04 ޖޫން 2025 - 18:22
ރާއްޖޭގެ ރަށްރަށުގައި އީދު ފާހަގަކުރާއިރު، އިސްލާމް ދީނުގެ އިމުން ބޭރުނުވެ، މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުނުވާނެ ގޮތަށް ހަރަކާތްތައް ހިންގާކަން ކަށަވަރުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފި އެވެ.
ސިޓީ، އަތޮޅު އަދި ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިޔުލާއެއްގައި އެލްޖީއޭއިން ބުނީ، އީދު ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ރަށުގެ އެއްބައިވަންތަކަމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި އަދި އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ދިރުވައި އާލާކުރުމުގެ އިތުރުން ދިވެހި ސަގާފަތާއި އާދަކާދަ ދިރުވުމަކީވެސް އީދު ފާހަގަކުރުމަގެ މައިގަނޑު މަގުސަދެއް ކަމަށް ވެފައިވާ ކަމަށެވެ.
އެހެންކަމުން ކައުންސިލުތަކުން އީދު ފާހަގަކުރުމުގައި އިސްލާމީ ހަމަތާކާއި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމަކީ ކައުންސިލުތަކުގެ ވެސް ގާނޫނީ ޒިންމާއެއް ކަމުން، އީދު ފާހަގަކުރުމަށް އިންތިޒާމް ކުރާ އެންމެހާ ހަރަކާތްތަކަކީ އިސްލާދީނުގެ އިމުން ބޭރުނުވާނެ ހަރަކާތްތެއްކަން ކަށަވަރު ކުރުމަށް އެލްޖޭއީއިން ވަނީ އަންގައިފަ އެވެ.
އަދި ހަރަކާތްތައް ހިންގުމުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނުވާނެހެން ކަންކަން އިންތިޒާމް ކުރުމަށްވެސް އެލްޖޭއީން ކައުންސިލްތަކަށް އަންގާފައި ވެ އެވެ.
ރާއްޖޭގެ ރަށްރަށުގައި އީދު ފާހަގަކުރާއިރު އިސްލާމީ މިންގަނޑުތަކާއި ހުދޫދުތަކުގެ ތެރެއިން އީދުގެ އުފާ ފާޅުކުރުމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް މިނިސްޓްރީން ވެސް މީގެކުރިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި އަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ހއ. ކެލާ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަން ހިމެނެ އެވެ. އެ ތިން ރަށަށް މިހާރު ވެސް ގިނަ ބަޔަކު ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކާރު މިނިސްޓަރ
11 June 2025
މިނިސްޓްރީ އޮފް އެޓޯލްސް އެޑިމިނިސްޓްރޭޝަން ގެ ރިހަ މިނިސްޓަރގެ ސިޓީފުޅުތަކެއް ރަށުއޮފީސްތަކަށާއި އަތޮޅު އޮފީސްތަކަށް ހިނގައްޖެކަމުގެ އިޝާރާތެއް ވެއްޖެ
މައިން ބަފައިން
05 June 2025
މިހާރަކަށް އައިސް ވަރަށް ގިނައިން ސަރުކާރުން އެކިކަހަލަ "ނަސޭހަތް" އެބަދޭ. ސަރުކާރަކީ ރައްޔިތުންނަށް ނަސޭހަތްދޭން ހޮވާފަ ތިބި ބައެއްތަ؟ ސަރުކާރުގެ ވާޖިބަކީ ގާނޫނުތަކާ އެއްގޮތަށް ރައްޔިތުން އަމަލު ކުރޭތޯ ބެލުމާ ގައުމު ކުރިއަރުވާ ތަރައްގީ ކުރުން. މީހުންގެ ސިކުނޑިއަށް އެކިކަހަލަ ސިޔާސީ ފިކުރު ވައްދަން ނަސޭހަތްދޭކަށް ނުން.
ހީވަނީ ނީ
05 June 2025
އެ އުޅެނީ ސަރުކާރަށް ޖޯކުޖަހާ މާލި ހަދާފާނެތީ!!! ގަންނާކުރައްވާ ލަދުން.
އެހެނަސް
05 June 2025
ސަރުކާރައް ޖޯކުޖަހާ ކޮންމެ އެއްޗެއް ހެދިޔަސް އެކަމާ މިހާރުގެ ސަރުކާރުން ނޫޅޭނެ މިހާރުގެ ސަރުކާރުން މާބޮޑައް ވެސް ހަޖަމުވޭ. ކުރީ ސަރުކާރުތަކުން އެކަމާ ވަރައް ދެކޮޅުވި
ރާވެރިބެ
05 June 2025
ދީނުގެ އިމުން މީހަކު ބޭރު ވެއްޖިއްޔާ އެވާނީ ދީނުން ބޭރުވުން ކަމަށްނޫންބާ؟ އީދު ކުޅިވަރު ކުޅޭއިރު ދީނުގެ އިމުން އަދި އިޖުތިމާއީ އިމުން ބޭރުނުވާށޭ ބުނަނީ ކޮންކޮން ކަމަކަށްބާ؟ ފާފަ ނުކުރަން ޖެހެނީ ހަމައެކަނި އީދު ކުޅިވަރުތެރޭ އެކަނި ނުން! ސަރުކާރުން މިކަހަލަ ލަފަޔާ އިރުޟާދު މިދެނީ ސިޔާސީ ބޭނުމަށް. މާރަގަޅުވާނެ ގާނޫނާ އެއްގޮތަށް އަމަލުތަށް ބަހައްޓޤށޭ ބުނިއްޔާ. ސަރުކާރުގެ އިމަކީ ގާނޫނު. ގާނޫނާ ޙިލާފުނުވާނަމަ ސަރުކާރު ބަލަންޖެހޭ ކަމެއް ނޯންނާނެ.
ކޮން
05 June 2025
ދީނާ އެއްގޮތަށް ފާހަގަ ކުރުމަކީ ކޮބާކަން މިހާރަކު ނޭގެ. އެކި މީހުން ކިޔަނީ އެކިގޮތަށް
އަސޭލާ
05 June 2025
ފަހުޒަމާނުގެ އަލާމާތެއް އިލްވެރިންނަށް ނުހުއްޓްވޭނެ ތުބުނޅިދިގުކުރާ ކޮނމެ މީހަކީޢިލްމުވެރިއެއްނޫން ބޮލުގެއިސްތަށިގަންޑްދިގުކުރާ ކޮންމެމީހަކީ ޕާޓޭޔެއްނޫން މިޒަމާނުގަކުޅޭ ޢީދު ކުޅިވަރު އެއްގޮތަކަށްހުއްދަ ނުވާނެ މިޒަމާނުގަ އުޅޭނީ އަންހެނުންގެ އިއްފަތްތެރިކަން ފޭރެން އެއީ އެމީހުންވެސް ބޭނުންވާގޮތް
ގާސިމް
05 June 2025
އަންހެން ކުދިންލައްވާ މިއުޒިކްޖަހާފަ ނެއްޓީމަ ހުންނާ ވެފަ. އެންމެންތިބޭނީ ބަލަން
އަބްޑޫޅް +
05 June 2025
ޙޫމް.
ސަލީމު އިދުރީސް
05 June 2025
commnet reply icon އަޅުގަނޑު އަދިވެސް ދަންނަވާނީ އީދުވީމަތޯ އިސްލާމީ ހުދޫދުން ބޭރުވީމަ މައްސަލަޔަކައްވަނީ އިސްލާމީ ގައުމަކު ކުރާ ވިފާރިތައް އިސްލާމީ ހުދޫދައްފެތެއް ޖެހޭނެއޭ ބުނަން ނުކެރެނީ ތިބުނާ ބަހުގަ އިހުލާސް ތެރިކަން ނެތީމަ!ރެއާދުވާލު ބަނގުރަލާ އޫރުމަސް ވިއްކުން އިސްލާމީ ހުދޫދުގެ ތެރެއައް ނުފެތޭނެ ދައުލަތުންދޭ ހުއްދައަކުން! މިކަންމިހެން އޮތީމަ ރައްޔިތުން ކިހެނެއްތޯ ސަރުކާރުން ތިގޮތައްއަންގާ އެންގުންތައް ސީރިއަސް ވާހަކަތަކެއްކަމުގަ ދެކޭނީ
މޯދީ ގެރިކިރު
05 June 2025
ނޫނޭ ސަލީމޫ މޮއްމެވެސް ބަހަނާއެއް ދައްކައިގެން އަބަދުވެސް ދީނީ ފަރުދީ ޒިންމާތަކުން ރެކެވޭތޯ ދޯ އަދިވެސްދޯ. ކަލޭކުރާ ދީނީ ވާޖިބުން ސަވާބު ލިބެނީ ސަރުކާރައްވިއްޔާ. މުޅިންވެސ ޜޯނުއެދރު ބޮލްރޮދިސް
ށަރުކާރު
07 June 2025
އިސްލާމީ ހުދޫދުގެ ބޭރުން ގާނޫނު ހެދުމުގެ ބާރު ލިބިގެންވާ މަޖިލީހެއް މިތާގަ އޮތް އޮތުމާމެދުވެސް ވިސްނާލަން ރަނގަޅު. އެވަރުންވެސް އިސްލާމީ ދައުލަތެކޭ ބައެއް މީހުން އަދިވެސް ކިޔާ. މޯދީ، ޒިންމާއިން ރެކޭ ވާހަކައެއް މީހަކު ނުދައްކާ އަދިއެއް. ތިމާއަށް ފަހުމްވާން އުނދަގޫ ވާހަކައެއް ދައްކާ ކޮންމެ މީހަކާ ޒާތީވެ ތިފާޑަށް އެމީހާ ގޯސް ކުރަން ނޫޅޭ
ލަތީފާ
04 June 2025
“އީދު ފާހަގަކުރާއިރު ދީނާއި، އިޖުތިމާއީ އިމުން ބޭރުނުވާން އެލްޖީއޭއިން ވެސް އެދިއްޖެ” ހަމަ މިނޭވާގަ ގައުމީ ޓީވީ ޓީވީއެމް، ޕީއެސްއެމް އިން އަބަދު ގެނެސްދޭ އިޝްގީ، ގައިގޯޅި ޝަހުވާނީ ލަވަ އަދި މަންޒަރު އީދު ފާހަގަކުރާއިރު ދީނާއި، އިޖުތިމާއީ އިމުން ބޭރުނުވާން ވަރަށް ވަރަށް ބޮޑަށް އެދެން.
ރަނގަޅު
05 June 2025
ތިއުނދަގޫ ބޮޑުވެގެން މިހާރު ދިވެހި ޓީވީއެއް ނުބަލަން މަވެސް.
ހާސަރު
04 June 2025
މިންގަނޑުތަކެއްގެ ވާހަކަ ދައްކާއިރު އެމިންގަނޑު އެގޭނެގޮތަކީކޮބައިތޯ؟ ޢެންމެނަށް އެގޭނެހެން މިންގަނޑުތައް ހާމަކޮށްދޭން އެބަޖެހޭ.
މެދުމިނުގެ ދީނޯދެއްތޮ؟
04 June 2025
ކޮންމެ ކަމެއްވެސް މެދުމިނުގަ ކުރުން.