މަހްފޫޒު.
04 ޖޫން 2025 - 09:41
ގާނޫނީ ވަކީލު މަހުފޫޒު ސައީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މަހުފޫޒުގެ އެކްސް އެކައުންޓް ޓެގްކޮށް، "ވަޅިއެއް ޖަހަންވީތޯ" ސުވާލުކޮށްފައިވާ މީހެއްގެ މައްސަލަ ފެންމަތިވީ އިއްޔެ އެވެ. އެކަމަކު އެ މީހާގެ އެކައުންޓު އިއްޔެ ވަނީ ޑިލީޓް ކޮށްލައިފަ އެވެ.
އެ ޕޯސްޓު "އެކްސް" ގައި ހިއްސާ ކުރައްވައި މަހުފޫޒު ވިދާޅުވީ އެފަދަ ކަމެއް ކުރުމުގެ ކުރިން އެހުމުން އުފާވާ ކަމަށެވެ. އެކަމަކު އެ ބާވަތުގެ ކަމެއް ކުރަންޖެހޭ ޖާއިޒު އެއްވެސް ސަބަބެއް ނެތުމުން އެކަން ނުކުރަން އެދިވަޑައިގަންނަވާ ކަމަށް އެ ޕޯސްޓުގައި މަހުފޫޒު ވިދާޅުވި އެވެ.
އެހާ ފާޅުކަން ބޮޑު ގޮތެއްގައި މަހުފޫޒަށް އިންޒާރު ދިން އިރު މީގެ ނުވަ ވަރަކަށް އަހަރު ކުރިން ވެސް ވަނީ އޭނާގެ ބޮލަށް ވަޅިން ހަމަލާ ދީފަ އެވެ.
އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލި އެވެ. އެއީ ހުޅުމާލޭ ފްލެޓް 3-60 ފިރާޒް ޖައުފަރާއި ހ. ސެނާ، ޚާލިދު ނަފީއު އާއި ހުޅުމާލޭ 11270 އަހުމަދު ރާއިދު އަދި ރ. އިނގުރައިދޫ، ކަރަންކާގޭ ހުސައިން ޝަފްރާޒް އެވެ. އެކަމަކު، ކްރިމިނަލް ކޯޓުން އޭރު ނިންމީ އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. އެ މީހުން އެ ހަމަލާދިނީ މަހުފޫޒަށް ފާރަލަމުން ގޮހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރީސަރުކާރު
04 June 2025
މިދިޔަ ފަސްއަހަރު ކުރިމަނަލް ކޯޓުގަ ޑީލްހަދަމުން ސަލާމަތް ކޮށްގެން މީނަ ނެރުނު މީހަކަށް ނުވެއްޖިއްޔާ ރަގަޅު
ކް ރި މި ނާ
04 June 2025
"ކްރިމިނަލް ކޯޓް" ން ކްރިމިނަލުންނަށް ގެއްލުންވާ ގޮތަކަށް ކިހިނެއް ކަމެއް ކުރާނީ؟! އެހެންވީމާ، ސާބިތެއްވެސް ނުކުރެވޭނެތާ!
ސާބިތުވާޏެ އެއްވެސް ކަމެއްނެތް
04 June 2025
ސާބިތު ނުވާނެ އެއވެސް ކަމެއް. ސިޔާސީގޮތުން ބަޔަކު ބައްދާލަންވެއްޖެއްޔާ ސްޕާއެއް ހުންނަ ގޯޅިއެއްގަ ސައިކަލު ޕާރކު ކުރުމުންވެސް ބަދު އަޚުލާޤީ ޢަމލެއް ހިންގިކަން މުޅި ޢާއިލާގެ މައްޗަށް ސާބިތުކޮށްފާނެ. މީ މި ޤައުމުގެ ޙާލަތު. މީހަކު އަތުވާ ކޮންމެ ފަހަރަކު ބުނާނެ މިކަހަލ 40 ރެކޯރޑް މީނަގެ އެބައޮތޭ. ކޯޓުން ދޫ ކޮށްލީއޭ. ކޯޓަށް ހާޒިރު ނުކުރެވުނީއޭ. ސާބިތެއްނުވޭ. މުއްދަތު ހަމވެއްޖޭ. ހެކިން (ބިރުދައްކައިގެން) ބުނެފިޔޭ ޔަޤީނެއްނޫނޭ. ހުސް މިކަހަލަ ކަންކަން
ހުރިގޮތް
04 June 2025
މީގެ ނުވަ ވަރަކަށް އަހަރު ކުރިން ވެސް ވަނީ އޭނާ (މަހުފޫޒު)ގެ ބޮލަށް ވަޅިން ހަމަލާ ދީފަ އެވެ. އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލި އެވެ. ކްރިމިނަލް ކޯޓުން އޭރު ނިންމީ އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. އެ މީހުން އެ ހަމަލާދިނީ މަހުފޫޒަށް ފާރަލަމުން ގޮހެވެ. ފާރަލަމުންގޮސް ހަމަލާ ދިނުމުންވެސް ކުށް ސާބިތެއް ނުވިއެވެ. ދެން ކުށް ސާބިތުވާނީ ކުށްކުރަނިކޮށް ފަޑިޔާރުގެ ލޮަލަށް ފެނުމުން ހެއްޔެވެ.
ރަދީފްއޮފިޝަލް / ލަދު
04 June 2025
''ކްރިމިނަލް ކޯޓުން އޭރު ނިންމީ އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.'' ދުވަހަކުވެސް ސާބިތުވިތަ ކަމެއް؟؟ ލަދު ކޮބާ؟؟