ހއ. ބާރަށް: މި ރަށުގައި ވެސް ސިހުރުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައި.--- ފޮޓޯ: އަލިފްސް ގްރަފީ
05 މެއި 2025 - 17:05
ހއ. ބާރަށުގައި ސިހުރު ހަދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން އެ ރަށުގެ 8 ތަނެއް މިއަދު ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިއަދުގެ ހެނދުނު ހަތަކުން ފެށިގެން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގައި ބާރަށުގެ 8 ތަނެއް ބަލައި ފާސްކޮށް 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އެކަމަކު، ސުވާލު ކުރުމަށް ފަހު އެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ 8 ތަން ބަލައިފާސްކޮށް، މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
"ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހދ. ކުޅުދުއްފުށީގައި ވެސް ސިހުރުގެ މައްސަލަ ބޮޑުވެ، ފުލުހުން މިދިޔަ ފެބްރުއަރީ 20 ގައި ހިންގި އޮޕަރޭޝަނެއްގައި 10 ގެއެއް ބަލައި ފާސްކޮށް 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދާފައި ވެ އެވެ. އެ މައްސަލާގައި ބަޔަކު އޭރު ހައްޔަރެއް ނުކުރެ އެވެ. ފަހުން އޭގެ އެއްވެސް ތަފުސީލެއް ފުލުހުން މީޑިއާ ހިއްސާއެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
06 May 2025
ތިޔަ ކަން ކުރާ ބައެއްގެ ފޮޓޯ ޖަހާލަ ބަލާށެވެ.
އައްޓަމަސް
05 May 2025
މީ ހާދަ ސިހުރުޖެހޭ ސަރުކާރެކޭ ދޯ!
މޮޔަ ސޮރު
05 May 2025
މީ ދެން ކޮން މޮޔަ ކަމެއްތަ އަޅޭ...
ޝުޖާބެ
05 May 2025
ލަދުން ބޯހަލާކު ރަށުމީހުން މިއުޅޭގޮތުން. ރައީސް މުއިއްޒު ސިހުރުވެރިން ސައިޒުކުރާތަން މިފެންނަނީ. އެންމެން ހެޕީ ހެޕީ ؟
ޑރ ވާންޗޯ
05 May 2025
ސިހުރުހަދަން ތިހާވަރުހުރިއްޔާ ތިޔޮއްހުރިހާ ބޭކާރު ގަސްތަޢް އަނބު ގަސްތަކަކަށް ހަދާލަބަލަ. !!!!!