މަޖިލީހުގެ މިއަދު ކޮމެޓީގައި ކަސްޓަމްސްގެ އިސްވެރިންތަކެއް ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
06 މެއި 2025 - 15:12
ރާއްޖެ އަށް ވޭޕް އެތެރެ ކުރި މައްސަލަތަކުގައި ވަކިވަކި ފަރުދުންގެ މައްޗަށް އައިސްފައިވާ ޖޫރިމަނާގެ އަދަދު 40 މިލިއަން ރުފިޔާ އިން މަތި ކަމަށާއި އެކަމަކު އެ މީހުންގެ އަތުން އެހާ ބައިވަރު ފައިސާ ދައުލަތަށް ލިބިދާނެ ކަމަށް ބުއްދި ގަބޫލު ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީގައި ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކަށް ކަސްޓަމްސްގެ ހިޔާލު ހޯދުމަށް ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ވަގުތީ ކޮމިޓީގެ ބައްދަލުވުމުގައި، ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓު އޮފް ކަސްޓަމްސް އަހުމަދު ސިމާހު ވިދާޅުވީ ރާއްޖެ އެތެރެކުރާ ކޮންމެ ވޭޕް ޑިވައިސް އަކަށް 10،000ރ. ގެ ޖޫރިމަނާއެއް އަރާއިރު، އެ ޑިވައިސްތައް ރާއްޖެ އެތެރެ ކުރުމުގެ އަދަބެއްގެ ގޮތުން ވަކިވަކި ފަރުދުން 40 މިލިއަން ރުފިޔާ އިން ވެސް ޖޫރިމަނާ ކުރަންޖެހޭ ކަމަށެވެ.
ނަމަވެސް، އެގޮތަށް ޖޫރިމަނާކޮށް ތަންފީޒު ކުރާއިރު އެއީ ލިބޭނެ އަދަދެއްތޯ ވިސްނާލަންޖެހޭ ކަމަށް ސިމާހު ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެ ކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
"މި ވަގުތު ފާހަގަކުރެވިފައި ހުރި ކޭސްތަކުގައި އެބަހުރި އިންޑިވިޖުއަލް، އަމިއްލަ ފަރުދުން 48 މިލިއަނުން، 40 މިލިއަނުން ޖޫރިމަނާ ކުރެވިފައި، މި [ޖޫރިމަނާ] ކުރަންޖެހޭ ގާނޫނާ އެއްގޮތަށް. އެހެން ނަމަވެސް އެ ފައިސާ ހޯދުމަކީ އަޅުގަނޑުމެންގެ ބުއްދި ގަބޫލު ނުކުރޭ އަމިއްލަ ފަރުދެއް ބޭރުން އަންނައިރު މި ގެންނަ ޕެކޭޖެއްގެ ތެރެއިން މި ހުންނަނީ އެ ފްލޭވާ، އާލަތްތައް އެއްކުރީމަ ކޮންމެ އެއްޗެއް ވަކިން 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް،" ސިމާހު ވިދާޅުވި އެވެ.
އެ ބޮޑު ޖޫރިމަނާ ފައިސާ ނުލިބުމަކީ ކަންބޮޑުވުމެއް ކަން ކަސްޓަމްސް އިން ފާހަގަކުރި އެވެ.
"އެއީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް. ތަންފީޒު ކުރެވިދާނެ. ފެނުނީމާ އެ ވަގުތަށް ޖޫރިމަނާ ކުރެވިދާނެ. އެހެން ނަމަވެސް އެ ފައިސާ ހޯދުމާއި އެ ލިބޭނެތޯ ވެސް އަޅުގަނޑުމެން ހީވަނީ [އެއީ] އިތުރަށް ވިސްނާލަންޖެހޭ ކަމެއް ހެން،" ސިމާހު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދު ކޮމެޓީގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް
ސީނިއާ ސުޕްރިޓެންޑެންޓު އިބްރާހިމް ފަޔާޒު ވިދާޅުވީ، ވަގަށް ސިނގިރޭޓު ފަދަ ތަކެތި އެތެރެކުރުމުގެ އަދަބަކީ މިލިއަނެއްހާ ރުފިޔާގެ ޖޫރިމަނާ ކަމަށެވެ. އެކަމަކު 120 މިލިއަން ރުފިޔާގެ ފައިދާ ނެގޭ އެއްޗަކުން މިލިއަން ރުފިޔާގެ ޖޫރިމަނާއަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެ ފަދަ ހާލަތްތަކުގައި އެ ލިމިޓު އުވާލެވޭ ގޮތަށް ބަދަލު ގެނައުމަށް ފަޔާޒު އެދިވަޑައިގަތެވެ.
ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި އިންޒާރުގެ ފޮޓޯއާ އެކު ނުރައްކާތެރިކަމުގެ ލޭބަލް ނުޖަހައި ރާއްޖެ އަށް ސިނގިރޭޓު އެތެރެކުރުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
ނަމަވެސް، ވޭޕާއި ސިނގިރޭޓު ވަގަށް އެތެރެކުރުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
ފަޔާޒު ވިދާޅުވިގޮތުގައި، ވޭޕާއި ސިނގިރޭޓު ވަގަށް އެތެރެ ކުރުމުގައި މި އަހަރުގެ މިހާތަނަށް ވިއްސަށް ވުރެ ގިނަ މައްސަލަ ފެންމަތިވި އެވެ. އެ އިން ކޮންމެ މައްސަލައެއްގައި ވެސް ޖޫރިމަނާކޮށް، ވަކިން ޖިނާއީ ތަހުގީގު ކުރާނެ ކަމަށާއި އެހެންވެ، ކަސްޓަމްގެ މަސައްކަތްތައް ވެސް ބުރަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވީ، ރާއްޖެ އަންނަ ޔޮޓުތަކުން ވަގަށް ސިނގިރޭޓު ފޮށިތައް ގެނެސް ރަށްރަށަށް އެތެރެކުރާ ކަމަށެވެ. އެ މަންޒަރު ހަމަ ލޮލުން ފެނިވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއާއެކު، ކަސްޓަމްސް އިން ބުނީ ޔޮޓުތައް ފާސްކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
07 May 2025
ކަސްޓަމްގެ އިސްވެރިންނަށް ވަކިރޫޓަކުން އަންނަ ކަސްޓަމަރުންގެ މުދާ އަވަހަށް ކްލިއަކުރެވޭގޮތް ބުއްދިގަބޫލުކުރޭތޯ؟.
ޢިބުރާހިމް ވަހީދު
07 May 2025
ތިހެންބުނާބަޔަކުއިސްތިފާދީފަ ޖޫރިމަނާ ނުހޯދެންޏާ ޖަލުގެ އަދަބުދީ
އަލިތަކުރުއްދީން
07 May 2025
އިންސާނީ ހައްގުތަށް ފައްކާވެ ޑިމޮކްރަސީ ދޮންވެ ދިޔަފައިބާ ގައުމުތަކުގައިވެސް ޖޫރިމަނާ ނުދައްކާފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ ބައެއް ހިދުމަތްދިނުމުގައި ދަތިކުރޭ، މިގޮތުން ރާއްޖޭގައިނަމަ އާސަންދަ ނުދޭންވީ،
ކޮތަރޭ
07 May 2025
އަތުލީމަ އަތުލެވޭނެ. އެމީހަކު ޖޫރިމަނާ ނުދައްކާނަމަ އެމީހެއްގެ އައްޑީ ކާޑު ބޭނުންކޮށްގެން ސަރުކާރުން ހޯދާ އެއްވެސް ޙިދުމަތެއް ޖޫރިމަނާ ނުދައްކަނީސް ހިދުމަތް ނުލިބޭނެ ގޮތް ހަދާފަ ބަހައްޓާ. އޭރުން މަ ދައްކަން ޖެހޭ ޖޫރިމަނާ އެއް އޮތްނަމަ މަ ސައިކަލުގެ އަހަރީ ފީ ދައްކަން ދިޔައިމަ ބުނާނެ ފުރަތަމަ ސަރުކާރަށް ދައްކަން އޮތް ޖޫރިމަނާ އެތް ނުދައްކާ އޮތީމަ އަހަރީ ފީ ދެއްކޭކަށް ނެތޭ.
ހުސެން ސައީދު
07 May 2025
40 މިލިއަން އުމުރުގައިވެސް ނުފެންނަ މީހަކު ކިހިނެތް ދައްކާނީ. އެ ދައްކަނީ ރަނގަޅު ވާހަކައެއް.. ޖަލު ހުކުމަކާ އެކީ އެމީހެއްގެ އަތުން ހޯދޭނެ އަދަދެއް ޖުރިމަނާ ކުރީމަ އެއްޗަކަށް ވާނީ... ބޯގޯސް
ވ. ސަލަަން
08 May 2025
ޖޫރިމަނާ ދަކަންދެން ޖަލައްލާ، ކުއްކުރަނީ ޖޫރިމަނާ ދައްކަން ޖެހޭކަން އިނގިތިބެގެން ،
ޖުހާލު
07 May 2025
ޖޫރިމަނާ ވަކިމުއްދަތެއްތެރޭ ދައްކާ ހަލާސްކުރަން އަންގާ...، އަނެއްކާވެސް އެޖޫރިމަނާ ނުދައްކައިފިއްޔާ ޖޫރިމަނާކުރޭ
ކަޓޭ
07 May 2025
އެ މީހުންގެ ހަރު މުދާ ވިއްކާފަ ވެސް ތި ލާރި ނުވަތަ ހޯދަންވާނެ
ރާއްޖެ
07 May 2025
ޥޭޕް މަނާ ކޮއްފަ އޮތީ ހަމަ އެކަނި ކަރުދާހުގަ.
ބަބޫ
07 May 2025
ކޮބާ ކޮންތާކު މިޖެހެނީ؟ ޖަޒުބާތުގެ ތިބެގެން ކަންކަން ނިންމަން ހިފީމަ ވާނީ މިހެން. ތިކަންވެސް ތިޔަވީ ޖަމަލު ފޮޑިއަކަށް. ކަމެއް ކުރާއިރު ވިސްނާނުލާކަން މީގެންވެސް އެގެނީ.
ތިލަން
06 May 2025
މުއިއްޒު ކުރިއެއްކަމަކު ވޭޕް މަނާ ކުރުން އެއީ ހަމަ ވަރަށް ރަނގަޅު ކަމެއް. އެންފޯރސްމަންޓް މެކޭނިޒްމްތައް މުރާޖަޢާކޮށް ރަނގަލޅު ކުރޭ. ސިނގިރޭޓުވެސް ފޭޒް އައުޓްކޮށް އެއްކޮށް މަނާ ކުރަން ޖެހޭ. ހެރޮއިން ބޭނުން ކުރާ މީހުންގެ ތެރެއިން %25 މީހުން މަރުވަނީ ހެރޮއިން އާއި ގުޅުން ހުރި ސަބަބުތަކާ ހުރެ. ސިނގިރޭޓު ބޯ މީހުންގެ ތެރެއިން %50 މީހުން މަރުވެގެން ދަނީ އެއާގުޅުން ހުރި ސަބަބަކާހުރެ.
މޮޔަމުއިއްޖު
06 May 2025
ވޯޓު ނުދީފިއްޔާ ޖޫރިމަނާ ކުރަން ބިރު ދައްކަން އެ ވިސްނަނީ