ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައ މިނިސްޓަރު ހައިދަރު، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް
13 މެއި 2025 - 10:42
ސްޓޫޑެންޓް ލޯނު ނަގާ ދަރިވަރުންގެ ތެރެއިން 40 ޕަސެންޓް ދަރިވަރުން ލޯނު ދައްކާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަމަވެސް ކުރީ ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ސްޓޫޑެންޓް ލޯނު ނަގާފައިވާ ދަރިވަރުންގެ އަދަދު 10،000 އިން މަތީގައި އުޅޭއިރު އޭގެ ތެރެއިން ގަވައިދުން ލޯނު ދައްކަނީ އެންމެ 10 ޕަސެންޓް ދަރިވަރުންނެވެ.
ސްޓޫޑަންޓް ލޯނުގެ މައްސަލައިގައި މިނިސްޓަރު ހައިދަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން މިއަދު ވިދާޅުވީ ލޯނު އަނބުރާ ދެއްކުމުގައި ގިނަ މައްސަލަތަކެއް އެބަ ހުރި ކަމަށެވެ. އޭނާ ވިދާޅުވީ 60 ޕަސެންޓް ކުދިން އަނބުރާ ލޯނު ނުދައްކާ ކަމަށާއި، ދައުލަތަށް ލިބެންޖެހޭ އެ ފައިސާ ހޯދޭނެ ގޮތްތަކާ މެދު މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެކަމުގައި ވަރަށް އަވަހަށް ގޮތެއް ނިންމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"40 ޕަސެންޓު ވަރު އަނބުރާ ދައްކަނީ [ލޯނު] އިނގޭތޯ. އެހެންވީމަ އެކަމާ ބެހޭ ގޮތުން ވެސް އެއީ ދައުލަތަށް ލިބެންވާ ފައިސާ. ދައުލަތަށް ލިބެންވާ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންތައްތަކަށް މަޝްވަރާކޮށް އަޅުގަނޑުމެން އެއަށް ގޮތެއް ނިންމާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ސްޓޫޑެންޓް ލޯނުގައި އެކަނި ވެސް 1،650 ދަރިވަރުން ރާއްޖެ އިން ބޭރުގެ އެކި ގައުމުތަކުގައި މި ވަގުތު ވެސް ކިޔަވަމުން އެބަދެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރުގެ ޖެނުއަރީ އިން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ސްޓޫޑަންޓު ލޯނުގެ ގޮތުގައި 157 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބަލަހައްޓާ ސްޓޫޑަންޓް ލޯނާ ގުޅޭ ގޮތުން މީގެ ކުރިން ހަދާފައިވާ އޮޑިޓެއްގައިވާ ގޮތުން އެ ސްކީމުތަކުގައި ބޮޑެތި މައްސަލަތަކެއް އެބަ ހުއްޓެވެ. އޮޑިޓަ ޖެނެރަލް އެކުލަވާލައި، ކޮންމެ އަހަރަކު ނެރޭ ސްޓޫޑެންޓް ލޯން ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެކި ސްކީމުތަކުން 2014 އިން 2019 ގެ ނިޔަލަށް 1.8 ބިލިއަން ރުފިޔާގެ ލޯނު ދަރިވަރުންނަށް ދޫކޮށްފައިވެ އެވެ. ދަރިވަރުންނަށް ލޯނު ދޫކޮށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 173 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް އޮޑިޓް ރިޕޯޓުން އެނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
14 May 2025
ކޮންމެ އަހަރަކު ރިޒޯޓް އޯނަރުންނަށް އެތައް މިލިޔަން ޑޮލަރެެއް މާފްކުރޭ. ފާޑުފާޑުގެ ބޭރު ވިޔަފާރިތަކާ އެގްރިމަންޓް ހަދާފައި، އެ އުވާލައި އެތައް މިލިޔަން ޑޮލަރެއް ބަދަލުގެ ގޮތުގައި ދެނީ ކަޓް ލިބޭ މީހުންނަށް ޑީލް ތަކުން މިލިޔަނުން ޑޮލަރު ލިބޭތީ. މަސައްކަތް ޙަވާލުކުރަނީ ޕޭޕާރ / ކުދިކުދި ކުންފުނިތަކާ. މިހުރިހާ ފައިސާ އިސްރާފް ނުކޮށް، ޤަވާޢިދުން ލޯނުދައްކަމުންދާ ފަރާތްތަކުގެ ލޯނުގެ ބާކީ މާފްކޮށްދީ. އެމުއްދަތަށް އިތުރަށް ދައްކާފައިވާނަމަ އަނބުރާދީ!
ހުސްއަނގަގޯނި
13 May 2025
"ސްޓޫޑަންޓް ލޯނުގެ މައްސަލައިގައި މިނިސްޓަރު ހައިދަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން މިއަދު ވިދާޅުވީ ލޯނު އަނބުރާ ދެއްކުމުގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށް. އޭނާ ވިދާޅުވީ 60 ޕަސެންޓް ކުދިން އަނބުރާ ލޯނު ނުދައްކާ ކަމަށާއި." އެއީ ކޮންކަހަލަ ގިނަ މައްސަލައެއްތޯ ސުވާލުކުރާނެ މެމްބަރަކުނެތް. މުސާރަ ޖަމާވަނީ ބޭންކަށް. އަހަރެން ލޯނެއްނެގީން. މުސާރަ ޖަމާވާއިރަށް ލޯނަށް ކަނޑާލާ. ހަމަ މިގޮތަށް ކީއްވެ ނުނެގެންވީ. ވަކިބަޔަކު އަތުންތޯ ކަނޑަންވީ
ޓްރަލަލާ
13 May 2025
60% ލޯނު ނުދައކާދޯ! އޭގެ މާނައަކީ ސްކީމް ފޭލްވެއްޖެއޭދޯ. ދިގުމުއްދަތަކަށް މޮލަން ދެމެހެއްޓޭނީ ރަނގަޅަށް ސްކީމް ހިނގާނަމަދޯ!
އޮނަރަބްލް އަފީފު ދީދީ
13 May 2025
ކުދިން އުޅެބޮޑުވާ މާހައުލުގައި ހުންނަ ސަޤާފަތާއި، އަދި އެ މާހައުލުގައި ދިރިއުޅޭމީހުން އެފަދަ ކަންކަމަށް ހޭނި އާދަވެފައިވާ ކަންކަން އެތަނަކަށް ބޮޑުވާ ކުދިން ނަކަލުކޮށް އެކުދިންވެސް އެފަދަ ކަންކަމަށް ހޭނިގެންދާނެކަން ވަޒީރަށް އެގިނުލައްވާނަމަ، އެކަން އިގޭބައެއްގެ ކައިރިން އެކަންކަމުގެ ޙަޤީގަތް ދެނެގަތުމަށް މަސައްކަތްކުރެއްވުން ރަނގަޅު. ދައުލަތުގެ ފައިސާ އެމީހަކު އަތުޖެހުނުތަނަކުން ބަނޑުއެޅުމަކީ ސައްތައިން ސައްތަ މުސްލިމް މިޤައުމުގައި އޮތްކަމެއް.
މޯޑު_މާލެ
13 May 2025
ހަފްތާ ނިމޭދުވެހުގެ ކުރީ ދުވަސް.
ނުބައްދަލު
13 May 2025
ސްޓޫޑަންޓް ލޯންތަކަކީ ހިތަށް އެރީމަ ދައްކަން އޮންނަ އެއްޗެއް ނޫން. ކިޔާވާނިމި ވަޒީއިން މުސާރަ ލިބޭނީ ލޯނަށް ދައްކަންޖެހޭބައި އުނިކޮށްފަ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެކަން އޮންނަ ގޮތަކީ. ރާއްޖޭގައި ކޮންމެ ވުޒާރާއަކުންވެސް އެވަޒީރެއް ކުރިކަމެއް ދައްކަންވެގެން މިކަހަލަ ވަށާ ނުޖެހޭ ނިޒާމުތައް ރާވަނީ. މިއީ ޒަމާނީ މިފަދަ ނިޒާމްތަކާ ނުބައްދަލު ސިފައެއް. އިސްލާމިކް ބޭންކުން ވަޒީފާގެ ލިޔުން ދީގެން ނަގާ ލޯނަށް ފައިސާ ކަނޑާފަދޯ މުސާރަ ޖަމާވަނީ.
އެމްސް
13 May 2025
މިޤައުމުގަ ލިބެނީ މިނިމަމް ވޭޖް އެކެވެ. ލިވިންވޭޖް އެއް ނޫނެވެ! ލިވިން ވޭޖް އަކީ ކިހާވަރެއްކަންވެސް ހޯދިފައެއް ނުވެއެވެ!
މަބުނީ
13 May 2025
ސަހަލު ބަޔަކުނެތެއްނު. ކެވުނުގޮތަކަށް ކައިހުސްކުރަނީ. ލޯނުލަސްވަތީވެސް ލައްކަހަޅޭއްލަވައެއްނު.
ސަމޫދު
13 May 2025
ބައްލަވާ ކޮށްމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ރިސޯޓް އޯނަރުންނާއި މުއްސަނދިން ސަރުކާރަށް ދައްކަން ޖެހޭ އެތައް މިލިޔަން ރުފިޔާއެއް މާފްކޮށްދިނުމުގެ ބަދަލުގަ ސްޓޫޑެންޓް ލޯނު ނަގައިފަ ތިބި ކުދިންގެ ލޯނުތައް މާފް ކޮށްފިނުމުން ވޯޓް ވެސް ލިބޭނެ. ގައުމުގެ މިސްތަގުބަލަށްވެސް ރަނގަޅު. ބަޔަކަށް ހެޔޮކަމެއްވެސް ކޮށްދެވުނީ
ގޮނުއަނގަ
13 May 2025
އެކަކަށްވެސް އެކައްޗެއްވެސް މާފު ކޮށްދެވިގެން ނުވާނެ. އަދުލުވެރިކަމުން ބޭރަށް ގެންދާޢުޞޫލެއް އޮވެގެން މިހާރުވެސް ތިހެންތިޔަ ދުއްވާލަނީ. ދައުލަތަށް ލިބެންވާ ބޮޑުލާރިއެއްވެސް މާފު ކުރުމުގެ ބާރު އެކަކަށްވެސް އޮވެގެން ނުވާނެ. ފެނުންތަ މީހަކު ވެރިކަމުން ދުރަށްދާންވީމާ މިކަހަލަ ފައިސާތަކަށް ހަދާލިގޮތް. ދެން ޖެހުނުމީހާ ބުނީ މިކަންވެސް އިންސާފުން ބަލާނަމޭ. އެބަވޭތަ؟ ކުރޭތަ؟ ކޮބައި އިންސާފު. އެހެންހުރި ހުރިހާފައިސާ މާފު ނުކުރާހާ ހިނދަކު އިންސާފެއްނެތް.
ލޮލްޒ
13 May 2025
ބަރާބަރަށް ވަޒީފާއަށް ދަމުންވެސް ގަސްތުގައި ލޯނުގެ އެއްވެސް މިންވަރެއް ނުދައްކާ ތިބި އެތައްބަޔަކު އުޅޭ. ދެން މިހެން ތިބެފަ ކެންޕޭނަކާ ދިމާކޮށްފަ މީގެ ގުރޫޕެއްގެ ލޯނު މާފުކޮށްލައިފިނަމަ، އެއީ ގަވައިދުން ލޯނު ދައްކަމުން ދިޔަ މީހުންނަށް ވެވޭ ބޮޑު ބޭއިންސާފެއް.
ކޮރަލް
13 May 2025
ފައިސާ ނުދައްކާ ސަބަބު ބަލއިގެން ހައްލެއް ލިބިދާނެ އެވެ. ކިޔަވާ ނިމުނީ ވަޒީފާ އެއް ނުލިބެ އެވެ. މާލޭގެ ކެފޭ ހޮޓާ ފިހާރަ ގޮޅި ރެސްޓޯރަންޓޤ ތަކުގަ އެންމެ ދިވެއްސެއްވެސް ފެންނާކަށް ނެތެވެ. ސަރުކާރުން ފުރަތަމަ ވަޒީފާ ގެ ފުރުސަތު ތައް ތަނަވަސް ކޮށް ބަލާށެވެ. އޭރުން ވަޒީފާ ލިބުނީމަ ލޯން ވެސް ދައްކާނެ އެވެ.
ފަރަންޖީ
13 May 2025
ވަޒީފާ ނެތީބާ ނޫނީ ކޮންމެ ކޮންމެ ވަޒީފާއެއް ކަމުނުދަނީބާ؟