އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުން.-- ފޮޓޯ: އެމްޑީޕީ
02 މެއި 2025 - 23:05
އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދަދިނުމަށް ޒުވާނުން މާލޭގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގައި ބައިވެރިވާން އެމްޑީޕީން މިރޭ ނިންމައިފި އެވެ.
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވަނީ ޒުވާނުންގެ މުޒާހަރާ ހުއްޓުވަން ފުލުހުން ބާރުގެ ބޭނުންކޮށްގެން އެ ޒުވާނުންނަށް އަނިޔާކޮށް، ބައެއް ޒުވާނުން ހައްޔަރުކުރަމުން ދާތީ ކަމަށް ބުނެ އެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ އެ މުޒާހަރާގެ ޒުވާނުން އެ މީހުންނަށް ބޭނުންވާ އާލަތާތްތައް ފޯރުކޮށްދިނުމަށާއި އެ މީހުންނަށް ބޭނުންވާ "މޯރަލް ސަޕޯޓް" ދިނުމަށް އެމްޑީޕީގައި އެދިފައިވާ ކަމަށެވެ. އެހެންވެ، އެ ޕާޓީން އެ ސަޕޯޓް ޒުވާނުންނަށް ދިނުމަށް ފަހަތަށް ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހައްގުތައް ހޯދާ ކަމަށް ވަންޏާ، ޕާޓީއަކުން ކުރި ކަމަށް ވިޔަސް، ވަކިވަކި ފަރުދުން ކުރިކަމުގައި ވިޔަސް، ކޮންމެ ކަމަކީ ވެސް ސިޔާސީ ކަމެއް. ޒުވާނުންގެ މި ހަރަކާތަކީ ސިޔާސީ ޕާޓިއަކުން ހިންގާ ކަމެއް ނޫން. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް އޭގެ އަސަރުކުރާނެ ގޮތްތަކަކަށް އެ ބޭފުޅުންގެ އެ އިހުތިޖާޖުކުރުމާ ދޭތެރޭގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން އަޅުގަނޑުމެންނަށް އެކަމާ ކަންބޮޑުނުވެ ތިބެވޭކަށް ނެތް،" ފައްޔާޒް ވިދާޅުވި އެވެ.
— MDP Secretariat (@MDPSecretariat) May 2, 2025
އެ ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީގެ އާންމު މެމްބަރުން ވެސް ވަނީ ޒުވާނުންގެ މުޒާހަރާ ހުއްޓުވަން ސަރުކާރާއި ފުލުހުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެފަ އެވެ. އަދި ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް، ބައެއް ޒުވާނުން ހައްޔަރުކުރުމުން އެކަން ކުށްވެރި ކުރި އެވެ.
ޔުމްނު އަށް އިންސާފު ހޯދައިދޭން ގޮވާލައި، ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ބޭއްވި މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަނީ ރޫޅާލައިފަ އެވެ. އެ މުޒާހަރާ ރޫޅާލި މިއީ ފުރަތަމަ ފަހަރެވެ. މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ ވެސް ފުލުހުން ރޭ ބޭނުންކުރި އެވެ. އަދި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ދެ މީހަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ.
ސަރުކާރުން މިއަދު ވަނީ ފުލުހުންގެ ހުއްދަ ނެތި މާލޭގައި އެއްވެ އުޅެވޭނެ އިތުރު ތިން ސަރަހައްދެއް ކަނޑައަޅައިފަ އެވެ. އެއީ ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނު ސަރަހައްދާއި އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދެވެ. އެ ނޫން ސަރަހައްދުތަކަށް އެއްވާ ނަމަ، އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރު ވެސް ފުލުހުން މިރޭ ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
03 May 2025
އެމްޑީޕީގަ މެމްބަރުން ކިތަންމެ ގިނަ ޔަސް މުޒާހަރާ އަށް ދާނީ މަދު ބައެކެވެ. ދިވެހީންނަކީ އަބަދުވެސް އެއިރަކު އޮންނަ ސަރުކާރެއް ފަހަތުން ދުވާ ބައެކެވެ.
މުރަކަ
03 May 2025
އެމްޑީޕީގަ ބަޔަކު ތިބެގެންތާއެވެ
އެމީހުން
03 May 2025
އެއީ މިހާރު އަސްލު ޒުވާނުންގެ މުޒާހަރާއެއް ނޫން މިހާރު އެއީ އެމްޑީޕީގެ މުޒާހަރާއެއް.
އަހުމަދު މުހައްމަދު އަލީ
03 May 2025
ހަލޯ މަ މި އުޅެނީ އެކްސްޕެޓް ގަ ބެހެއްޓި ޑިޕޮސިޓް ފައިސާ ނުލިބިގެން މުޒާހާރާ ކުރަން ނިކުންނަން. އެމް ޑީ ޕީ ން މީހުން ކޮޅެއް ފޮނުވާލަ ދެއްވާތި ސައުންޑް ސިސްޓަމަކާ ޕިަކަޕާ އެކު. އެއްވަން ގަސްތު ކުރާ ތަން ފަހުން އިޢުލާނު ކުރާނަނަް. އަޅުގަނޑަކީ އެކަނި ފަރުދެއްވީމާ ފުދޭ ވަރަކަށް މީހުން ބޭނުންވޭ 5 ހާސް ވަރު ފޮނުވާލަ ދެއްވުމަށް އެމް ޑީ ޕީ ގަ އެދެން.
އައިމިނާ
03 May 2025
ޒުވާނުން ދައުވަތެއް ނުދޭ. ހަމަ މުޒާހަރާ ކުރަންބޭނުންވާތީ ތިޔަ ނުކުތީ.
ލޮލް123
03 May 2025
ތީ ސިގިރޭޓް ނުބޮވިގެން ކުރާ މުޒާހަރާ އެއް އަސްލު!
ބުރަތޭރީ
03 May 2025
މަގުމަތި ހަލަބޮލިކޮށް މުޒާހަރާ ކުރުމަކީ ހައްލެއްނޫން. އަބަދުވެސް އެމްޑީޕީ ގެ ސްޓައިލަކީ ދޮގުވާހަކަ ފެތުރުމާ، ބޭއަދަބީ ބަސްތަކުން ޒުވާނުން ވާވައްދައިގެން، އޭރެއްގައި ވެރިކަންކުރާ ފަރާތްތަކަށް ޖެއްސުންކުރުމާ، ގައުމުގެ ތަރައްގީއަށް ހުރަސްއެޅުން..ކުރިން ތިޔަ ބަހަނާތަކަށް ރައްޔިތުން ހެއްލުންވިޔަސް، ގިނަ ރައްޔިތުން ތިޔަ ސްޓައިލް ބަލައެއްނުގަނޭ.
ކަހެރުވައް
03 May 2025
މުޒާހަރާގައި ބައިވެރިވާން ނިންމައިފިއޭ؟! މިސްކިތު ހުޅުޖެހި މީހާ ބުނިހެން މަށޭ އެބަ ކިޔާހެއްޔޭ އެމްޑީޕީން ތިބުނަނީ. ޒުވާނުންގެ މުޒާހަރާއޭ ކިޔާ ފިތުނައިގެ އަލިފާން ރޯކޮށްފަ ނުދެނެތިބި ކަމަށް ހަދައިގެން މިބުނަނީ އަލިފާން ރޯކުރުމުގަ ތިމަންނަމެންވެސް ބައިވެރި ވާނަމޭ.. ކިހާ ތާހިރު ދޯ..!
ހާލުގެދ
03 May 2025
މި ސުރުހީ އެންމެ ގުޅޭނީ " ފިތުނައިގެ އަލިފާން ފެތުރުމަށްޓަކައި ފާޅުގައި ނުކުންނަށް ނިންމައިފި "
ޑރ ރާމާ
03 May 2025
ކުރިންވެސް އެމްޑީޕީން ބައިވެރި ނުވަނީ ހަމައެކަނި ނަމުންނެވެ. އަސްލަކީ ތިޔަ މުޒާހަރާޔަކީ އެމްޑީޕީގެ ކަމެކެވެ. ދެން މިހާރު މަޑުމަޑުންގޮސް ތިޔަ ހަވާލުވެސްވެނުނީ އެވެ…
ށަވިޔަނި
03 May 2025
ނުވާންވީ ކީއްވެ؟ މިއަދު އިދިކޮޅުގައި އޮތީ ޕީޕީއެމް ނަމަ އެމީހުން ތިބޭނީ ސަދިޖައިގައި ދެއްތޯ؟
ކޮއްކޮބެ
03 May 2025
އެމްޑީޕީއިން އެކަންޏެއް ނޫން. އަދާލަތު ޕާޓީ، އުމަރު ނަސީރު، ޝަލަފް ޖަމިއްޔާވެސް ޖެންޒީގެ މުޒާހަރާތަކުގައި ބައިވެރިވެ އަޑުއުފުލަންވީ.
ޖެއްސު
03 May 2025
އެހެން މީހުން ނޫޅޭ މޮޔަވެގެންނެއް
ސުހާނާ
04 May 2025
ކޮއްކޮބެ ހަމަ ބުނެލީ އެމީހުން އެބައިވެރިވީ. ނޫނޭވާ ކަލޭ ތިޔައީ "ގަދަ" މީހެއް.