ހުޅުލޭގައި ހުންނަ މެޓްގެ ޑޮޕްލާ ވެދާ ރާޑަރު: ރާއްޖޭގެ މޫސުން ބަލާ ހަ ވަނަ އޮބްޒަވޭޓަރީ މާފަރުގައި ހަދަން ވަނީ ނިންމައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
03 ޖޫން 2025 - 20:30
ރާއްޖޭގެ މޫސުން ބަލާ ހަ ވަނަ އޮބްޒަވޭޓަރީ ނ. މާފަރުގައި ހަދަން ނިންމައިފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް (ޔޫއެންއެމްޕީޓީއެފް) އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގުޅިގެން އުފައްދާފައިވާ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީގެ ދަށުން ރާއްޖޭގެ މޫސުމާ ބެހޭ ބައެއް އޮބްޒަވޭޝަން ސްޓޭޝަންތައް ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކްގެ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ހިންގާ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު މަސައްކަތު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
އެ އޮފީހާއި ޔުނައިޓެޑް ނޭޝަން އެންވަޔަރަމެންޓް ޕްރޮގްރާމް (ޔޫއެންއީޕީ)އާ ގުޅިގެން ހިންގާ އެ ޕްރޮޖެކްޓަކީ ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
Inception workshop for SOFF funded UNEP investment phase was kicked off today.
— Maldives Meteorology (@MetMaldives) June 3, 2025
This milestone marks the mobilization of resources towards establishing Global Basic Observation Network compliancy across Maldives - including a new weather observatory at N. Maafaru. pic.twitter.com/6RdVbNLenw
މެޓް އޮފީހުން ބުނި ގޮތުގައި، ރާއްޖޭގައި މިހާރު ހުރި ހަތަރު މެޓް އޮފީސް ނުވަތަ އޮބްޒަވޭޓަރީތަކުގައި ބަހައްޓާފައިވާ މޫސުމާ ބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުރު މެޓް އޮފީހެއް މާފަރުގައި ހެދުމުގެ މަސައްކަތް އެ ޕްރޮޖެކްޓުގެ ދަށުން ކުރާނެ އެވެ.
ރާއްޖޭގެ މޫސުން ބަލާ އޮބްޒަވޭޓަރީތައް މިހާރު ހުންނަނީ ހުޅުލެ އާއި ހދ. ހަނިމާދު އާއި ލ. ކައްދޫ އާއި ގދ. ކާޑެއްދު އަދި އައްޑޫ ގަމުގަ އެވެ. އޭގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޯމޭޓެޑް ވެދާ ސްޓޭޝަންތަކާއި ދިޔަވަރު ބެލުމަށް ހަނިމާދު އާއި ހުޅުލެ އަދި އައްޑޫ ގަމުގައި ޓައިޑް ސްޓޭޝަންތައް ހުރެ އެވެ.
މެޓް އޮފީހުން ބުނީ އައްޑޫ ގަމުގައި ހުންނަ، ވައިގެ މަތީ ފަށަލަތަކުން މޫސުމާ ބެހޭ މައުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށުން ވެސް އެ ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އެ ޕްރޮޖެކްޓުގެ ސަބަބުން މޫސުމާ ބެހޭ ވިއުގަ ރަނގަޅު ފެންވަރުގައި ދެމެހެއްޓުމަށް ބޭނުންވާ ތަކެއްޗާއި ތަމްރީނު ޕްރޮގްރާމުތައް ވެސް ހަމަޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
With reps from @UNEP_AsiaPac @meteorologit @RIMES_news, govt stakeholders, the meeting established the project steering committee to oversee the implementation of this 4 year project with outcomes towards #earlywarningsforall pic.twitter.com/7pv3rTQCIK
— Maldives Meteorology (@MetMaldives) June 3, 2025
"މީގެ ސަބަބުން ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުވެ ދުރާލައި އިންޒާރު ދޭ ނިޒާމު އިތުރަށް ހަރުދަނާވުމުގެ އިތުރުން ދުނިޔޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ނެޓްވޯކަށް ރާއްޖޭން ފޯރުކޮށްދޭ މުސުމާ ބެހޭ މައުލޫމާތުގެ ފެންވަރު ވެސް އިތުރަށް ރަނގަޅުވެގެންދާނެ އެވެ،" މެޓް އޮފީހުގައި ބަޔާނުގައި ބުންޏެވެ.
މިއަދު ބޭއްވި މަސައްކަތު ބައްދަލުވުމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އާއި ޔޫއެންއީޕީގެ އިތުރުން ފަންނީ ލަފާދޭ ބައިވެރިއެއްގެ ގޮތުން ފިންނިޝް މީޓިއޮރޮލޮޖިކަލް އިންސްޓިޓުއްޓާއި ރީޖަލަނަލް މަލްޓި ހެޒާޑް އާލީވޯނިން ސިސްޓަމް ފޯ އޭޝިޔާ އެންޑް އެފްރިކާ އަދި ރާއްޖޭގޭ ކަމާބެހޭ ބައެއް މުއައްސަސާތައް ހިމެނޭ ގޮތަށް 40 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާހިދު ޑރ
04 June 2025
ވާރޭ ވެހެން ފެށީމަ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ. ޢަވި ދިނީމަ ރާއްޖެ މޫސުން ރީތިވާނެ. މެޓްފޯކާސްޓް ގިނަ ދިވެހިން ހިތުދަސްވާނެ. މީގެ 40 އަހަރު ކުރިން ފޯކާސްޓް ކިޔަން ފެށި އިބަރާތް އަދިވެސް. ބޭރުން ކިތަންމެ ފައިސާއެއް ލިބުނަސް އަދިވެސް އެލާޓް ނެރެނީ ވަރޭ ވެހި ފެންބޮޑުވީމަ. ވަގުތު އޮތްވާ ދުރާލާ މައުލޫމާތު ދެވޭ ވަރެއް ނުވޭ. މެޓަށް ވުރެ ބޭރުގެ އެޕްތައް މާ ސަޅި. ވަކި ރަށްތަކުގެ ފޯކާސްޓްވެސް ބަލާލެވޭ އެ އެޕްތަކުން.
މޫސުމީ
03 June 2025
ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރާ މޫސުމަށްވުރެ ފޯނުތަކުގެ އެޕްތައްވެސް މާ އެކިއުރޭޓް. ބޭރުގެ އެތައް ތަނަކުން މިލިއަން ޑޮލަރުގެ އެހީތައް ހޯދައިގެން މެޓުން ހަދާފައިވާ އެޕަށް ވުރެ ފެންވަރު ރަނގަޅު އެޕުތައް ހަދާނެ ބޭބީ ނާސަރީކުދިން ވެސް.