ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާ، މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަނީ --- ފައިލް ފޮޓޯ: މަޖިލިސް
05 މެއި 2025 - 08:53
މިހާރު ސަސްޕެންޑު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަކީ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައި އެކަމާ މެދު ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ގޮތެއް ނިންމަން ފޮނުވުމާ އެކު، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ކަންބޮޑުވުން ފާޅުކުރައްވައި މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް އިއްޔެ ސިޓީއެއް ފޮނުއްވައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހު މަގާމުން ސަސްޕެންޑް ކޮށްފައިވާ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން އިއްޔެ ނިންމީ އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ ގުޅޭ މައްސަލަ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މިހާރު އަމަލުކުރާ ގާނޫނުއަސާސީ ޑްރާފްޓު ކުރި މަޖިލިހުގެ ކޮމިޓީގެ މުގައްރިރުގެ މަގާމު ވެސް ފުރުއްވި އިބްރާގެ ސިޓީގައި ވަރަށް ގިނަ ކަންކަން މަޖިލިހުގެ މެމްބަރުންގެ ސަމާލުކަމަށް ގެންނެވި އެވެ.
އިބްރާ ފާހަގަކުރެއްވި އެއް ކަމަކީ ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހުން ބަލާއިރު، އެ ދެ ބޭފުޅުން ކަމާ ގުޅޭ ކޮމިޓީ އަށް ހާޒިރު ކުރައްވައި މައުލޫމާތު ސާފުކުރެއްވުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމެވެ.
"އެހެނީ އެ ފަނޑިޔާރުންގެ މުހިންމު އެއް ޝަކުވާއަކީ ދިފާއު ވުމުގެ ހަމަތަކުން ކޮމިޝަން އެއްކިބާ ވެފައި ވުމެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން އެއްފަހަރާ ވަކިކުރެއްވުމާ މެދު ގޮތެއް ނިންމެވުމުގެ ކުރީގައި އެ ފަނޑިޔާރުންގެ ބަސް މަޖިލީހަށް ހޯއްދެވުމަކީ ކޮންމެހެން ކުރަން ވާނޭ ކަމެއް ކަމަށް ދެކެމެވެ،" އިބްރާ ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ނަމަ މަޖިލިހުގެ ކޮމިޓީން ފުރަތަމަ ބަލަން ޖެހޭނީ ޖޭއެސްސީގެ މެމްބަރުންގެ ސުލޫކީ މައްސަލަ އެވެ. އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ބަލައި މަގާމުން ވަކިކުރުމަކީ ކުޑަކަމެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު.
"އެކީ އެއްފަހަރާ ތިން ފަނޑިޔާރުންގެ މައްސަލައި، ވަކިކުރާން ނިންމުމަކީ ބުއްދި ހައިރާން ކުރުވަނިވި ކަމެއް ނޫންތޯ އެވެ؟ އެ ކޯޓަކީ ގާނޫނުއަސާސީ ރައްކާތެރި ކުރުމަށް އޮތް އެންމެ މަތީ ފަރާތެވެ. އެ ކޯޓުގެ ފަނޑިޔާރުން ބައްލަވާ މައްސަލައަކާ ގުޅިގެން ތިން ފަނޑިޔާރުން އެއްފަހަރާ މަގާމުން ވަކިކުރެވޭ ކަމަށްވާ ނަމަ ދެން ރައްކާތެރިކަމެއް އޮތީ ކާކަށް ކޮން ކަމެއްގައިތޯ އެވެ؟" އިބްރާގެ ސިޓީގެ ސުވާލު ކުރައްވާފައި ވެ އެވެ.
އޭނާ ވިދާޅުވީ، ޖޭއެސްސީގެ ނިންމުން ދިރާސާ ކުރުމުގައި މައިގަނޑު ދެ ކަމަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ފުރަތަމަ ކަމެއް ކަމަށް އިބްރާ ފާހަގަކުރެއްވީ ޖޭއެސްސީން އެ މައްސަލާގައި އަމަލުކުރީ ހެޔޮ ނިޔަތެއްގައި ތޯ އާއި ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތައް ފުރިހަމަ ކުރިތޯ އެވެ.
"ދެވަނަ ކަމަކީ މައްސަލައިގެ ނިންމުން ނިންމާފައި ވަނީ ކޮމިޝަންގެ ކުރިމައްޗަށް ހުށަހަޅުނު ހެކިތައް ރަނގަޅަށް ވަޒަން ކުރައްވައި، ގާނޫނީ އުސޫލުތައް ތަތްބީގާ ކުރައްވައިގެންތޯ އާއި މި ދެ ކަންތަކުގެ އަލީގައި ކޮމިޝަންގެ ނިންމުން ރަނގަޅުތޯ އެވެ،" އިބްރާ ވިދާޅުވި އެވެ.
އެހެނީ އެ ފަނޑިޔާރުންގެ މުހިންމު އެއް ޝަކުވާއަކީ ދިފާއު ވުމުގެ ހަމަތަކުން ކޮމިޝަން އެއްކިބާ ވެފައި ވުމެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން އެއްފަހަރާ ވަކިކުރެއްވުމާ މެދު ގޮތެއް ނިންމެވުމުގެ ކުރީގައި އެ ފަނޑިޔާރުންގެ ބަސް މަޖިލީހަށް ހޯއްދެވުމަކީ ކޮންމެހެން ކުރަން ވާނޭ ކަމެއް ކަމަށް ދެކެމެވެ،"--- އިބްރާ
އެ ދެ ކަންތަކަށް ރިއާޔަތް ކުރަން ޖެހޭ ސަބަބަކީ އޭނާ ވިދާޅުވިގޮތުގައި ފަނޑިޔާރަކު ވަކިކުރުމަކީ ފަނޑިޔާރެއްގެ ސުލޫކާ ގުޅޭ ތައުދީބީ އަދަބުތަކުގެ ތެރެއިން އެންމެ މަތީ އަަދަބު ކަމަށް ވާތީ އެވެ.
"ހަމަ އެހެންމެ ފަނޑިޔާރެއްގެ މައްސަލައެއް ބެލުމުގެ އިޖުރާއަތުތައް ބަޔާން ކޮށްފައި އޮންނައިރު، އެ އިޖުރާއަތުތައް ހިންގެނީ 'ކުއްސި ކޯޓެއްގެ' ސިފައިގަ އެވެ. އެހެންކަމުން އެފަދަ މައްސަލައެއްގައި އިޖުރާއަތުތައް ފުރިހަމަވެފައި ވުމާއި އަދުލު އިންސާފުގެ އަސާސީ ހަމަތަކުން އަމަލު ކުރެވިފައި އޮތުމަކީ އެންމެ ފުރަތަމަ ޝަރުތެވެ. އެކަން ފުރިހަމަ ނުވާ ނަމަ ނިންމުމަށް ބަލާކަށް ނުޖެހޭނެ އެވެ،" އިބްރާ ފާހަގަކުރައްވާފައި ވެ އެވެ.
"އެއަށް ފަހު ރަނގަޅު އިޖުރާއަތުން ކަން ކޮށްފައި އޮތް ނަމަވެސް ހެކިތަކުން މައްސަލަ ސާބިތު ކުރެވޭތޯ އާއި ކަނޑައެޅޭ އަދަބަކީ ސާބިތުވި ކުށާ އެކަށީގެންވާ އަދަބެއްތޯ ވެސް ބަލާލަން ޖެހެ އެވެ."
އެ ހުރިހާ ކަންބޮޑުވުމާ އެކު، އިބްރާ ވިދާޅުވިގޮތުގައި، ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރުމުގައި ޖޭއެސްސީން އަމަލު ކޮށްފައި ވަނީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާން ކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށެވެ. އެހެންވެ، އޭނާ ދެކެވަޑައިގަންނަވަނީ އެ ކޮމިޝަންގެ މެމްބަރުން މި މައްސަލާގައި އަމަލު ކޮށްފައި ވަނީ ސުލޫކުން ބޭރުން އަދި ހެޔޮނިޔަތެއް ނެތި އެވެ.
"ގާނޫނުން ބަޔާންކުރާ ސުލޫކުން ބޭރުގައި ކޮށްފައިވާ އެއްވެސް ކަމަކީ ގާނޫނީ ބާރު އޮންނާނޭ ކަމެއް ނޫން ކަން މި ހިދުގައި ފާހަގަކުރަމެވެ،" އިބްރާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުލީމާ
05 May 2025
އިބްރާގެ ކޮއްކޮ ފައްޔާޒުގެ އެމް.ޑީޕީ ވެރިކަމުގައި ހިސާނު ޖޭއެސްސީއަށް ލައިގެން ފަނޑިޔާރުން ވެރިކަން ކުރި އިރު ތިޔަ ސިޓީ ނުފޮނުވީ ކީއްވެތޯ
ކައުންސެލަރު....
05 May 2025
ދޮގެއްވާނޫން!! އިބްރާވެސް ރަނގަޅުވާހަކަ ދައްކަނީ ބައެއްފަހަރު. އެހެން އިރުއިރަށް އޮންނަނީ މަސްލަހަތަށްބެލުން. ކަޑައޭ
ހިސާބު ސޯ
05 May 2025
ކޮންމެ ސަރުކާރެއްގައިވެސް ސްޕްރީމް ކޯޓާއި، ކްރިމިނަލް ކޯޓަށް އައްޔަންކުރަނީ ސިޔާސީ ފަނޑިޔާރުން. މިކަން މިގޮތަށް ޔާމީނަށް ނުކުރެވި އުޅެނިކޮށް ސްޕްރީމް ކޯޓުން ބަޣާވާތްކުރަން އުޅުނީ. ދެން އެމްޑީޕީގެ އެކްޓިވިސްޓް ހުސްނުއް ސުއޫދު ސްޕްރީމް ކޯޓަށް ލައިގެން އެމް.ޑީ.ޕީންވެސް ސްޕްރީމް ކޯޓު ސިޔާސީ ކޮށްލީ. ހަޤީގަތް ވަރަށް ސާފު
ތިއްތިބޭގެ މުންޖިދު
05 May 2025
ކަލޯ އިބުރާ! ކީއްކުރަން ބޭކާރު ސިޓީ އެއް ފޮނުވީ? މީނަ ފޮނުވި ސިޓީ ރަހީމުބޭ އަށް ކިޔާނެ ވަގުތެއް ވެސް ލިބޭނީ 2 މީހުން ވަކިކުރުމަށް ފަހު ކަމެއް ބެލެވޭތީ؟ އަދި ޑިމޮކުސްރިސީ މިހާރުވަނީ ދޮންވެ ފައްކާ ވެފައި
މރ.ރެޑްކާޕެޓް
05 May 2025
މޑޕ އިން ސޯލިހު ހިސާނާ ގުޅިގެން ޖޭއެސްސީއާއި މަޖިލީސް ހިސޯރުކޮށްފަ 5 އަހަރު ބާއްވައިގެން ބަރިބަރިއަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުންތައް ބޭރުކޮށްލިއިރު ކޮބާ އިބުރާ؟؟؟ މިހާރު ތިވަކިކުރަންއުޅެނީ އޭރުތިބި ފަނޑިޔާރުން ވަކިކޮށްފަ ހިސާނާ ސޯލިހުއާ އަންނި ބޭނުންވެގެން ވެއްދި "ސިޔާސީ" ފަނޑިޔާރުން. އައިގޮތަކަށް ދާނެތާ؟؟
ބިންބި ސަހަރު
05 May 2025
ތިޔަ ވިދާޅުވާ ޕްރޮސެސްއެއް ފޮލޯކޮށް އިންސާފުގެ މަގުން މަސައްކަތް ކުރާނީ އެތަނުގައި އިންސާފަކީ ކޯންޗެއްކަން އެގޭ ބަޔަކު ތިބިނަމަތާ، ދުރުން މަންޒަރު ބަލާއިރު ފެންނަނީ ރައީސް ބޭނުންނުވާ ބަޔަކަށް ސްޕްރީމް ކޯޓުގެ ފަޑިޔާރުންގެ ގޮތުގައި ނުތިބެވޭނެކަމަށް ދެކޭ ސިޔާސީ އެކްޓިވިސްޓުންތަކެއް ޖޭއެސްސީގައި ތިބި ތަނެވެ، އެބައިމީހުން ވާޖިބަކަށް ވަނީ ވެރިމީހާ ރުހޭ ގޮތަށް ނިންމުންތައް ނިންމައި ވެރިމީހާގެ ރުހުން ހޯދުމެވެ.
ތުނޑުޙަސަނު
05 May 2025
ތިޔައިގައިހުރި ބަސްތަކަކީ ހީވާގޮތުން އިބްރާ އެހާ ރަށްޓެހިވާނެ ބަސްތަކެއް ނޫނެވެ. ރައްދުވާ މީހުންގެ ތެރެއިން މީހަކު އެމީހެއްގެ ބަސް ވިކިދާނެހެން ހީވާ މީހަކަށް ލިޔެފައި ދިން އެއްޗަކާ ވަރަށް ވައްތަރެވެ. އެހެންނޫނަސް އެންމެ ފަހުބަސްބުނާ މީހާއަށް މީނާވާންއުޅުމަކީ ހެއްވާ ކަމެކެވެ.
އަހުމަދުބޭ
05 May 2025
3 ބާރޭކިޔައިގެން މިގެނައި ޑިމޮކްރަސީވެސް ގޮސްނިމެނީ އެއްބާރުގެ މައްޗަށް، އަދި މިގެނައި ޑިމޮކްރަސީގައި ކަންކަން މިފެންނަމުންދަނީ މާހަޔާތްކުޑަކޮށް، ލަދެއްހަޔާތެއް ފޮތެއްނެތް، ދެންމިކިޔަނީ ރައްޔިތުން ކަޑައީއޭ ޑިމޮކްރަސީއަށް ރައްޔިތުން ފައްކާނުވަނީއޭ، މިހާރު 20 އަހަރުވަނީ ފައްކާވިކަމަކަށްނުވި، ސިޔާސީ ވެރިން ދައުލަތްލޫޓުވުމުގައި ރެޔައިދުވާލު އެހެންތާވާނީ ވެރިކަމަށް މިއާދެވެނީ ތިޖޫރީހުސްކޮއްލައިގެން ދެންމިޖެހެނީ ވައްކަންކުރަން..
ކަތްދައްތަ
05 May 2025
އިބްރާ އެދައްކާވާހަކަ ރައްޔިތުންނަށް ފަހުމުވާނީ އަދި ދެތިން އަހަރު ފަހުން. އިބްރާއަށްއެގޭ ފަނޑިޔާރުގެއަށް ހުރަހެއްނެތި ހަމަލާތައް އަމާޒު ކުރެވޭ ގޮތަށް ނިޒާމުގެ ބޭނުން ކުރާނަމަ، ރައްޔިތުންގެ ބޮލުގަ ބަރުހަތިޔާރު ޖައްސައިގެންވެސް ވެރިން އެމީހުން ބޭނުން ކުރާނެކަން. އެދުވަހުން ކޯޓުގަ ތިބޭނީވެސް ވެރިންގެ ގެރިންކަން. އިބުރާ ކުރައްވާ މިބާވަތުގެ ހެޔޮ ކަންކަމަށް ފުރިހަމައަށް ތާއިދުކުރަން. މިހާހިސާބަށް ކަންކަން ދާއިރުވެސް އުއްތަމަ ފަނޑިޔާރު ވީތަނެއް ކޮބާތޯ
އިބުރައިހިމްބެ
05 May 2025
އިބުރާ މޮޅަށް ޤާނޫނު ހެދީމަ އެއޮތީ ޝަރުޢީ ދާއިރާ އޭރެއްގަ ހުންނަ ރައީސެއްގެ މުށަން އަންނަގޮތަށް ފަރުމާކޮށް ހިލާލާފަ. މައުމޫނަށް ލަނޑުދޭން ހެދި ޤާނޫނު އަސާސީ އެންމެފަހުން ރައްޔިތުންނަށް މުސީބާތަކަށް. ފަނޑިޔާރެއްގެ އަގެއްނތެް. ރަްކާތެރިކަމެއްނެތް. ޖޭއެސްސީ ފޯމިކޮށްލާފަ އޮތީ އެހާ މޮޅަށް. ރައީސަށް ހުރިހާ ބާރެއް ލިބޭގޮތަށް. އެކަންކުރީ އިބުރާމެން ރާވައިގެން ގަސްތުގަ، މޑޕ އަށް ވެރިކަން ލިބުނު ހިސާބުން އެކުޅިގަނޑު ފަށައިފި.
އަޅި އަލީ
05 May 2025
ކުރީ ސަރުކާރުން އެއްފަހަރާ 5 ފަނޑިޔާރުން ވަކިކުރި އިރު މަނިކްފާނު ކޮބާތޯ! ވަކި ކުރަނވީ! އެއްމެންވެސް ވަކި ކުރަންވީ! ތިޔައީ ތިޔަތުން ލިބޭ ކުޑަ ލާރި ކޮޅަކަށް ތިބޭ ބައެއް!
ދޮނަޅަ
05 May 2025
ދުނިޔޭގެ އެއްވެސް ގައުމެއްގައި ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ކުރުމުގެ ބޭނުމުގައި ހަދާފައިވާ ގާނޫނެއްގެ ސައްހަކަން ކަށަވަރުކުރަން ކޯޓަށް މައްސަލައެއް ހުށަހަޅައި އެމައްސަލައިގެ އަޑުއެހެންތަށް ފަށައި ސަރުކާރުގެ ވިސްނުމާ އެއްގޮތަށް އަމުރެއް ނެރެ ނުދީ މައްސަލަ ކުރިޔަށް ގެންދިޔުމަށް ނިންމައި ޝަރީއަތަށް ފަޑިޔާރުން ވަންނަން ތައްޔާރުވަމުން ދަނިކޮށް ކުއްލިއަކަށް ސަންޕެންޑް ކުރީ. އެވެސް ހަމަ ކުއްލިޔަކަށް އައި ސިޓީއެއް ބަހަނާއަކަށް ދައްކައިގެން.