޮތްކަމެއް.
މަނަސް
01 May 2025
ވަކިކުރެވޭނޭ، މުއިޒު މިފަހަރު ވިދާލުވެފައެއްނުއޮތީ، ފިވަވަޅުނޭޅޭނެ އެއްވެސް ފަރާތެއް ނުހުއްނާނެއެ!
ވެބްގަބޯ
29 April 2025
ހަމަ ދޭންޖެހޭނީ ވަރަށް ސާފުކޮށް މިބުނަނީ އިސްތިއުފާ ނުދިނަސް ރައްޔިތުންގެ އަޑުހުރިއްޔާ ޖެހޭނީ ހަމަދޭން ވަރަށް ބޮޑަށް ސާމިލްވޭ އެބަ މިކަމުގައި މީނަގެ އަތެއް ވާހެން މަށަށް ހީވަނީ ފުލުހުން އެބުނަނީ ފުޓޭޖްތައް ދޭށޭ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލަންޖެހޭނީ މީނާގެ މައްޗަށް ފުޓޭޖްތައް ދޭންއިންކާރު ކުރާނީ މަގަބޫލް ކުރާގޮތުގައި ބައިވެރިމުމެއް އޮތީތީ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ .!!!!!!
ޒތހސދ
29 April 2025
ހަމަޖައްސާލާ. މާ ބޮޑަށް ލޭމައްޗަށްތިދަނީ ބޭބޭ. ދެން ބުނެލަން އޮތީ އިސްތިއުފާ ނުދޭނޭ. ހުވަފެން ބެލުން ހުއްޓާލާ
އޭކުސަވާލް
29 April 2025
އަމީނާ އިޙްސާނުގެ އެއްވެސް އިތުބާރެއް ނެތްތޯ؟
ސަނަމް
29 April 2025
ބައްލަވާ އެބޭފުޅާ ވިދާޅުވީނުންތޯ އެބޭފުޅާ އުޅުނީ ރަށުންބޭރުގައޭ އަމިއްލަ ގެއެއްނޫނޭ، ސީސިޓީވެސް ހަލާކުވެފައޭ. ބޭސިކަލީ އެމީހާ އެބުނީ އެމީހާއަކީ ހޯމްލެސް މިނިސްޓަރެކޭ، އޭނަ ކުރާނެ ކަމެއްނެތޭ.