ކިމް ކަޑޭޝިއަން އޭނާގެ ގްރެޖުއޭޝަން ރަސްމިއްޔާތުގައި.
22 މެއި 2025 - 11:42
އެމެރިކާގެ ރިއަލިޓީ ދުނިޔޭގެ ރާނީ ކިމް ކަޑޭޝިއަން ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކޮށްފި އެވެ.
ޕޭޖް ސިކްސް އިން ރިޕޯޓްކުރި ގޮތުގައި، ކިމް ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވަމުން އަންނަތާ މިހާރު ހަ އަހަރު ދުވަސް ވެއްޖެ އެވެ. އޭނާ ޑިގްރީ ހާސިލްކުރުމުން އާއިލާ އާއި ރައްޓެހިންނާ އެކު "ޕްރައިވެޓް" ގްރެޖުއޭޝަން ރަސްމިއްޔާތެއް ވެސް ވަނީ ބާއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ކިމްގެ މެންޓާ ވާހަކަދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ.
"ހަ އަހަރު ކުރިން، ކިމް ކާޑާޝިއަން މި ޕްރޮގްރާމަށް ވަނީ އިންސާފަށް އޭނާ ލޯބިކުރާތީ. ގާނޫނީ ދާއިރާއިން އެއްވެސް އިލްމެއް، ތަޖުރިބާއެއް ނެތި، ވަރަށް ކެރިގެން ކުރިމަތިލީ," ކިމްގެ މެންޓާ ބުންޏެވެ.
"ކޮންމެ ހަފުތާއަކު 18 ގަޑިއިރު، އަހަރަކު 48 ހަފުތާ، ހަ އަހަރު ވަންދެން އޭނާ ކިޔެވުމުގައި ހޭދަކުރި."
🎓| NEW: @KimKardashian shows her completion certificate at her law school graduation party. pic.twitter.com/H7UL0TGld7
— KIM K FORMATION (@KIMKFORMATION) May 22, 2025
ކުދިން ބަލަމުންނާއި ވިޔަފާރި ހިންގަމުންނާއި ޝޯތައް ޝޫޓްކުރަމުން ވެސް ކިޔެވުމަށް އެހާ ގިނަ ވަގުތު ދީ ޝަރިއާތްތަކަށް ކޯޓްރޫމްތަކަށް ވެސް ކިމް ދިޔަ ކަމަށް އޭނާގެ މެންޓާ ބުންޏެވެ.
ބައެއް ނޫސްތަކުން ބުނީ ކިމް މިހާރު މަލްޓިސްޓޭޓް ޕްރޮފެޝަނަލް ރެސްޕޮންސިބިލިޓީ އިމްތިހާނުން ފާސްވެފައި ވާތީ، އޭނާއަށް ދެން ބާ އިންތިހާނުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ބާ އިމްތިހާނުން ފާސްވުމުން އޭނާއަށް ކެލިފޯނިއާގައި ގާނޫނީ މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.
ކިމް ގާނޫނީ ދާއިރާއިން ކިޔަވަން ޝައުގުވެރިވީ އޭނާގެ ބައްޕަ ރޮބާޓް ކާޑޭޝިއަންގެ ފަރާތުންނެވެ. މިހާރު މަރުވެފައިވާ ރޮބާޓްއަކީ ކެލިފޯނިއާގެ ކުރީގެ ވަކީލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy