މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި ޒުވާނުން ކުރި މުޒާހަރާއެއްގައި އަޑު އުފުލަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
30 އެޕްރީލް 2025 - 00:36
އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓި މި މަހުގެ 18 ވަނަ ދުވަހު ބޮޑެތި އަނިޔާތަކެއްވި އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ އެންމެ ނާޒުކް އަދި އެންމެ އުނދަގޫ ސާޖަރީ މިއަދު ކޮށްފައިވާ ކަމަށާއި އެ ސާޖަރީ ކާމިޔާބު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާ އިން ބުނެފި އެވެ.
ގ. ރަނައުރާގޭއާގޭ ޔުމްނު އަށް އިތުރު ފަރުވާ ދިނުމަށް މެލޭޝިއާ އަށް ފުރުވައިލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
އޭގެ ފަހުން ޔުމްނުގެ އެންމެ ނާޒުކު ސާޖަރީ މިއަދު ކޮށްފައިވާއިރު އެ ސާޖަރީއަށް ފަސް ގަޑިއިރަށް ވުރެ އިތުރަށް ހޭދަވި ކަމަށް އާއިލާ އިން ބުންޏެވެ. މި އޮޕަރޭޝަން ކުރަން ޖެހުނީ ޔުމްނުގެ ކަރާ ދިމާލުން މައިބަދައިގެ ކަށިގަނޑުގައި ރެނދެެއް ލާފައި ވާތީ އެވެ.
އާއިލާ އިން ބުނިގޮތުގައި، މިއީ އުމްނުގެ އެންމެ ނާޒުކު އަދި އެންމެ ނުރައްކާތެރި ސާޖަރީ އެވެ. އެކަމަކު، އެ ސާޖަރީގެ ކަންކަން ފުރިހަމަކުރީ ވަރަށް އޮމާންކަމާ އެކު ކަމަށް އާއިލާ އިން ބުންޏެވެ.
ޔުމްނު އަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އިތުރު ސާޖަރީތައް އަދި ކުރަން ޖެހޭއިރު، އެ ސާޖަރީތައް މައްސަލައެއް ނެތި ކުރިއަށް ގެންދެވިއްޖެ ނަމަ އޭނާ އަށް އިށީނދެ އިނދެވޭނެ ކަމަށް އާއިލާ އިން ބުންޏެވެ.
ޔުމްނުގެ އާއިލާ އިން އެދުނީ އެންމެންގެ ހެޔޮ ދުއާ އާއި ލޯތްބަށެވެ.
Quick Update... sorry am late again.. family updates 1st..
— Mooch (@mooch3300) April 29, 2025
Naana has been in surgery since 3 PM today.. We chose not to share this earlier because we did not want you all worrying for the past 5+ hrs (3pm OT - 8:30pm DC to ICU)
I spoke to the doctor. الحمد لله everything went as… pic.twitter.com/HA4RbNUk9l
ޔުމްނުގެ އާއިލާގެ ޓުވީޓް
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ އެ ދުވަހު ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނުއަށް ފަރުވާ ދެމުން އައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.
ދަތުރު ކުރުމުގެ ހުއްދަ ލިބުމުން ޔުމްނުގެ އާއިލާ އިން އޭނާ މެލޭޝިއާ އަށް ގެންދިޔައީ އެ އާއިލާގެ ބައެއް މީހުން ވެސް އެ ގައުމުގައި ދިރިއުޅެމުން އަންނާތީ އެވެ. ޔުމްނުގެ ފަރުވާއަށް ހިނގާނެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވާއިރު، އޭނާ މެލޭޝިއާ އަށް ގެންދަން ބޭނުންވާ 25،000 ޑޮލަރު (385،500ރ.) އެންސްޕާ މެދުވެރިކޮށް ސަރުކާރުން ހަމަޖައްސައިދިނެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ސީޓުގެ ފައިސާ އެވެ.
ޓިކްޓޮކްގައި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލައިވް އިވެންޓެއްގައި އެކަނިވެސް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޔުމްނުގެ ފަރުވާ އަށް ވަނީ ހޯދައިފަ އެވެ
ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފަ އެވެ. ބަންދުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.
ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި އެ މީހުންގެ ފުރުން މަނާކޮށްފަ އެވެ. އަދި އެ އެންމެންގެ ފޯނު ވެސް ވަނީ ހާދިސާ ހިނގިތާ ހަތަރުވަރަކަށް ދުވަސް ފަހުން ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދާލަތު
30 April 2025
މާތްﷲ ޔުމްނުއަށް އަވަސްޝިފާދެއްވާ ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުދެއްވާށި. امين
ޑޮންޑީ ލޯޓަންގް
30 April 2025
މުޒާހަރާ ވައިވީ މުޒާހަރާގެ ބައިވެރިން ހީކުރިގޮތާ ހިލާފަށް ހަޅޭލެވިކުދިންނަށް ވަޒީފާގަނޑެއްހާ ހިސާބުވެސް ލިބިނީއެއްނޫން
ވާދީ
30 April 2025
ތި ދެން ތަންފުކެއް ބޮޑު ވަރު. ާއެންމެން ކަންކަން ކުރަނީ ސިޔާސީ ވަޒީފާ ހޯދާކަށް ނޫން.
އަޑުއިވޭ
30 April 2025
މިރާއްޖެއިން ދެވޭ ފަރުވާއަކަށް އާސަންދެއެއް ނުދެޔޯ ކިޔާދޯ.
ޖެންޒީ ވާވީ
30 April 2025
މުޒާހަރާ ވަރަށް ބޮޑަށްވާވެއްޖެ
ދީނީ ތާކިހަ އަޅައިން
30 April 2025
މީހުންނަށް ފުރައްސާރަ ކުރީމަ ސަވާބު ލިބެނޯތަ؟
ޖިން ޒީ
30 April 2025
ނޫނޭ އަވަގުރާނަ ގޮވީމަ
އަދުރޭ އމ އމ
30 April 2025
ޖިން ޒީ، އެންމެ ގިނައިން އަވަގުރާނަ ގޮވަނީ ސިޔާސީ ޕާޓީތަކުން. ދެން މަޖުލިސް ރައީސް މެންވެސް ދޯ
ތިބާ އަކީ ފުރިހަމަ މުސްލިމެއް؟
30 April 2025
މިތާ ކޮމެންޓް ކުރާ ބައެއް މީހުންގެ ބަސްމަގު ހުންނަ ގޮތުން ހީވާކަހަލަ ތިމާ މެންނަކީ ދުވަހު ފާފައެއް ނުކުރާ ބައެކޭ. ޒިނޭ ކުރުން، ނެތި މޮށުން، މައިން ބަފައިންނަށް އިހުމާލުވުން މިހިރީ އާއްމުކޮށް ދިވެހިންގެ ފަަރާތުން ފެންނަ ދީނާދުރު ﷲ ނުރުއްސަވާ ކަންކަން. ޔުމްނުގެ ފާފަ އާއްމުވި ގޮތަށް އެންމެންގެ ފާފަ އާއްމު ނުވިޔަސް ﷲ ތިމާމެން އުޅެފަ ހުރި ގޮތާ އުޅޭ ގޮތް ދެނެ ވޮޑި ގަންނަވާނެ. އަނެކާއަށް އިގިލި ދިއްކުރާއިރު އަނެއް 4 އިގިލި ތިމާއަށް އިނީމަ ކަމަކު ނުދޭ!
ޒުބޭރު
30 April 2025
އަލްހަމްދުލިﷲ. އަވަސް ޝިފާއެއް ދެއްވާށި. ކޮންމެ މީހަކީ ވެސް ދިރިއުޅުމުގައި ކުށެއް ކުރެވިދާނެ މީހެއް. އެކަކުވެސް ތިމާ ޔަކީ އެންމެ ފުރިހަމަ މީހާ ކަމަށް ގަބޫލުކޮއްގެން ނުވާނެ. އަހަރުމެންނަށް ތުރެ މާ ދީންވެރި މީހަކަށް އޭނައ ފަހުން ވެދާނެ. އިސްލާމު ދީނުގައި ތައުބާ ވުން އޮވޭ. ޔުމްނުގެ އިތުރައް މިނިސްޓަރ އަމީނު ގޭގައި އެރޭ ޕާޓީ ކުރި ފިރިހެން ކުދިން (ރައީސް އޮފީހުގެ ސްޓާފުން ހިމެނޭ ގޮތައް) ތެދުމަގު ދެއްކެވުން އެދެން. ފިރިހެން ކުދިން ނަކީ ވެސް ޒިންމާއެއް
ޖެން ކިއު
30 April 2025
މި ބައިގަނޑަށް 2023 އަހަރު ކުދިކޮށް ކޮށާލި ފުވައްމުލަކު ކުއްޖާއަށް އިންސާފު ހޯދައި ދޭން ނުނިކުމެވުނީ ކީއްވެ ބާ؟
ބީރުބޯ ވަޒީޜޫ
30 April 2025
ކަލޭ ނުކުތިންތަ؟؟؟. އެމަރުގައި ފުލުހުން ދޮގު ހެދިތަ؟؟
ޖެން ޒީ
30 April 2025
ބުނަން. އެބަޔަކު ބޭނުންވާ ކަމެއްގައި އެބަޔަކު މުޒާހަރާ ކުރަންވީ. ތީ ބޭކާރު ސުވާލެއް
އިންސާފް
30 April 2025
އެއްވެސް ފަރުވާލެއް ނެތް، އޭނައަށް ލިބެންޖެހޭ އަދަބު ލިބެންވާނެ..
މަވެސްބުނާނި
30 April 2025
އިންސާފު ލިބުނުކަމަށްވާނީ ކުށްވެރިންނަށް އަދަބުލިބުމުން.
ގެދާނޯމޮސް
30 April 2025
އިންޝާ ﷲ އަޅުގަނޑުމެން އެންމެންގެވެސް ހެޔޮދުއާ ޔުމްނު އާއިއެކު ވާނެއެވެ! އެގޮޅިއަކަށް އޭނާއަމިއްލަޔަށް ނުވަތަ ނުވަތަ ބަޔަކު އަރުވާ ސީސީ ފްޓޭޖް ގަސްތުގައި ނެތިކޮށްލާފަވާތީ އެކަން ވީހާއަވަހަކަށް އޭނާގެ ދުލުން އަހާލުމަށް މިވަނީ ވަރައް ކެތްމަދުވެފައެވެ.
ކޮރަލު
30 April 2025
ބަލަންވާ ޤާނޫނުން ވަކިމީކު އިސްތިސްނާވެގެން ނުވުާނެ