އައިޖީއެމްއެޗް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
02 ޖޫން 2025 - 10:00
މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަހަމްކޮށްލައިފި އެވެ.
ސިމްފަނީ ރެސްޓޯރަންޓް ކައިރީ އޮންނަ ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓް ލިބުނީ ފުލުހުން ބުނި ގޮތުގައި ރޭ 3:10 ހާއިރު އެވެ.
އެ މާރާމާރީގައި އަނިޔާވީ އުމުރުން 31 ބަންގްލަދޭޝް ފިރިހެނަކަށެވެ. އެ މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެ އެވެ. ނަމަވެސް އެ މީހާ މިހާރު އޮތީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އެ މައްސަލާގައި އިތުރު މައުލޫމާތު އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
މިއީ ދިވެހި ގްރޫޕަކާއި ބިދޭސީ ބައެއްގެ މެދުގައި ހިނގި މާރާމާރީއެއް ކަމަށްވެ އެވެ. އެކަމަކު މާރާމާރީ ހިންގަން މެދުވެރިވީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތުރުފަނި
02 June 2025
ތޫނު އެއްޗަކީ ކޮބައިކަން އެނގޭނީ ތަހުގީގު ނިމުނީމަ. އެކަމަކު މީހުންގެ ވިސްނުމަކީވެސް ވަރަށް ތޫނު އެއްޗެއް. މީހުންގެ ލޮލަކީވެސް ބައެއްފަހަރު ވަރަށް ތޫނު އެއްޗެއް. އޭގެ ސަބަބުން ހިތާއި ނަފްސު ހަލާކުވެ ދާއިމީ ބައްޔަކަށްވެސް އެބަވޭ.
މަ ބުނީ
02 June 2025
ދުނިޔޭގެ ނިސްބަތުން މިހާބޮޑު ސިޓީއެއްގަތް ދަންވަރު ބިދޭސީން މާރާމާރީ ހިންގުމީ ވެދާނެކަމެކެވެ ! އަދި ކަނޑުހެ ސަރަހަންދަށްވުރެބޮޑީ އެއްފަސް ބައްރުކަމަށްވުމީވެސް ވަގަށްބިދޭސީން އެތެރެވެވޭސަބަބެވެ ! އަދި ފޮލިސް ހެޑް އޮފީސް އެހެން ސިޓީއެއްގައި ހުއްޓަކަސް ކޮއްމެފަސްމިނެޓަކުން ޕޮލިހަކާ ދިމާވެއެވެ ! ބެލެވެނީ ޖަންގަލީގެތެރެއިން ސިންގާއެއް ކުރިމަތިވުމުން ދިފާއުވުމަށްކުރިމަސައްކަތުން އަމިއްލައަށް ލިބުނުޒަހަމެއްކަމަށެވެ ނ ހޮޅުދޫގައިވެސް އެފަދަކަމެއް ހިނގިދޯ
1818
03 June 2025
ހެޔޮކޮށް ތި ބުނީ! "ތިސް އީސް އަ ކޮރަޕޮޓް އެންޑް ފެއިލްޑް މިލިޓަރީ ސްޓޭޓެއެއް"! އެހެންނަމަވެސް ނަމުން "ޑިމޮކްރަސީ"! ޒުވާނުން ވިޔަފާރިއަކަށް ނަމަވެސް "ހަވާ އެރުވުމުގެ" ވިޔަފާރި ކޮންޓްރޯލްކޮށް، އެލްޓިކޯ ފުޅިއެއް އެތެރެކުރިޔަސް ކަސްޓަމްސްއިން އެ ހިފަހައްޓާ، އޮންލައިކޮށް މީހަކު އެއްޗެއް ގެނަޔަސް އެޔަށް ޑިއުޓީ ނަގާ! ނިކަމެތި މީހުންނަށް ބޮޑެތި އަދަބު ދީ، މުއްސަދިންނަށް މިނިވަންކަން ދީ ވައްކަން ކުރަން ހުޅުވިފައި އޮންނަ ދައުލަތެއް މީ!