ސަރުކާރުން ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް: މި ސަރުކާރުގެ "ހިޔާވެހި" ސްކީމްގެ ދަށުން ގިނަ ބަޔަކު ވަނީ ލޯނަށް އެދިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
02 ޖޫން 2025 - 12:58
ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވެހި" ފައިނޭންސިން ސްކީމްގެ ދަށުން ލޯނަށް އެދި 2،200 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި އެވެ.
"ހިޔާވެހި" ސްކީމްގެ ލޯނަށް އެދުމަށް ދިން މުއްދަތު ހަމަވީ މިދިޔަ ހޮނިހިރު ދުވަހަށެވެ.
ހައުސިން މިނިސްޓްރީން މިއަދު "މިހާރު" އަށް ބުނީ އެ ލޯނަށް އެދުމަށް ދިން މުއްދަތު ހަމަވިއިރު ޖުމްލަ 2،256 މީހަކު ލޯނަށް އެދިފައިވާ ކަމަށެވެ.
އެ ސްކީމުގެ ދަށުން ތިން ކެޓަގަރީއަކުން ލޯނު ދޫކުރެ އެވެ. އެއީ؛
• ރަށްވެހި / ހުރިހާ ރަށަކަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ ސްކީމް
• ސަހަރު / އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ ސްކީމް
• ފަހިމާލެ / މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ ސްކީމް
ހައުސިން މިނިސްޓްރީން ބުނީ އެންމެ ގިނަ ފޯމު ލިބިފައި ވަނީ ރަށްވެހި ކެޓަގަރީން ކަމަށެވެ. އެ ކެޓަގަރީގެ ދަށުން 1،329 މީހަކު ފޯމު ހުށަހަޅާފައިވެ އެވެ. ސަހަރު ކެޓަގަރީން 586 މީހަކު އަދި ފަހިމާލެ ކެޓަގަރީން 341 މީހަކު ފޯމު ހުށަހަޅާފައިވެ އެވެ.
ބީއެމްއެލް އާއި އެޗްޑީއެފްސީ އަދި އެމްއައިބީއާއެކު ކުރިއަށް ގެންދާ މި ފައިނޭންސިން ޕްރޮގްރާމުން ލޯނު ދޫކުރަނީ 5-10 ޕަސެންޓުގެ އިކުއިޓީ ރޭޓުގަ އެވެ. އެ ސްކީމުގެ ދަށުން ލޯނު ނަގާ މީހުންނަށް ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އެވެ. އަދި އެއް މިލިއަން ރުފިޔާގެ ސްކީމުގައި ބައިވެރިވާ މީހުން އިކުއިޓީގެ ގޮތުގައި އެއްވެސް އަދަދެއް ދައްކަން ނުޖެހޭނެ އެވެ.
ނަމަވެސް، އާބަން ސަރަހައްދުތަކުގެ ލޯނު ނަގާ މީހުން އިކުއިޓީއަށް ފަސް ޕަސެންޓް އަދި މާލެއިން ގެދޮރު އަޅަން ލޯނު ނަގާ މީހުން އިކުއިޓީގެ ގޮތުގައި 10 ޕަސެންޓު ބަހައްޓަން ޖެހޭނެ އެވެ.
ގެދޮރު އަލަށް އިމާރާތްކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި، ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ވައުދު ފުއްދުވުމަށް ދަށުން "ހިޔާވެހި ފައިނޭންސިން ސްކީމް" ތައާރަފުކުރީ މިދިޔަ އަހަރު ފަހުކޮޅު އެވެ. އަދި މި އަހަރު މި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްސިއްޔާ
03 June 2025
ތުޔަ ލޯނު އަނބުރާ ދައްކާނެބާ؟؟ ދިވެހިންނަކީ ތިޔަކަހަލަ ކަންކަމުގައި ބޯދަމައިގަންނަން ވަރަށް މޮޅު ބައެއް. ރަނގަޅު ރަހުނެއް ބަހަައްޓާތި
ސވލ
02 June 2025
ތިލޯނުލިބޭފަރާތްތައް އެނގޭނެގޮތް ވެދާނެބާ؟ ސިޔާސީނުވެ ތިލޯނުލިބިދާނެކަމާއިމެދު ޝައްކަށްވުރެ ކުރެވެނީ ޔަޤީން. ތިކަހަލަ ކިތަންމެލޯނެއް ވެއަތުވެދިޔަތަނުގައިވަނީ ދެވިފަ.
ހާސަރު
02 June 2025
ކޮންތާކުންތޯ ފައިސާ ނެރެނީ!؟ އެވްރެޖް ކޮށް ލޯނަކަށް 2 މިލިއަންކަމަށް ބެލިއަސް ތިކަމަށް 4.5 ބިލިއަން ރުފިޔާ ބޭނުންވޭ!
ސާލްނީމް
02 June 2025
ލޯން ދޫކުރާނެ ދުވަސް ބުނެލަދީބަލަ. އެޕްލައި ކޮއްގެން އުޅޭތާ މިހާރު އަހަރުވަނީ. ނޫސްތަކުންވެސް މި ލޯން ލިބޭނެ ދުވަހެއް ބަލާލަދޭނަމަ. ހަމަ ކުރިންވެސް ދައްކާފަހުރި ވާހާކަ ކޮންމެ ހެޑްލައިނެއްގައިވެސް މި ހުންނަނީ.
ސީވީ
02 June 2025
ތި ލޯނު ދޭން ފަށަނީ ކޮންއިރަކުހޭ. ދޭނަމޭ ފަސްޕަސެންޓޭ ކިޔަކުޔާ ހަމަތިބެންވީހޭ.