ސްޕޯޓްސް މިނިސްޓްރީ އަށް ހިދުމަތާއި ތަކެތި ލިބުމުގެ ކުރިން ދޫކޮށްފައިވާ އެޑްވާންސް ފައިސާގެ އަދަދު 55 މިލިއަން ރުފިޔާ އަށް ވުރެ މަތި.
ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް: އޭނާގެ ވަޒީރުކަމުގައި މަޝްރޫތައް ހިންގާފައި ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ފައިލް ފޮޓޯ: --- ފަޔާޒު މޫސާ | މިހާރު
28 މެއި 2025 - 16:50
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ސްޕޯޓްސް މިނިސްޓްރީން ހިންގި ކުޅިވަރު މަޝްރޫއުތަކުގައި ކޮރަޕްޝަނާއި އިސްރާފު ބޮޑު ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.
ސްޕޯޓްސް މިނިސްޓްރީން 2018 އިން 2023 އަށް ކުރި ހަރަދުތަކާ ގުޅޭގޮތުން އޮޑިޓަ ޖެނަރަލް ނެރުއްވި ރިޕޯޓްގައި ބުނީ، ދަނޑުތައް އެޅުމުގެ މަޝްރޫތައް ހިންގުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އެ މިނިސްޓްރީން ކަންކަން ކޮށްފައިވާ ކަމަށެވެ.
އޮޑިޓް އޮފީހުން ފާހަގަކުރި ގޮތުގައި އެއް މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ މަޝްރޫތައް ބައިބަޔަށް ބައިކޮށް، ތަފާތު އެކި ކޮންޓްރެކްޓަރުންނާ ހަވާލު ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް ސްޕޯޓްސް މިނިސްޓްރީން ކުރީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކޮށްފައިވާ ކަމަށެވެ. މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ޕްރޮކިޔުމެންޓްގެ ވާދަވެރިކަން ގެއްލޭ ގޮތަށް އެއް ކަމެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ކަންކަން ބައިބައިކޮށްގެން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.
1 - ދަނޑުގެ ސަބް ބޭސް އެޅުން.
2 - ދަނޑަށް ޓާފް ސަޕްލައި ކޮށްދިނުން.
3 - ދަނޑުގައި ޓާފް އެޅުން.
4 - ދަނޑުގައި ރޮސްޓްރަމް ހެދުން.
5- ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުން.
ކުރީގެ ސްޕޯޓްސް މިބިސްޓަރު މަހްލޫފް
އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެއް މަޝްރޫއެއްގެ ތެރޭގައި ހިމެނޭ އެ މަސައްކަތްތައް މިނިސްޓްރީން ކުރިއަށް ގެންގޮސްފައި ވަނީ ވަކިވަކި އެއްބަސްވުންތަކެއް އެކުލަވާލައި ވަކިވަކި ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.
އޮޑިޓަ ޖެނެރަލް އޮފީހުން ބުނީ 129 މަޝްރޫގެ ތެރެއިން 23 މަޝްރޫއެއް ކުރިއަށް ގެންގޮސްފައި ވަނީ އެ މަޝްރޫތަކުގެ ތެރޭގައި ހިމެނޭ އެއްކޮށް ކުރެވިދާނެ މަސައްކަތްތައް ބައިބައިކޮށް ވަކިވަކި ކޮށްގެންކަން ފާހަގަވާ ކަމަށެވެ.
އެ 23 މަޝްރޫގެ ތެރެއިން 18 މަޝްރޫއުއަކީ ފަސް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު މަޝްރޫތަކެއް ކަމަށް އޮޑިޓް ރިޕޯޓްގައި ވެ އެވެ. އަދި ފަސް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު މަޝްރޫއުއެއް ނަމަ އެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ ޓެންޑާ ބޯޑަށް ހުށަހަޅައިގެންކަން މާލިއްޔަތު ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.
ނަމަވެސް މިނިސްޓްރީން އެކަން ކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވެ އެވެ.
މަހްލޫފް އޭނާގެ ވްޒޯރުކަމުގައި ބައެއް މަޝްރޫތައް ހިންގީ ގެއްލުންވާ ގޮތަށް
އެ ރިޕޯޓްގައި ބުނެފައި ވަނީ ފަސް މިލިއަން ރުފިޔާގެ އަގަށް ވުރެ ބޮޑު މަޝްރޫތަކުގެ މަސައްކަތް ބައިބައިކޮށް ވަކިވަކިކޮށްގެން ކުރިއަށް ގެންގޮސްފައި ވަނީ ޓެންޑާ ބޯޑަށް ހުށަހެޅުމުގެ ބަދަލުގައި މިނިސްޓްރީން ބިޑު ކޮށްގެން ކުރިއަށް ގެންދިއުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ، އެއް މަޝްރޫއެއްގެ ތެރޭގައި ހިމެނޭ މަސައްކަތްތައް ވަކިވަކި މަޝްރޫތަކުގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ އިގްތިސާދީ ގޮތުން އެންމެ ފައިދާ ހުރި ގޮތަށް އެ ކަންކަން ނުކުރެވުން ކަމަށެވެ. އަދި މަސައްކަތަށް ބިޑް ކުރާ ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން އޮންނަ ގޮތަށް ޕްރޮކިޔުމެނެންޓްގެ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެ އެވެ.
"މީގެ ސަބަބުން (އެއް މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ މަސައްކަތްތައް ވަކިވަކި މަޝްރޫތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުން) ބޮޑު އަގުގައި މަސައްކަތްތައް ކުރުމަށް މަގުފަހިވެ، ދައުލަތުން ކުރަންޖެހޭ ހަރަދު އިތުރުވެގެން ދާނޭކަން ފާހަގަކުރަމެވެ.،" އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެއް މަޝްރޫއުއެއްގެ ތެރޭގައި ހިމެނޭ މަސައްކަތްތައް ވަކިވަކިކޮށް ވަކި މަޝްރޫއުތަކުގެ ގޮތުގައި ވަކި ކުންފުނިތަކާ ހަވާލު ކޮށްގެން ކުރިއަށް ގެންދިއުމުން ކުރިން ކުރި މަސައްކަތް ދެ ފަހަރަށް ކުރަން ޖެހި ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާ ގޮތަށް މަޝްރޫތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވެ އެވެ.
"އެއް މަސައްކަތެއް ނިމުމުން މެނުވީ އަނެއް މަސައްކަތް ފެށެން ނެތް ހާލަތްތައް މެދުވެރިވުމާއި އެއް ކޮންޓްރެކްޓަރުގެ މަސައްކަތް ނުނިމި ދިގު މުއްދަތެއް ހޭދަވުމުން މަޝްރޫގެ ބާކީ މަސައްކަތް ނުފެށި ލަސްވުމުގެ ސަބަބުން ކުރިން ކުރި މަސައްކަތްތައް އަލުން ކުރަންޖެހި ދައުލަތުގެ ބަޖެޓުން ކުރަން ނުޖެހޭ އިތުރު ހަރަދުތައް ކޮށްފައިވާކަންވެސް ފާހަގަކުރަމެވެ،" އޮޑިޓް ރިޕޯޓްގައި ބުނެފައި ވެ އެވެ.
މާލިއްޔަތު ގަވާއިދުގައި ބުނެފައި ވަނީ މަސައްކަތް ނުވަތަ ހިދުމަތް ނުވަތަ ތަކެތި ފޯރުކޮށްދިނުމަށް ހަވާލުވާ ފަރާތުން އެ ކަމަކާ ހަވާލުވާ ފަހުން 45 ދުވަހުގެ ތެރޭގައި އެޑްވާންސް ފައިސާ ދޭން އެދިއްޖެ ނަމަ ޖުމުލަ އަގުގެ 15 ޕަސަންޓަށް ވުރެ ކުޑަ ނުވާ އަދަދަކަށް ފައިސާ ދެވިދާނެ ކަމަށެވެ.
ނަމަވެސް ދަނޑުތަކަށް ޓާފް ސަޕްލައިކޮށްދިނުމަށާއި ޓާފް އެޅުމަށް ހަވާލުވި ބައެއް ކުންފުނިތަކަށް މަސައްކަތް ހިންގާ ސައިޓަށް ތަކެތި ގެންދިއުމުގެ ކުރިން އެޑްވާންސްގެ ގޮތުގައި 55 ޕަސެންޓަށް ވާ ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ވެ އެވެ.
އެޑްވާންސް ފައިސާ އުސޫލާ ހިލާފަށް ދީފައިވާ ގޮތް ދައްކުވައިދޭ ޓޭބަލް
- މަސައްކަތް ފެށުމުގެ ކުރިން އެޑްވާންސް ފައިސާގެ ގޮތުގައި ދޫކޮށްފައިވާ 15 ޕަސެންޓު.
- ރާއްޖެއިން ބޭރުން ތަކެތި ޝިޕް ކުރުމަށް ފަހު، ޝިޕިން ޑޮކިއުމަންޓްސް ސްޕޯޓްސް މިނިސްޓްރީއަށް ހުށަހެޅުމުން ދޫކޮށްފައިވާ 30 ޕަސެންޓު ފައިސާ.
- ޝިޕް ކުރި ތަކެތި ރާއްޖެ އަށް ލިބުމުން ދޫކޮށްފައިވާ 10 ޕަސެންޓު ފައިސާ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ސްޕޯޓްސް މިނިސްޓްރީ އަށް ހިދުމަތާއި ތަކެތި ލިބުމުގެ ކުރިން ދޫކޮށްފައިވާ އެޑްވާންސް ފައިސާގެ އަދަދު 55 މިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީހީ ސުލީހް
29 May 2025
ދެންދަރި ލަވަކިޔަންއަރާ މިކިޔަނީ ބޭބީ އައި ޑޯންޓް ނީޑް ނޯ ޑޮލާރސް ޓުނައިޓް
ވަހުމެކެ
29 May 2025
މި މަސައްކަތްތަކުގެ ނަތީޖާއަކީ ދަނޑެއްކަމުގައި ވިޔަސް މިއިން ކޮންމެ މަސައްކަތަނީ ތަފާތު ކަންކަމަށްވެފައި އެއްބަޔަކާ ހަވާލުކުރިނަމަވެސް، ސަބްލީސްކޮށްގެން ކުރާނެ ކަންކަން. 1 - ދަނޑުގެ ސަބް ބޭސް އެޅުން. 2 - ދަނޑަށް ޓާފް ސަޕްލައި ކޮށްދިނުން. 3 - ދަނޑުގައި ޓާފް އެޅުން. 4 - ދަނޑުގައި ރޮސްޓްރަމް ހެދުން. 5- ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުން.
ސަމަދް
29 May 2025
ރައީސް މުއިއްޒު މިއީ ހަމަ ގަދަ މީހެއް. މި ބައިނގަޑު ދަވާ ހުސްކޮށްލާފައިވާ ދައުލަތުގެ މާލިއްޔާ އަލުން އަނބުރާ ކޮޅަށް އެޖައްސަވަނީ.
ހަމަ ހިނިއަންނަނީ
29 May 2025
އުހޫން. އެމްޑީޕީ މީހުން ވައްކަމެއް ނުކުރާނެ. އެމީހުންނަކަށް ނޭގޭނެ އެކަން ކުރާކަށްވެސް. އެމީހުންނަކީ މި ދުނިޔެމަތީ ލައްވާފަހުރި ހުދު ކާފޫރުން.
ޗީބޯ...
29 May 2025
ވޮލީ ބޯލް އެސޯސިއޭޝަން އޭނުކިޔައެއްނުން.. އަބޫދާބީ އިން ރަނޭޝް.
ޒުހައިރާ
29 May 2025
ނޭގި ތިއްބާ ރައްޔިތުން ފެލާލާ އަމިއްލަ ޖީބުތަށް ބަރުކޮށްކޮށްފަ ދައުލަތް ލޫޓުވާލާފަ މިހާރު މިކިޔަނީ ފައިސާއެއް ނުދެޔޭ ދެންހުރި އެއްޗެކޭ އަނެކައްޗެކޭ. ލަދެއްވެސް ނުގަނޭދޯ މި މީހުން
ޢަލިބޭ
29 May 2025
މީނައަށް ފޮޔަވަޅު އަޅަން ރައީސް ސޯލިހަށް ނުކެރުނު. ދައުލަތް އޮރިޔާން ކުރާނަމޭ މީނަ ބުނީމަ. މިލިއަނުން ވ އޫލުނަސް މާދަންވެސް އެމީހުނަށް މަގާމު ލިބި ރައްޔިތުން ވޯޓުވެސް ދޭނެ. ރައީސް ސޯލިހު ދެވަނަ ދައުރަކަށް ނޮހޮވުމުގެ މައިގަޑު ސަބަބަކީ މި މިނިސްޓަރާއި އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ އާސްތު. ސޯލިހުގެ ލީޑަރޝިޕެއް ނެތީމަ އެމީހުން ގަދަކޮށްފަ ތިބީ.
މަބުނީ
28 May 2025
ޔާމީނުމެންގެދޮށަށްގޮސް ހާދަ ޑޮލަރެކޭ އުކީ.
އިވާ
29 May 2025
މަބުނީ މަށާ ، މަހުލޫފު އާއި ދެމީހުން ދޯ؟
މަހުފޫލް
28 May 2025
ފިނޭންސް މިނިސްޓްރީން އެހެން އޮފީސްތަކަށް ދަތިވާގޮތަށް އެތައްކަމެއް ކުޜޭ. ޓެނަޑަރ ބޯޑަށްލިއްޔާ ފަސް އަހަރު ނިމޭއިރު އިއުލާނެއް ނުކުރެވޭ.
ރިހާކުރުފުޅި ޗޯރު
28 May 2025
ބެއްޔާ ބުނާނެ ވާހަކައެއްނެތް. މިހާ ކޮރަޕްޝަން ބޮޑު ގައުމެއްގައި ރިހާކުރުފުޅިއެއް ވަގަށް ނެގީމަ އެއީ ވައްކަމަކަށް ބެލުން ލަދުވެތިވާ ހިސާބަށް ހިގައްޖެ!
އައްބެ
29 May 2025
ވައްކަންވާނީ ވައްކަމަށް އެއީ ކިތަންމެ ކުޑައެއްޗެއް ކަމަށްވިޔަސް.