ޚަބަރު / ގާޒީ މަހާޒް އަލީ ޒާހިރު

އެއްވެސް ނުފޫޒެއްގައި ނުޖެހި މަސައްކަތް ކުރެވުނީތީ އުފާކުރަން: މަހާޒް

މަހާޒް ސުޕްރީމް ކޯޓުގެ ޝަރީއަތެއްގައި: އެ ކޯޓުގައި މަސައްކަތް ކުރެއްވީ ނުފޫޒެއްގައި ނުޖެހި ކަމަށް އޭނާ ވިދާޅުވި

14 މެއި 2025 - 13:03

11 comments

ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވިއިރު، އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށް އެ ކޯޓުގެ ފަނޑިޔާރުކަމުން މިއަދު ވަކިކުރެއްވި މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު މަހާޒާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް އެ ދެ ބޭފުޅުން ނުފޫޒު ފޯރުވި ކަމަށް ބުނެ އެ ބޭފުޅުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވުމުންނެވެ.

މަހާޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ސުޕްރީމް ކޯޓުގައި ކުރެއްވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި އަދި އެ މުއްދަތުގައި އެ ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށެވެ.

"އެއްވެސް ނުފޫޒަކަށް ބޯނުލަނބައި، މި ހިސާބަށް އާދެވުމުން އުފާކުރަން،" މަހާޒްގެ ޓްވީޓްގައިވެ އެވެ.

ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާއި އަދި ގާނޫނާ ހިލާފަށް ކުރަމުންދިޔަ ކަންކަމާ ދެކޮޅަށް ވާހަކަ ދެއްކި އަދި ހިތްވަރު ދެއްވި އާންމުންނާއި ވަކިވަކި ޖަމްއިއްޔާތަކަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.

މަހާޒް ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ ނޮވެމްބަރު، 2019 ގަ އެވެ. އޭނާ އޭގެކުރިން 2012 އިން ފެށިގެން ހުންނެވީ ޑްރަގް ކޯޓުގެ ގާޒީއެއްގެ މަގާމުގަ އެވެ. ސުޕްރީމް ކޯޓުގައި ފާހަގަކޮށްލެވޭ ބޮޑެތި އެތައް މައްސަލައެއް އޭނާ ނިންމެވި އެވެ.

މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީންނާއި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމި ނިންމުމާ މެދު އދ. އާއި ކޮމަންވެލްތުގެ އިތުރުން ބޭރުގެ ބައެއް ޖަމާއަތްތަކާއި ބާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

11 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 27%
icon wow icon wow 7%
icon inlove icon inlove 47%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

7441844119411

15 May 2025

ކުރީގެ ފަނޑިޔާރު މަހާޒް އަކީ ވަރަށް ޢިލްމީ ބޭފުޅެއް! ވަކި ކުރަންވީ ދީބަނާޒް މެންކަހަލަ ހުރިހާ ކަމެއް ދަންނަނުދަންނަ މީހުން!

The name is already taken The name is available. Register?

ފޮޅިމީޑީއ

15 May 2025

ރިފޯމްގެ އަންމައާ އައްޕަކަމަށް ދައުވާ ކުރާ އެމްޑީޕީއިްނ ޖުޑީސަލް ކަމިސަންއިން ސިޔާސީ މީހުން ބޭރުކޮށް މިނިވަން ކުރަން ވައުދު ވެގެން ރައްޔިތުން ސުޕަރ މެޖޯރިޓީ ދިނީމާ އެކަން ނުކޮށް ދައުރު ނިންމާލީ ކީއްވެތޯ އެޕާޓީ ޕާރލިމެންޓް ރައީސް އާޒިމާ ޕާޓީ ރައިސް ފަޔާ އެންޑިޕީ ޖުޑީސަލް ރައީސް ހިސާނު ކައިރީ އަހ ބުނާ އެއްޗެއް ދިރާސާ ކޮށް ގެނެަސް ދޭނެ އެންމެނޫސްވެރިއެއްވެސް މިގައުމުގައި ނެތިއްޔާ މާނައަކީ ރައްޔިތުންގެ ހައްގުގައި އުޅޭނެ މީޑީއާއެއްމިރާއްޖެއަކުނެތޭ.

The name is already taken The name is available. Register?

ތޯތޯ ނުކުރާ

14 May 2025

"މަހާޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ސުޕްރީމް ކޯޓުގައި ކުރެއްވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި އަދި އެ މުއްދަތުގައި އެ ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށެވެ." ނުފޫޒުތައް އަންނަކަން ޔަޤީންވެއްޖެ. އެހެންވީމާ ؟؟؟؟؟؟ ޢެފަދަ ކަމެއްގައި ނުޖެހި ކަންކަން ކުރުމަކީ އުފާކުރާކަމެއް.

The name is already taken The name is available. Register?

ޒަވިޔަނި

14 May 2025

ކައްޗަށް އެޅި ބިންގާ ކެއްޗާ ހަމަޔަށް ދިޔަޔަސް އޮންނާނީ ކައްޗަށެ، މުސްކުޅިން ބުނެއުޅޭ، މަގާމު ފެށުނީވެސް ބަޔަކަށް އިޖުރާތުން ބޭރުން މަގާމުން ވަކިކޮށްަގެނބ

The name is already taken The name is available. Register?

ސާދިގުލްއަމީން1

14 May 2025

މިރާއްޖޭގެ ފަހުގެ ތާރީޚުގައި ފެނުނު އެންމެ ރަނގަޅު އެއް ފަނޑިޔާރު މީ. ދެރަ ގޮތެއް ނުވާނެ އިރާދަ ކުރެއްވިއްޔާ.

The name is already taken The name is available. Register?

ވޯލް

14 May 2025

ރައްޔިތުން އަތިބާރުކުރާ އަދި ރައްޔިތުން އެދޭފަދަ ނަޒާހަތްތެރި ބޭފުޅަކަށް ވީތީ ރައްތިތުން އިހްތިރާމް ލިބޭނެ.

The name is already taken The name is available. Register?

ބާލީ

14 May 2025

ނުލިބޭނެ ފުރަތަމަ މަގާމަށް ވަޑާގަތީވެސް ހަމަ މިއަދު މިހިނގި ކަންކަން ހިންގާ ގޮޑި ހުސްވެގެން ދެއްތޯ<

The name is already taken The name is available. Register?

ލައިޓް

14 May 2025

ސުއޫދު އާއި މަޙާޒް އަށް ޝުކުރިއްޔާ! އަޒްމިރަލްޑާ މެޑަމް އަށް ވަކިން ބޮޑަށް ތެންކިޔޫ!

The name is already taken The name is available. Register?

ފަނޑިޔާރުގެ

14 May 2025

ފަނޑިޔާރެެއްގެ ނަޒާހަތްތެރިކަމަކީ ހަމައެކަނީ ނުފޫޒަށް ނުލެވި މަސައްކަތްކުރުމެއް ނޫނެވެ. އެހެން ފަނޑިޔާރުންނަށް ނުފޫޒުފޯރުވަން މަސައްކަތް ނުކުރުމަކީވެސް ނަޒާހަތްތެރިކަމުގެ ތެރޭގައި ހިމެނޭކަމެކެވެ. އެހެން ފަނޑިޔާރަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރުމަކީ ނަޒާހަތްތެރި ފަނޑިޔާރެއް ކުރާނެކަމެއް ނޫނެވެ.

The name is already taken The name is available. Register?

ސައްތަ

14 May 2025

ހުރިހާ ފަނޑިޔާރުންގެ ޗެކެއް ޖަހާލަބަލަ މައްސަލަ ތަކުގެ އަޕްޑޭޓް ބަލަން މައްސަލައެއް އޮތްތޯ ބަލަން ކިތައް ފަނޑިޔާރުން އެކަކު އަނެކަކު ގާތު އަހާތޯ؟ ބަލާފަ އެންމެން ބޭރުކޮށްލާ. އޭރުން ސަތޭކަ

The name is already taken The name is available. Register?

އެނެލިސްޓް

14 May 2025

ކުރީ ސަރުކާރުންވެސް ސުޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުން ވަކިކޮށް އަލުން ބެންޗު އެކުލަވާލީއޭ ބުނާއިރު އޭރު ވަކިކުރި ފަނޑިޔާރުންނާމެދު އާންމުންނާއި ވަކީލުން ދެކުނީ ކިހިނެއްތޯ؟ ކަންބޮޑުވެ ބަޔާން ނެރުނުތޯ؟ މީހެއްގެ މަސައްކަތް އަބަދުވެސް ބަލައިނުގަންނާނެ މީހުންތިބޭނެ. އެކަމަކު ބޮޑު ބަޔަކު މީހަކާމެދު ހެޔޮބަސް ބުނާނީ ރަނގަޅުވީމަ. ދީބާނާޒް މައްސަލަ ބަލާ ވާހަކަ ދެއްކީމަ ބަލަންޖެހޭކަމަށް މީހުން ކިޔަންފެށީމަ އެކަން ވަރަށް ސާފުވޭ. މަހާޒްއަކީ މޮޅު ބޭފުޅެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454