ހައި ކޯޓުގެ ފަސް ފަނޑިޔާރުން: އެ ފަސް ބޭފުޅުންގެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުން --- ފޮޓޯ/ހައި ކޯޓް
20 ނޮވެމްބަރ 2025 - 20:27
ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ހައި ކޯޓުގެ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ މައްސަލަ އެއްފަހަރާ ބަލަމުން ދާއިރު، އޭގެ ތެރޭގައި ހައި ކޯޓުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ކަމަށްވާ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ މައްސަލަ ވެސް ހިމެނެ އެވެ.
ފަނޑިޔާރު ނިޔާޒުގެ ފަސް މައްސަލައެއް ޖޭއެސްސީން ބަލަމުން ދާއިރު، އޭނާ މިހާރު ވަނީ ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔާވުމަށް ހުށަހަޅުއްވައިފަ އެވެ. އަދި އޭނާއަށް ރިޓަޔާމެންޓްގެ ފުރުސަތު ދެއްވުމަށް ޖޭއެސްސީން މިހާރު ވަނީ ނިންމައިފަ އެވެ.
ފަނޑިޔާރުގެ ނިޔާޒުގެ އިތުރުން ޖޭއެސްސީން ދަނީ ފަނޑިޔާރު މުހައްމަދު ފައިސަލްގެ ސުލޫކީ މައްސަލައެއް ވެސް ބަލަމުންނެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ފައިސަލް އައްޔަން ކުރަން ޖޭއެސްސީން ކުރިން ނިންމި ނަމަވެސް އޭނާއާ އެ މަގާމު ރަސްމީކޮށް ހަވާލެއް ނުކުރެ އެވެ.
ނަމަވެސް ދާދިފަހުން އޭނާ ވަނީ ހައި ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރެއްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެނގިފައިވާ ގޮތުގައި ފަނޑިޔާރު ފައިސަލް އެ މަގާމުން އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާތީ އެވެ.
ޖޭއެސްސީން ދެން ބަލަމުންދަނީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީގެ މައްސަލަތަކެވެ. އެ ތިން ފަނޑިޔާރުންނަކީ ވެސް މިދިޔަ ސަރުކާރުގެ ތެރޭގައި ހައި ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުންނެވެ.
ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލަމުން ދާއިރު، އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން މިހާރު ހަވާލު ކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަޑިޔާރު ކުމާރު
21 November 2025
މަޖިލިސް މެމްބަރުން ނޫނަސް ފަޑިޔާރު ކަން 5 އަހަރަށް ކޮށްލެވުނަސް ތިބެނީ މުޅިން އެހެން ލެވެލްއެއްގަ، ދެމިގަނޭ ލޮނދި ފާނައެންހެން.. މި މީހުނަށް ކުރެވޭ ތުހުމަތުތައް ބަލަން ޖޭއެސްސީއަށް ޖެހޭ
ބަނޑިޔާރު
21 November 2025
އަތެއްނޫން ބާނަނީ. ދަނޑިޔާއި އޫ ބާނާ ފަހާލަނީ. މުޅި ޝަރުޢީދާއިރާ އެއްރޯނަކުންބަނދެ 2028 އިންތިހާބު އެހެންނުވިއްޔާ މިހެންވެސް ލޫޓުވާލަން ފޫގަޅަނީ. އިންތިހާބުގެ ކުރިން ޤައުމުގެ ހުރިހާ މުއައްސަސާއަކާއި ސިޔާސީ ލީޑަރުން ހިމެނޭހެން ހ އިން ފެށިގެން ޗ އަށް އަންބޮޑިއަށްކަހާލަނީ. ބުނާކަހަލަ "ޤައުމަކީ ޕީއެންސީ" އޭ. އެނޫންމިހަކަށް ނަމެއް ނުވަތަ ކަމެއްވެސް ހައްގެއްނޫނޭ. މަގާމެއް ނުވަތަ ޝަރަފެއްވެސް ހައްގެއްނޫނޭ. ވޯޓުންނުވިއްޔާ ކޯޓުންވެސް އުފުރާލަނަމޭ.
ގައުމަށް ފާވި ބަލާ
21 November 2025
"ފަނޑިޔާރު ނިޔާޒުގެ ފަސް މައްސަލައެއް ޖޭއެސްސީން ބަލަމުން ދާއިރު، އޭނާ މިހާރު ވަނީ ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔާވުމަށް ހުށަހަޅުއްވައިފަ އެވެ. އަދި އޭނާއަށް ރިޓަޔާމެންޓްގެ ފުރުސަތު ދެއްވުމަށް ޖޭއެސްސީން މިހާރު ވަނީ ނިންމައިފަ އެވެ" އަނެއްކާވެސް މި މީހުނަށް މުޅިއުމުރަށް ދައުލަތުން 50000 ހަރަދު ކުރަންޖެހޭ ވަޅުލަންދެން.
ނަބިއްޔާގެ ބަސްފުޅު
21 November 2025
ރަސޫލާގެ ހަދީސް ފުޅެއްގައި ބަޔާން ކުރައްވާފައި ވާކަމަށް އޮއްވައި އަހަރެން ދެކުނުން ކޮންމެ 3 ފަޑިޔާރުންގެ ތެރެއިން 2 މީހުނަކީ ނަރަކައިގެ އަހުލުވެރިން ކަމަށް.. ރަސޫލާގެ ބަސްފުޅުގެ ތެދުކަން އެވެ.
ވައްތަރުނޮޓްޕީޕަލް
21 November 2025
މުޅިން ނުބައިކޮށް.. ރަނގަޅަށް ހަދީޘް އަލުން ކިޔާލާ.. އޭގަ ނޯންނާނެ 3 ޤާޞިންގެ ތެރެއިން 2 ޤާޞީން ނަރަކައިގައެކޭ.. ހަދީޘް ގަ އޮންނާނީ 3 ވައްތަރެއްގެ ޤާޞީން ތިބޭކަމަށް.. އަދި އޭގެ ތެރެއިން 2 ވައްތަރުގެ ޤާޞީން ނަރަކައިގައޭ ވާނީ.. ސަލާމަތްވާ ވައްތަރުގެ ތެރޭގައި %95 ހިމެނިދާނެ ދޯ ހަމަ..
ޖޭއެސްސީގެ
21 November 2025
ފަޑިޔާރުންގެ ބަލަދުވެރި ފަރާތް ކަމަށްވާ ޖޭއެސްސީގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ކުރާ ނަމަ 100 އަކުން 1 ފަޑިޔާރު ވެސް ސަލާމަތް ވާނެ ކަމަށް ނުބެލެވޭ.
ގައްދީހުވާ
21 November 2025
ﷲ ގަންދީ ހުވާ ކޮށްފަ މި ބުނަނީ، ކުރިމިނަލް ކޯޓުގައި އޮތް މައްސަލައެއް އަވަސް ކޮށްދިނުމަށް އެދުމުން ފަނޑިޔާރުގެ ފަރާތުން އެދުނީ 100000ރ ދިނުމަށް.. މި މީހުންގެ މައްސަލަ ބެލޭނެ އެއްވެސް ގޮތެއް ނެތީތަ..
ޖޭއެސްސީ
21 November 2025
ޖޭއެސްސީގެ މެންޑޭޓް ގައި ހިމެނޭ ކަމެއް ފަޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަކީ، ބައެއް މީހުންގެ ކޮމެންޓު ތަކުން ހީވޭ ރައީސް އޮފީހުންނޭ ފަޑިޔާރުންގެ މައްސަލަ ބަލަނީ.. ފަޑިޔާރުންގެ މައްސަލަ މަހަކު އެއްފަހަރު އެބަ ބަލަންޖެހޭ... އެ މީހުނާ މެދު ކުރެވޭ ތުހުމަތުތައް އިންތިހާ.. ރަނގަޅު ފެށުމެއް
ހަތަރެސްފައި
21 November 2025
ހަތަރެސްފައިން ވައްކަން ކުރެވޭނަމަ އެކަން ވެސް ކުރާނެ ކަމަށް ފަނޑިޔާރުންނާއި މެދު ތުހުމަތު އެބަ ކުރެވޭ، ޖޭ އެސްއީ މިނިވަން ކަމާއި އެކު އެކްޓިވް ވާން އެބަ ޖެހޭ.. ރަނގަޅު މޫވް އެއް
ފައިބާނާނީ
21 November 2025
އަތެއް ނުބާނާނެ އިގިއްޖެ
ޢަރާނީ
21 November 2025
ޢަތް ބޭނިޔަސް ފައި ބޭނިޔަސް ގާނޫނަކަށް ވުރެ މިފަސް މީހުން މައްޗެއް ނުވާނެ
އަދުލު އިންސާފު
21 November 2025
" ޝަރުއީ ދާއީރާއަށް އަތް ބޭނުން މިހިނދުން މިހިނދަށް މި ނިމުނީ. " މިގައުމުގެ ކުށްވެރިންގެ މައްސަތަކަށް ވުރެ ނިސްބަތުން ފަނޑިޔާރުންގެ މައްސަލަ ބަލާވަރު ގިނަ.. މުޅިގައުމުގައި ތިބެނީ ޖުމްލަ 400 އެއްހާ ގާޒީންނާއި،މެޖިސްޓްރޭޓުންނާއި ، ފަނޑިޔާރުން. އޭގެތެރެއިން އަބަދުވެސް 100 އެއްހާ މީހުންގެ މައްސަލަ ކޮންމެވެސް އިދާރާއަކުން ދަނީ ބަލަމުން.. އެއްފަހަރާ އެއް ކޯޓެއްގެ 5 ފަނޑިޔާރުން ސުލޫކު ގޯސް ވެދާނެ ތޯ ސުވާލު އުފެދޭ..