ސުޕްރީމް ކޯޓު: ސުޕްރީމް ކޯޓު ހުއްޓިފައި އޮންނާތީ އިބްރާ ދުސްތޫރީ މައްސަލައެއް ވަނީ ހުށަހަޅާފައި - ފޮޓޯ: މިހާރު
08 މެއި 2025 - 17:10
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރުމަކީ އެ ކޯޓު ހިންގުން ހުއްޓުވާލުން ކަމަށް ވިދާޅުވެ، އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު އިބުރާގެ ފަރާތުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަކީ އަބަދުމެ، ހިނގަހިނގާ އޮންނަން ޖެހޭނެ ތަނެއް ކަމަށް ގާނޫނުއަސާސީ ތަސައްވުރު ކުރާއިރު، ފަނޑިޔާރުންގެ ސަސްޕެންޝަނާ އެކު ކޯޓުގެ ބައެއް މަސައްކަތްތައް ހުއްޓިފައި އޮންނާތީ އެވެ.
އެ މައްސަލަ ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަންއާ ދެކޮޅަށެވެ.
އިބުރާ "މިހާރު" އަށް ވިދާޅުވީ ދުސްތޫރީ ނިޒާމަކީ އެއްކޮށް ގެތިފައި އޮންނަ އެއްޗެއް ކަމެއް ކަމަށާއި އޭގެ ތެރެއިން އެންމެ ނިޒާމެއްގެ މަސައްކަތް ހުއްޓުނަސް މުޅި ނިޒާމް ރޫޅިގެންދާނެ ކަމަށެވެ. އަދި މިހާރު ދުސްތޫރީ ނިޒާމް އޮތީ އެ ހާލަތުގައި ކަމަށާއި މިއީ ހައްލުކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރިއިރު، އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ފަނޑިޔާޜު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދިވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ. އަދި ކޯޓުގައި މި ވަގުތު ތިއްބެވީ ފަސް ފަނޑިޔާރުންނެވެ.
އިބުރާ ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރޭގައި ފަނޑިޔާރުންގެ ސަސްޕެންޝަން ނިމުމަކަށް ގެންނަން ވެސް އެދިފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޖުރާއަތްތަކާ ހިލާފަށް ކޮށްފައިވާ ސަސްޕެންޝަނެއް ކަމަށާއި އެކަމުގެ ވަށައިގެން ވަނީ މުޅިން ވެސް ގޯސް ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާ ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް މިއަދު ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ އެކަމުގައި ދުސްތޫރީ މައްސަލައެއް ނެތް ކަމަށް ބުނެ އެވެ. ނަމަވެސް، އެގޮތަށް ނިންމި ސަބަބެއް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބުރާގެ ފަރާތުން އެ މައްސަލަ މީގެކުރިން ހައި ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް، އެ ކޯޓުން ވެސް ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިޖިޓަލް ކަރަންފޫ
09 May 2025
ކޯޓު ހިންގުން ހުއްޓުވައިގެން އެމައްސަލަ ބަލާދޭށޭ ކިއާފަ ހަމަ އެކޯޓަށް މައްސަލަ ލަނީ. މިވަރުގެ ކަމެއް ޖުހާވެސް ނުކުރާނެ.
ގާޒަިބޭ
08 May 2025
ކަލޭ, ސްރޫހީ ކިޔާފަ ކޮމެންޓް ނުކޮށްބަލަ, ދަންނަ މީހުންނާއި ނުދައްނަ މީހުން އެއްވަރެއްނަުން. އެހެން ކަންކަމުގައި ހަމަ ހަމަ ވިޔަސް.
މުލޭ
08 May 2025
ފަނޑިޔާރުން ހައްޔަރުކޮށްގެންނާއި ފަނޑިޔާރުން ސަސްޕެންޑުކޮށްގެން މީގެކުރިން ވެސް ކަންތައްގަޑެއް ހިންގިއިރު އިބުރާ ހުރީ ކޮންތާކުތޯ. އޭރު ނުހުއްޓުނު ކޯޓެއް މިހާރު ވެސް ނުހުއްޓޭނެ.
މުލޭއަށް
08 May 2025
މުލޭ ކުރިން ތަންމައްޗަށް ހީސްލިއިރު މިހާރު ހީސްނުލަނީ ކީއްވެ
ހދހހ
08 May 2025
މީނަވެސް މީގާނުނު އަސާސީގެ ބައްޕަ ކަމިގައި ހެދިގެން އުޅޭ އެއްޗެއް..
ަބަބްސް
08 May 2025
އިބްރާ އަށް ރަނގަޅަށް އިނގޭނެ "ކަބްޒާ" ކޮއްފަ އޮތް ތަަނަކުން ލިބޭނީ މިޖަވާބުކަން.