ގާޒީ ފަރުހާދު (ކ) އަދި ފަނޑިޔާރު ނިޔާޒް.
19 މެއި 2025 - 15:54
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާ ގުޅޭ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައި، އެ މައްސަލަތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން އެ ކޮމިޝަންގައި އޮންނަ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން މަސައްކަތް ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ފަނޑިޔާރު ނިޔާޒާ ގުޅޭ ގޮތުން ޖޭއެސްސީ އަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވަނީ ދެ މައްސަލައެކެވެ. އޭގެ ތެރޭގައި އޭނާ މެޖިސްޓްރޭޓް ކަން ކުރެއްވި ދުވަސްވަރުގެ މައްސަލައެއް ވެސް ހިމެނެ އެވެ. މި ދެ މައްސަލައަކީ ވެސް މީގެ ކުރިން ޖޭއެސްސީން ނުބަލަން ނިންމާފައިވާ ދެ މައްސަލަ އެވެ.
ގާޒީ ފަރުހާދާ ގުޅޭ ގޮތުން ޖޭއެސްސީ އަށް ހުށަހެޅީ، އެނގިފައިވާ ގޮތުގައި ޑިސްޕިއުޓް މަރުހަލާގައި ނިންމި ނިންމެއްގައި އޮތް ލިޔުމުގެ ކުށެއްގެ މައްސަލައެކެވެ. އެކަން ހައި ކޯޓުގެ ސަމާލުކަމަށް ވެސް އެ ދުވަސްވަރު ގެނައުމާ އެކު، ގާޒީ ފަރުހާދު ކުރެއްވި ހުކުމުގައި އޮތީ ލިޔުމުގެ ކުށެއް ކަމަށް އެ ކޯޓުން ވެސް ނިންމި އެވެ. އަދި ހައި ކޯޓުގެ އެންގުމާ އެއްގޮތަށް ފަހުން އެ ނިންމުމުގައި ޖެހުނު ކުށް ވެސް ސިވިލް ކޯޓުން އިސްލާހުކުރި ކަމަށް އެނގިފައި ވެ އެވެ. އަދި އެއީ ވެސް ޖޭއެސްސީން ކުރިން ގޮތް ކަނޑައަޅާފައި އޮތް މައްސަލައެކެވެ.
އެކަމަކު، މި ތިން މައްސަލައެއް ވެސް އަނެއްކާވެސް މިހާރު އޮތީ ޖޭއެސްސީގެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގަ އެވެ. އެ ކޮމިޓީން ވަނީ ފަނޑިޔާރު ނިޔާޒާއި ގާޒީ ފަރުހާދުގެ ފަރާތުން މައްސަލައާ ގުޅޭ މައުލޫމާތުތައް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ސާފުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަތައް ބެލުމާ މެދު ގޮތެއް ނިންމަން ކޮމިޝަންގެ ބައްދަލުވުމަށް ހުށަހަޅަން އެ ކޮމިޓީން ދަނީ ތައްޔާރުވަމުންނެވެ.
ފަނޑިޔާރު ނިޔާޒަކީ ހައި ކޯޓުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ މެންބަރެވެ. އަދި ގާޒީ ފަރުހާދަކީ ސިވިލް ކޯޓުގެ ގާޒީންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާފައިވާ ގާޒީ އެވެ.
އެ ދެ ބޭފުޅުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހަޅާފައިމިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖޭއެސްސީގައި ނެގި ވޯޓުގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރު ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނިކޮށެވެ. އެގޮތަށް ވޯޓު ދެއްވީ ވެސް އެ ދެ މެންބަރުން އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދުރީސްބެ
20 May 2025
ގަލޮޅު ސަހަރާ ކޮންނަންވީނުން. އެތާވެސް ތިބޭނެ ކުރިން މައްސަލަ ސާބިތުނުވާ އެތައް ސަތޭކަ ބަޔަކު!
ސުމާރުބެ
20 May 2025
ފަނޑިޔާރުގެ ފުނޑާލުމާ ދެކޮޅަށް ޖޭއެސްސީ ގައި ވޯޓުދެއްވި 2 ފަނޑިޔާރުންގެ ދުވަސް ދުއްވާލަނީ! ކޮންމެ މީހަކާ ވެސް ކުޅޭނެކަން ޔަޤީންވީ!
ކޮރޮކަލި
20 May 2025
ފަރުހާދަކީ މާ މޮޅު ފަނޑިޔާރެއް ނޫން. އޭނަ ބަލާފައި ހުރި ބައެއް މައްސަަލަތަކުން އެކަން އެނގެޭނެ.
ފެކްޓީ
20 May 2025
ފަނޑިޔާރަކު މޮޅު ވިޔަސް ދަށް ވިޔަސް އެމީހަކު ޖޭއެސްސީގައި ދިން ވޯޓައް ފަހު އަނިޔާވެރިވާކަށް ނުޖެހޭނެ. ސާފު ވެއްޖެ؟؟
ސުންބުޅި
20 May 2025
ޖޭ ވީ؟
މަޖުލިސް ރައީސް
20 May 2025
މަ އޭރުވެސް ރައްޔިތުންނަށް ދެންނެވިން އަޅުގަނޑުގެ ދަރިކަލުން ފައިސަލް ވަކިކުރީ ޤާބިލް ނޫންވީމަ ނޫންކަމަށް. މިހާރު އެ ފެންނަނީ ހުރިހާ ޤާބިލް ބޭފުޅުން ވަކިކުރާތަން.
އަލަމަލަ
20 May 2025
ހަލާކުގެ ތެރެއަށް ޤައުމުތައް ވެއްޓެނީ އިންސާފުން އެއްކިބާވެ، އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިއުމުން. މިހާރު މި ފެންނަނީ އަނިޔާގެ އިންތިހާ. ބޭނުންވަނީ 2028 އަވަހަށް އަންނަން.
އަހުޒަމް އަލީ
20 May 2025
ރައީސް ޑރ. މުޢިއްޒުއަށް ވޯޓު ދެވުނީތީ ހިތާމަކުރަން. މިނިވަންކޮށް މަސައްކަތްކުރަން ހުރިހާ މުއައްސަސާތަކަށް ވެސް %100 މިނިވަންކަން ދެއްވާނެކަމަށް ވަޢުދުވުމުން އަޅުގަނޑުމެން ރެއާދުވާލު މަނިކުފާނު ހޮވުމަށް ޖާނާ މާލުން ޤުރުބާންވީ. މިއަދު ތިޔަ ޖެއްސެވީ މޫނުމަތީ!
އިލްތިމާސް
20 May 2025
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެންމެ މޮޅު، އެއްވެސް ތުހުމަތެއް ނުކުރެވޭ ފަނޑިޔާރެއްގެ ދުވަސް ދުއްވާލަނީ ފައިސާއަށް ނުގުޑާނެތީ!
ސުންދުސް
20 May 2025
ހައިކޯޓުގައި ހުރި އެންމެ ޢަދުލްވެރި ފަނޑިޔާރު ދުއްވާލަނީ. ފަނޑިޔާރު ނިޔާޒަކީ ނުފޫޒަކަށް ނުގުޑާ، ނަޒާހާތްތެރި، ޚުލްޤްހެޔޮ ބޭފުޅެއް. މިއަދަކީ ދިވެހިރާއްޖެ އަށް ކަޅު ދުވަހެއް!
ހަސަނު
20 May 2025
ކަނޑާލާ ލިސްޓުގާ މިތި ފަނޑިޔާރުންނަކި މީހަކު ބުނާހާ ގޮތަކަށް ހުކުން ނުކުރާނެ، މީހަކު ދޭ އެއްޗެއްގާ ނުހިފާނެ މީހުން. ސަރުކާރަކަށް އެކަހަލަ ފަނޑިޔާރުން ކަމަކު ނުދޭ.. ސަރުކާރަށް ރަނގަޅީ ކުރިން އަލީ ހަމީދް އާ އަބްދުﷲ ސައީދުމެން އިރު އޮތް ޒާތު ފަނޑިޔާރުގެއެއް..
3 ބާރު
20 May 2025
ނިޔާޒު އަކީ ހައިކޯޓުގައި ހިމެނޭ ފަންޑިޔާރުން ތެރެއިން ތަޖުރިބާހުރި، އަދުލުވެރިކަމާއެކު ޝިރީޔަތް ކުރާ ފަންޑިޔާރެއް އަދި އެހެން ހަމަ ފަރުހަދަކީވެސް ސިވިލް ކޯޓުގައި ހިމެނޭ ރަގަޅު އަދުލުވެރި ފަންޑިޔާރުންތެރޭ ހިމެނޭ ފަންޑިޔާރެއް. އެކަމަކު މިއަދު ރާއްޖޭގެ ހަޤީގަތަކީ ސަރުކާރުން ބުނާހާ ގޮތަކަށް ކަންކަން ނުކުރޭ ފަންޑިޔާރުން މަޤާމުގައި ނުބޭތިއްބުން. މި 2 ފަންޑިޔާރުންގެ މައްސަލައަކީ މިވީ ޖޭއެސްސީ ގެ މެމްބަރުންގެ ގޮތުގައި ތިބެ އަދުލުވެރިކަން އިސްކުރުން.
ނެތްބާރު
20 May 2025
ސުޕްރީމު ކޯޓުން ބޭރުކޮށްލީ އެތަނުގައި ތިބި އެންމެ ރަނގަޅުމީހުން ނޫންބާ!