ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
21 މެއި 2025 - 18:40
ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އޮފީހުގައި ކަތުރުފަނި އަޅައިގެން އެ މިނިސްޓްރީގެ މުވައްޒަފުންގެ ކަންބޮޑުވުންތަކާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް އިއްޔެ ހުށަހަޅައިފި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީގެ އޮފީސް ކުރިން ހިންގި ގްރީން ބިލްޑިންގަައި ރޯވެ އަނދައިގެން ދިއުމުން މިހާރު ވަގުތީ ގޮތުން އެ އިދާރާ ހިންގަނީ ދަރުބާރުގޭގަ އެވެ. ދަރުބާރުގޭގައި ހިންގަނީ މިނިސްޓްރީގެ ތިމާވެއްޓާ ބެހޭ ބަޔާއި އެތަނުގެ ދަށުން ހިންގާ އީޕީއޭގެ މަސައްކަތްތަކެވެ.
ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ލޭބާ ރިލޭޝަން އޮތޯރިޓީއަށް ފޮނުވި އެ ޕެޓިޝަންގެ ކޮޕީއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ. އެއީ ސައްހަ ޕެޓިޝަނެއްކަން އެ މިނިސްޓްރީގެ މުވައްޒަފަކު ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
މުވައްޒަފުންގެ ފަރާތުން ހުށަހެޅި ޕެޓިޝަންގައި ބުނީ ދަރުބާރުގޭގައި ކަތުރުފަނީގެ އުނދަގޫ ބޮޑުވެ، މަސައްކަތްކުރާ ވަގުތު މުވައްޒަފުންގެ ބޮލަށާއި ގަޔަށް އަދި ގެންގުޅޭ ސާމާނަށް ވެސް ކަތުރުފަނި އަރާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ ގައިގައި ކަތުރުފަނި ހެފުމުގެ ސަބަބުން އެކި ކަހަލަ އެލާޖީ މައްސަލަތައް ދިމާވަމުންދާ ކަމަށް ވެސް ބުންޏެވެ.
ދަރުބާރުގޭގައި މަސައްކަތްކުރަން ދީފައިވާ ގޮނޑި އާއި މޭޒަކީ އެންމެ އެކަށޭނެ ފެންވަރެއްގައި ހުރި އެއްޗެހި ކަމަށް ނުވާތީ، މުވައްޒަފުންގެ އަތާއި ކޮނޑު އަދި އުނަގަނޑަށް އެކި ކަހަލަ ގެއްލުން ލިބި ފިޒިއޯތެރަޕީ ނަގާ ކަމަށް ވެސް އެ ޕެޓިޝަންގައި ބުންޏެވެ.
އެ ޕެޓިޝަންގައި ބަޔާންކޮށްފައިވާ ކަންކަމަކީ މިދިޔަ އަހަރު އެޕްރީލް މަހުގެ ދެވަނަ ދުވަހު ރައީސް ތަސްދީގު ކުރެއްވި "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސީއްހީ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން މަސައްކަތްތެރިންނަށް ދޭންޖެހޭ ހައްގުތަކެއް ކަމަށް ބުނެފައިވެ އެވެ.
މިނިސްޓްރީ ހިންގުން ދަރުބާރުގެއަށް ވަގުތީ ގޮތުން ބަދަލު ކުރުމުން ރައީސް އެތަނަށް ވަޑައިގެން މުވައްޒަފުންނަށް ރަނގަޅު ގޮތެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިތާ ހަ މަސް ދުވަސްވީއިރު ވެސް މުވައްޒަފުންނަށް ހުރި ދަތިތަކަށް ހައްލެއް ނުލިބޭ ކަމަށް ބުނެ އެ ޕެޓިޝަންގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރަވެލި
22 May 2025
ތިމާވެށި މިނިސްޓުރީއަކީ ވ ސުލޯ މިނުސްޓުރީއެއް. އަހަރެން ތިތަނަށް މިދިޔަ އަހަރު ވަޒީފާއަކަށް ލީން. ހަބަރެއްވީ 3 މަސް ފަހުން
ޑރ ވާންޗޯ
22 May 2025
ރާއްޖޭގަ ކަތުރުފަނި އަޅައިގެން ކައިހުސްނުކުރާ މިނިސްޓްރީއެއް އެބައޮތްތަ؟.
ވަސްރު
22 May 2025
ވެލާނާގޭގައި ގިނަ މިނިސްޓުރީތައް ހުރީ. އެއީ ދަރުބާރުގެ އަށް ވުރެ މާ ފަހުގެ އިމާރާތެއް. ކަތުރު ފަންޔަކީ ލަކުޑީގައި ގިނަ ދުވަސް ވެގެން އަޅާ އެއްްޗެއް
ރިއަލިޓި
22 May 2025
ދަރުބާރުގެ އަކީ ލަކުޑި ގިނަ އަދަދަކަށް ބޭނުންކޮއްފަ ހުރި ތަނެއް. އެހެނއވީމަ އެތާ ކަތުރު ފަނި ގިނައީ
އެމްސް
22 May 2025
ކަތުރުފަނި ފެސިލިޓީއެއްގެ ބޭނުންވެސް ބޮޑެވެ!
މިނިސްޓްރީ އޮފް ކަތުރުފަނި
22 May 2025
ތިމައްސަލަ ދަނީ ބަލަމުން
އަހައްމަދޫ
22 May 2025
އަދިވެސް ރައީސްއަށް ޕެޓިޝަންތަ ހުށަހަޅަންވީ. ތި ޕެސްޓް ކޮންޓްރޯލް ކުރާ ބަޔެއް ގެނެސް ތިތަނުން ރަނގަޅަށް ކަތުރުފަނި ފިލުިވަންވީނުދޯ. ވަކިކަންތަކަށްވީމަ ލާރިބޯކޮށް އޮހެނީ. އެހެންނޫނަސް މިހާރު ޕެޓިޝަން ހުށަހެޅުން ކަމަކީ. އިހަކަށް ދުވަހު ވެސް ބްރޯޑްކޮމްގެ ފާޑެއްގެ އެބޯޅޭ މިބޯޅޭ ގޮރޫޕެއް އުޅޭ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިގެން
ދަރުބާރު
22 May 2025
ސްޓާފުންނަށް ވީޑެއް ދިނީ މުއިއްޒު. އެހެންވީމަ ޕެޓިޝަން ވެސް ލާނީ އޭނައަށް ދޯ؟؟ދެން ބޭފުޅާއަށް ނޭގޭ ކަމަކީ އެއީ ކިހާ ދުވަހެއް ވެފަ ހުރި ތަނެއްކަން. ކިތަންމެ ބޭހެއް ޖެހިޔަސް އެތަނުގައި ކަތުރު ފަނި އާލާވާނެ
ދަރުބާރު
22 May 2025
ވޯޑެއް*
އޮނަރަބްލް އަފީފު ދީދީ
22 May 2025
މާލޭ އޮފީސްތަކުގެ މުވައްޒިފުން ޤަބޫލުކުރާގޮތުން އެންމެއާދައިގެ މުވައްޒިފު މީހާއަށްވެސް އޮފީހުގައި މުޅިންއެކަހެރިކޮށް ކެބިންގ އެއް ހުންނަންޖެހޭނެ. މީގެ ބޭނުމަކީ ރަސްމީ ގަނޑީގައި ސަރުކާރު އޮފީސް ތެރޭގައި އަމިއްލަ ކަންކަމާއި އަމިއްލަ އޮފީސް ހިންގުން. އެކަމަކު މިޒަމާނުގައި މިފަދަ އޮފީސްތައް ހިންގަނީ ދިގު މޭޒު ތަކުގައި މޭޒުގެ ދެފަރާތުގައި އެކަކު އަނެކަކަށް ފެންނަ ހިސާބުގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް. ތިޔަ އޮފީސްތައް ވެސް މިގޮތަށް ބަދަލު ކުރޭ.
އެމްސް
22 May 2025
އެމްއޭސީއެލްގަ އިންޑިއާގެ ޖީއެމްއާރު އިން އެންމެފުރަތަމަ ކުރިކަމަކީވެސް ކެބިންތައް މަދުކޮށް އެތެރެ ފެންނަގޮތް ހެދުމެވެ!
ޖައްވު
22 May 2025
ތިކިޔަނީ ކޯޕަރޭޓް ޕުރައިވެޓް ސެޓިންގްސް ގެ ވާހަކަ. އެތަންތަން ހނގާ ގޮތައްތަ މިނިސްޓުރީ ތައް ހިގަނީ؟ ދެން ތިބުނާ ގޮތުން އެކަހަލަ ތަންތާ އެންމެ މަތީ ގެރިޔާ ނޫނި އެންމެން ތިބެނީ ފެންނަން. އެގޮތައް ކަންވާނެބާ ރާއްޖެގައި؟
ހަސަނު.
22 May 2025
އޮފީހުގެ ބޮޑެތި މީހުންވެސް ރަސްމީ ގަނޑި އަކީ އެމީހުންގެ ވިޔަފާރީގެ ކަންކަން ކުރާ ގަނޑި ކަމަށް ހަދާތީ ނޫންތޯ ދަށުގައި ތިބޭ މުވައްޒިފުންވެސް އެގޮތަށް އެކަން ކުރަނީ. ތަނަށް އަންނަ މީހުނަށް ހިދުމަތް ދިނުސް ލަސްވަނީވެސް އޮފީސް ތަކުގައި އަމިއްލަ ކަންކަން ކޮށްފައި އަމިއްލަ މީޓިންތަކަށް ގޮސް އުލޭތީ. ދަރިން ސުކޫލަށް ނުވަތަ އަނބިން ޑިއުޓީއަށް ވައްޓާލަން ދިއުންވެސް އެހާ ގިނަ.
އެމްސް
23 May 2025
އެއްވެސް ކަމެއް ރަގަނޅުކުރާކަށް އެއްވެސް ބަޔަކު އުޅުނުތަނެއް ނުފެނުނުއެެވެ! ބޭސިކް އިންފްރާ ސްޓްރަކްޗާއެއްވެސް ނެތެވެ! އަސާސީ ޚިދުމަތްތަކުގެ އަގު އިންތިހާއަށް ބޮޑުއެވެ. ދެކޮޅުޖެހޭ އާމްދަނީއެއް ލިބޭ ވަޒީފާއެއްވެސް ނެތެވެ! ހުރިހާ ސަަރުކާރަކުންވެސް ކުރާ ކަމަކީ ބިން ހިއްކާ، ކޮންކްރީޓް ކުރުމެވެ. ހިކިކޮށް ހުުރި ބިމުގަ އާމްދަނީގެ ވަސީލަތްތަކެއް އުފައްދާކަށް ނުއުޅެވެއެވެ!
އިހްސާސް
22 May 2025
މަސައްކަތް ކުރަން ހުޅުމާލޭ ސެންޓުރަލް ޕާކު ކިހިނެއް ވާނެބާ؟
ލޮލީބެ
22 May 2025
ތީމުގެ އެންމެ ރަފަޅުވާނީ
އަލީބެ
22 May 2025
އެސްޓީއޯ އިން ފޭސް 1 ގަ ހަދާފަހުރި އިމާރާތަށް ސަރުކާރު ކިތައްމެ އޮފީހެއް ބަދަލުކުރެވެންއޮތް އިރު ބޮޑުކުލީގަ މާލެތެރޭ އިތުރަށް ގިއްގަޅުވަން ބޭތިއްބުމުގެ ބޭނުމަކީ ކޮބާ. 8 ޖަހާއިރު ބުރިޖު އޮންނަހާލުވެސް ބަލާލަންޖެހޭ.
އަސްތާ
22 May 2025
ކަތުރުފަނިތަކާއި އެކީއުޅެން ދަސްކުރޭ
ފޫހި
22 May 2025
ހާދަހާ ކަންތައް ބޮޑު މުވައްޒަފުންނޭދޯތީ. އަހަރެން މަަސައްކަތްކުރަ މޭޒާއި ގޮޑިއަކީ 15 އަހަރުވެފަ ހުރި އެއްޗެހި މައްސަލައެއް ނުޖައްސަން. ބައެއްފަހަރު އުނދަގޫވާތީ އަމިއްލައަށް ކުސަން އެއް ބުރަކަށި ޖައްސާތަނަށް ލައިގެން މަސައްކަތްކުރަނީ. ޝަކުވާއެއް ނުކުރަން. ދެން ކުޑަކޮށް ކަސްރަތުކޮށްލަނީ. ތިޔަ މުވައްޒަފުންވެސް ކަސްރަތުކޮށްބަލަ. އަނެއްކާ ތިޔަޖެހުނީ އައު ޢިމާރާތެއް ހޯދަންދޯ. މައްސަލަޖައްސާ މުވައްޒަފުން ދަނޑުވެރިކަން ނުވަތަ މަސްވެރިކަމަށްދޭ.
ދަނޑި މުހައްމަދު
22 May 2025
ބަލަ ކަލޭ އިންނަނީ ހަފުލާ ތަކައް ޖަހާފަ ހުންނަ ކަހަލަ ގޮނޑިއަކު ނޫނޭ. އޭގެ ގޮނޑިއެއްގަ ކަލޭ އިނދެލަބަލަ ދެތިން ދުވަހު އުނަގަނށޑަށް ކުރާ ބާރު ބަލާލަން. މުވައްޒަފަކަށް ރަގަޅު ގޮތެއް ހަދާ ދޭން ވެއްޖިއްޔާ ތިކަހަލަ ދޮގު ފޭކު ކޮމެންޓު ބޮޓުން ކުރާނީ